އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިކަމުގަ ހުންނަންޖެހޭނެކަމަށް ﷲ ވަޙީކުރެއްވެވި ސިފަތައް މިވެރިކަމުން ފެނޭ!: ޝައިޚް އިމްރާން

ވެރިކަމުގަ ހުންނަންޖެހޭނެކަމަށް ﷲ ވަޙީކުރެއްވެވި ސިފަތައް މިވެރިކަމުން ފެނޭ!: ޝައިޚް އިމްރާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ވެރިކަމުގަ ހުންނަންޖެހޭނެކަމަށް ﷲ ވަޙީކުރެއްވެވި ސިފަތައް މިވެރިކަމުން ފެންނަ ކަމަށާއި މިއެންމެން މިބައްދަލުވުމަށް އެއްވެ މިތިބީ އެސަބަބަށްޓަކައި ކަމަށް ހޯމް މިނިސްޓރު ޝައިޚް އިމްރާން ވިދާޅުވާ ވީޑިއޯއެއް އަދާލަތު ޕާޓީން ޓްވީޓްކޮށްފިއެވެ.  

އާޔަތް ވިދާޅުވެދެއްވާފައި. "މިއީ މިކަން އޮންނަންޖެހޭ ގޮތަކީ ރައްޔިތުންނާއިމެދު އޯގާތެރިކަން އޮންނަންޖެހޭ ގޮތަކީ.. މިއަދުވެ މިވެރިކަމުން ވެރިކަމުގެ އެސިފަތައް ރީތިގޮތުގަ ފުރިހަމަ ގޮތުގަ ފެންނާތީ މިއެންމެން މިތަނަށް އެއްވެ މިތިބީ!.." 

ޝައިޚް އިމްރާން މިފަދައިން ވިދާޅުވެފައިވީނަމަވެސް މިއީ ވަރަށް ބޮޑު ދޮގެއްކަން ސާބިތުވާ ވަރަށް ގިނަ ކަންތައްތައް މިހާރުވެސް ވަނީ ފެންމަތިވެފައެވެ. ސަރުކާރުން ރައްޔިތުންނާއިމެދެ ކަންކަންކުރަނީ ވަރަށް ބޮޑަށް ތަފާތުކޮށްގެން ކަމަށްވާއިރު ފައިދާކުރި މީހާއަށް މިއީ އޯގާތެރި ވެރިކަމަށްވީނަމަވެސް އިންޞާފާއި ޙައްޤު ނުލިބުނު މީހާއަށް ވާނީ އަނިޔާވެރި ވެރިކަމަކަށެވެ. 

ﷲ ވަޙީކުރައްވަވާފައި ރަސޫލާ ﷺ ގެ ޚުލްޤްފުޅުގައި ހުރި ރަނމގަޅުކަމުގެ ވާހަކައެވެ. އެހެންވެ ރައްޔިތުންގެ މެދުގައި ތަފާތެއް ނުކުރައްވަވައެވެ. ގާތް ބޭފުޅުންނަށާއި ޢާއިލާއަށް ބޮޑުބައެއް ނުދެއްވަވައެވެ. ދިރިއުޅުއްވެވީ ރައްޔިތުންގެ ފައިސާއިން އިސްރާފުކުރައްވަމަކުން ނޫނެވެ. ވީމާ ޤުރްއާނުގައިވާ އާޔަތްތަކާއި ރަސޫލާ ﷺ ގެ ޚުލްޤފުޅާއި ރައީސް އިބްރާހީމްގެ ކަންކަމާއި އަޅުވަން ހެޔޮވެދޭނެ ހެއްޔެވެ؟ 

ޝިރުކުހުއްޓުވަން ނުކުތީމާ ކޯފާއިސްކުރައްވައި ވަގުތުން ފިޔަވަޅުތައް އަޅުވައި މަޝްވަރާ މަޖިލީސްތައް ބާއްވައި ކުރިއަށް އަޅާނެ ފިޔަވަޅުތައްވެސް ފާސްކޮށްފިއެވެ. ﷲ ތަޢާލާއަށާ ރަސޫލާ ﷺ އަށް އަދި އިސްލާމް ދީނަށް ފުރައްސާރަކޮށް މުރުތައްދުވާ މީހުންނާއިމެދު އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށް ބެލެވޭ ދުވަހާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ޚުލްޤް ރަނގަޅު ރައީސްގެ ސަރުކާރުން ޝިރުކު ފެތުރުން ހުއްޓުވަން ނުކުތް ޝައިޚުން ވަގުތުން ޖަލުތަކުގެ އެންމެ އަނިޔާވެރި ގޮޅިތަކުގައި ބަންދުކުރިއެވެ. މުރުތައްދުވާ މީހުންނާއިމެދު އަޅަނީ އެހެންމީހުންނަށް ނުއެނގޭ ސިއްރު ފިޔަވަޅެކެވެ. 

އެހެންކަމަށްވާއިރު ﷲ ތަޢާޤލާއަށް ކިހައި ބޮޑަކަށް ކިޔަމަންތެރިތޯއެވެ؟ ދެން ޚުލްޤަވެސް ރަނގަޅުވެވޭނީ އެހާކަންހާވަރަށްތާއެވެ! 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް