އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް އިމްރާނަށް: ގޭފުރާޅުންވާރޭވެހި ފެންބޮޑުވެފަ އޮންނައިރުވެސް ފުރާޅުން ވާރޭ ނުވެހޭނެކަމަށް ވިދާޅުވުމުން ޖެހޭނީ ޤަބޫލުކުރަންތޯ؟

ޝައިޚް އިމްރާނަށް: ގޭފުރާޅުންވާރޭވެހި ފެންބޮޑުވެފަ އޮންނައިރުވެސް ފުރާޅުން ވާރޭ ނުވެހޭނެކަމަށް ވިދާޅުވުމުން ޖެހޭނީ ޤަބޫލުކުރަންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ދިވެހި ފުލުހުންނަށް އިތުބާރުކުރަން ރައްޔިތުން ބޭނުންވެއެވެ. ފުލުހުންނަކީ ރައްޔިތުންނަށް ކަމެއް ދިމާވެއްޖެނަމަ އަބަދުވެސް އެންމެ ކުރިން ނުކުކުމެ އެންމެ ބޮޑެތި މަސައްކަތްކޮށްދޭ ފަރާތް ކަމަށް ރައްޔިތުން ޤަބޫލުކުރެއެވެ. 

އެހެނަސް ސުވާލަކީ ވަކި ޤައުމަކަށް ނިޞްބަތްވާ ބައަކު މި ޤައުމުގައި އެންމެ ބޮޑެތި ކުށްތައް ކުރުމުން މައްސަލަ ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފައި ދެންވާގޮތެއް ނުއެނގޭތީއެވެ. ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ނުލިބޭތީއެވެ. 

އެގޮތުން 2،3 ކަމެއް ފާހަގަކޮށްލާނަމެވެ. 

1 މީހުން ދިރިއުޅޭ ރަށެއްގެ މަގުމަތީގަ ހިންދޫ ދީނަށް އަޅުކަންކުރި މައްސަލަ ބަލައި ނިންމީ ކިހިނަކުންތޯ؟ އެޅި ފިޔަވަޅަކީ ކޮބައިތޯ؟

2 ހުޅުމާލޭގަ ހިންދޫ ކަލާނގެއެއްގެ ބޯޑު ޖަހައިހިންގި ކަންކަމުގެ މައްސަލަ ބަލައި ނިންމީ ކިހިނަކުންތޯ؟ އެޅި ފިޔަވަޅަކީ ކޮބައިތޯ؟

3 އައްޑޫސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ފަށަމުން ހިންދޫ ކަލާނގެތަކަށް އަޅުކަންކުރި މައްސަލަ ބަލައި ނިންމީ ކިހިނަކުންތޯ؟ އެޅި ފިޔަވަޅަކީ ކޮބައިތޯ؟

4 އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ޤަޟާ ޙާޖާތްކުރި އިންޑިއާ މީހާގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއައިރު ބަޔާން ފުރިހަމަނުކޮށް އޭނާ މިނިވަންވާނެ ގޮތަށް ބަޔާން ހުށަހަޅައިދިން ފުލުހުންނަށް އެޅީ ކޮން ފިޔަވަޅެއްތޯ؟ 

ޢިއްޒަތްތެރި މިނިސްޓަރުކަމުގައިވީނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނަމަވެސް ދުނިޔޭގެ ރައީސް ނަމަވެސް ވިދާޅުވާހައި ވާހަކައެއް ޤަބޫލުކުރާނީ މޮޔައިން ކަމަށްވާއިރު މަޖިލީހުގައި މިއަދު މަނިކުފާނު ތިއަ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ މޮޔައިންކަމަށް ކަމުގައިވާނަމަ އެއީ ކުރެއްވުނު ވަރަށް ނުބައިކަމެކެވެ. 

މިއަދު ޖަވާބު ނުދެއްވައި ހުންނެވިދާނެއެވެ! ނަމަވެސް އަބަދަކު ނޫންކަން ހަނދުމަފުޅު ކުރެއްވުން ރަނގަލުވާނެއެވެ. އަދިވެސް އަބަދު "ފީޚައިރި" ގައި އަޅައިގަނެގެން އުޅުއްވަން ޖެހިވަޑައިގަތުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެއްކަން ހަނދުމަފުޅު ބަހައްޓަވާށެވެ. މިއަދު ޖަވާބު ނުދެއްވަވާ ހުންނަ މިފަދަސުވާލުތައް ހިފައިގެން ފަހަތްޕުޅުން ހިނގާނެ ބައަކު ޤައުމުގައި ނުތިބެ ނުދާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ. އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް