އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު
ސިއްހީ ކާރިސާތަކާއި، އިޤްތިސާދީ ލޮޅުންތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
އައިޓީބީ ޗައިނާފެއަރގެ ތެރެއިން އެމްއެމްޕީއާރުސީއިން 'މޯލްޑިވްސް މީޑިއާ މީޓް'ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ފައިޞަލް ވިދާޅުވީ ސިއްހީ ކާރިސާތަކާއި، އިޤްތިސާދީ ލޮޅުންތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނުތައް ލިބޭނެ އިންތިޒާމް އަލަށް ޤާއިމްކުރި ޑިވެލޮޕްމަންޓު ބޭންކާއި އެކު ފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑަށްފަހު އިއާދަވަމުންދާއިރު، ފަތުރުވެރިކަން ނަގަހައްޓައި ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ މިހާރު ދުނިޔެއަށް މިސާލެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
Advertisement
29 މެއި 2024