އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ކޮންޓްރޯލްކުރަން މަސައްކަތްކުރަންވީ އުލްފަތުގެ ތަޖުރިބާ ހޯދަންފެށުމުގެ ކުރިންނެވެ! ފަހަކުން އެކަމެއް ނުކުރެވޭނެ!

ދަރިން ކޮންޓްރޯލްކުރަން މަސައްކަތްކުރަންވީ އުލްފަތުގެ ތަޖުރިބާ ހޯދަންފެށުމުގެ ކުރިންނެވެ! ފަހަކުން އެކަމެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

މިރޭ މިދައްކަނީ މަގުފުރެދި ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރާ މީހުންގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ހެޔޮ ގޮތުގައި ދިރިއުޅެން މަސައްކަތްކުރާ މީހުންގެ ވާހަކައެވެ. ޢާއިލާއަށް ސަމާލުކަން ދޭން ބޭނުންނުވާ ބަލިޖެހިފައިވާ މީހުންނަށް ޝިފާ ލިބޭނެ ހަމައެކަނި ގޮތަކީ އެމީހުންނަށް ހެޔޮ ގޮތް ވިސްނުމެވެ. ވީމާ އެމީޙުންނަށް ޚާއްޞަކުރަންޖެހޭނީ އެހެން ރެއެކެވެ. 

މިހާރަކަށް އައިސް ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތައް ގިނަވެ މަސައްކަތުގައި ގިނަ ބައަބަކު ގިނަ ވަޤުތުތަކެއް ހޭދަކުރަންޖެހޭތީ އަހަރެމެންގެ ތެރެއިން މަދުމީހަކަށް ނޫނީ ޢާއިލާއަށް ދޭންޖެހޭ ވަރަށް އޮންނަނީ ސަމާލުކަން ނުދެވިފައެވެ. އަނބިދަރިންގެ ކަންކަން ބަލަންޖެހޭ މިންވަރަށް އޮންނަނީ ނުބެލިފައެވެ. 

ނަތީޖާއަކަށްވަނީ ދަރިން އަމިއްލައަށް އެކަނި ބޭރުގައި އުޅޭ ވަޤުތުތައް ގިނަވުމެވެ. ލޯބީގެ ކުޅިވަރު ގިނައިން ފެށިފައި އޮންނަނީ މިބުނި ފަދަ ގޮތަކަށެވެ. މިބުނަނީ ގާލްފްރެންޑް-ބޯއިފްރެންޑް ކުޅިގަނޑުގެ ވާހަކައެވެ. އެގުޅުން އުފެދުމުން މަޑުމަޑުން ކުރިއަރަމުންގޮސް ޝައިޠޯނާ ބުނާހައިކަމެއް ކުރަން އެކުދިން ފަށައެވެ. އެކަމުގައި ހުންނަ ފޮނިމީރުކަން ލިބިގަންނަން ފަށައެވެ. 

ގިނަ ފަހަރަށް މައިންބަފައިންނަށް ކަންކަން އެނގެނީ މިބުނި ހިސާބަށް ކަންކަން ދިއުމުންނެވެ. އެހިސާބުން އެކަންކަން ހުއްޓުވަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ގިނަފަހަރަށް އޮންނަނީ ނުހުއްޓުވިފައެވެ. ހިފަހައްޓަންވެގެން ކޮޓަރިއަށްލައި ތަޅުލައިފިނަމަ ފޯނުން ކުޅިގަނޑު ހިންގައެވެ. ފޯނު އަތުލައިފިނަމަ ކިޔަވަން ސްކޫލަކަށް ނުދެއެވެ. އެހިށާބުން އޮންނަނީ ބެލެނިވެރިންނަށް ގޮތްހުސްވެފައެވެ. 

މިއީ މިއަދު ހަމަ މުސްލިމް މުޖުތަމަޢުތަކުގައިވެސް މިކަން އޮތް ޙާލަތެވެ. ވީމާ މިޙާލަތުން ދަރިން ސަލާމަތްކުރަން ބޭނުންނަމަ ޢަމަލުކުރަން އޮތް ހަމައެކަނި ގޮތަކީ ކުރިއާލައި ދަރިންގެ ކަންކަމަށް ފަރުވާތެރިވުމެވެ. ލޯބީގެ ކުޅިގަނޑު ކުޅެންފަށައި ޝައިޠޯނާގެ މަޅީގައި ޖެހުނަ ނުދީ ބަލަހައްޓަން މަސައްކަތްކުރުމެވެ. މަޅީގައި ޖެހެވޭފަހުން ސަލާމަތްކުރެވެނީ ކުރިން ބުނި ފަދައިން ވަރަށް މަދުކުއްޖެކެވެ. ވީމާ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ދަރިންގެ ކަންކަމަށް ކުރިއާލައި ސަމާލުކަންދޭށެވެ. އެއީ އެންމެ އިސްވާޖިބު ކަމުގައިހަދާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހު އިސްއުފުލައިލެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް