އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކު ކަމުގަވުމަށް އެންމެ މުހިންމު 2 ސިފަ!: މުފްތީ މެންކް

ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކު ކަމުގަވުމަށް އެންމެ މުހިންމު 2 ސިފަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ކޮންމެ އިންސާނަކަށްވެސް ﷲ ތަޢާލާ ވަނީ ވިސްނުމުގެ ބާރާއި ޢަމަލުކުރުމުގެ ބާރު ދެއްވަވައިފައެވެ. އެ ނިޢްމަތްތައް ނުލިބި ހުރިނަމަ އެމީހަކަށް ކުރެވޭ އެއްވެސް ކަމަކުން އެމީހާ ފާފަވެރިއެއް ނުވާނެއެވެ! ވީމާ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން އަވަހަށްފަށާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ މަގުތައް ދައްކަވާނެތެވެ! އެ މަސައްކަތް އެމީހަކު ނުކުރާނަމަ މަގުތައް ހުންނާނީ ބަންދުކުރެވިފައެވެ. 

ހަމަ އެއާއިއެކު ތިމާއަކީ ޚުލްޤް ރަނގަޅު ރަނގަޅު މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެހެން މީހެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ!  މީސްތަކުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! މީސްތަކުންނަށް ހެޔޮކޮށް ހިތައި ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެއިރުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ 

ސުވަރުގެ ޙާޞިލުކުރެވޭ ސުވަރުގޭގެ އަހުލުވެރިއަކު ކަމުގައިވުމަށް ކޮންމެހެންވެސް ހުންނަން ޖެހޭނެ 2 ސިފައެއް ވެއެވެ. އެއިގެ ތެރެއިން ފުރަތަމަ ސިފައަކީ ﷲ ތައާލާ އާއި ބަދަހި ގުޅުމެއް އޮތް މީހަކު ކަމުގައިވުމެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެގެންނެވެ. ﷲ ތައާލާ ނަހީކުރެއްވެވި އެންމެހައި ކަންކަން ކުރުމުން ދުރުހެލިވެ، އަދި ކުރަން އެންގެވި އެންމެހައި ކަންކަން ކުރުމުންނެވެ. 

ދެވަނަ ކަމަކީ ﷲ ތަޢާލާ އުފެއްދެވި އެންމެހައި މަޚްލޫޤުންނާއި ގާތް ގުޅުމެއް ބޭއްވި މީހަކު ކަމުގައިވުމެވެ. މާނައަކީ ރިވެތި އަޚްލާޤްގައި މީސްތަކުންނާއި މުޢާމަލާތުކޮށް މީސްތަކުންނަށް ހެޔޮކޮށް ހިތައި މީސްތަކުންނަށް އެހީތެރިވެދީ މީސްތަކުންނަށް އިޙްތިރާމްކުރާ މީހަކު ކަމުގައިވުމެވެ. އެހެން މީހުންގެ ޙައްޤުތަކަށް އަރައި ނުގަންނަ މީހަކު ކަމުގައިވުމެވެ.  

ވީމާ ސުވަރުގެ އެދޭ މީހާ އެކަމަށް އެދިމަސައްކަތްކުރަން ފެށުމުގެ ތަޅުދަނޑިއަކީވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންފެށުމެވެ. އެކަމުން ފަށައިގަންނާށެވެ!  

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް