އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސް ފިރިމީހާ ގަދަނުވާނެ ކަމަށް ބަލައި އެއްލައިލި އަނބިމީހާއަށް ސަލާންޖަހާ އަންހެނަކަށްވާންޖެހުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ތަނަވަސް ފިރިމީހާ ގަދަނުވާނެ ކަމަށް ބަލައި އެއްލައިލި އަނބިމީހާއަށް ސަލާންޖަހާ އަންހެނަކަށްވާންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 25 ސިކުންތު

އޭނާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް ޖެހުނު ބައްޔެއްގެ ސަބަބުން ވަނީ އެނދުން ނުތެދެވެވި އޮންނަން ޖެހިފައެވެ. ނަތީޖާއަކަށްވީ އަނބިމީހާ އޭނާ ދެކެ ފޫހިވުމެވެ. ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ފަރުވާދިނުމުގެ ބަދަލުގައި އަނބިމީހާ ރޭގަނޑުގެ ވަގުތުތައް ހޭދަކުރަމުން ދިއައީ ހިލޭ ފިރިހެނުންނާއިއެކުގައެވެ. ދުވާލުގެ ވަޤުތުތައް ހޭދަކުރަމުން ދިއައީ ފޯނުގައެވެ. ސޯޝަލްމީޑިއާގައެވެ.  

ފިރިމީހާގެ ޙާލަތުހުރި ގޮތުން ކެތްތެރިވުން ނޫން ގޮތެއް ކަމަށް ދެކެގެން އަނގައިންވެސް ނުބުނެ އޮތީއެވެ. އަނބިމީހާއަށް އެވަރަކުންވެސް ނުފުދުނެވެ. ފިރިމީހާގެ ކަންކަން ބަލަހައްޓަން ނަރުހެއް ހޯދާފައި ޙަވާލުކުރުމަށްފަހު ފިރިމީހާގެ ޙާލު ބަލައިވެސް ނުލައި އޭނާ އުޅޭ ގޮތަށް އުޅެމުން ގެންދިއައީއެވެ. 

ލޮލުންވެސް ފިރިމީހާ ދެކެނުލައި އުޅޭތާ 3 މަސްވީފަހުން އެއް ދުވަހު ހެނދުނު ހޭލައިގެން ސައިބޯން ދިއައިރު ފިރިމީހާ އާއި ނަރުސް ތިބީ ސައިބޯށެވެ. ހީނސަމާސަކުރަނީއެވެ. ލިބުނު ޙައިރާންކަމުގައި ސުވާލުތައްކުރަން ފެށުމުން ޖަވާބު ނުދީ އިނދެފައި ފިރިމީހާ ބުންޏެވެ. "ކަލޭ އަހަރެން އެއްލައިލި ފަދައިން އަހަރެންވެސް ކަލޭ އެއްލާލައިފީމެވެ. ކޯޓުން ނިމެންދެން ގޭގައި މަޑުކުރިނަމަވެސް މިހާރު ނުކުމެގެންދިއަ ނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ." 

އަނބިމީހާ އައި ރުޅީގައި ގެއިން ނުކުމެގެންދާން ކާރަށް އަރަންބެލިއިރު ކާރު ފެންނާކަށް ނެތެވެ. ގަރާޖް ހުޅުވައިދޭން ސެކިޔުރިޓީންގެ ގާތުގައި ބުނުމުން ބުނީ ވެރިމީހާ ވަނީ ގަރާޖް ހުޅުވުން މަނާކޮށްފައި ކަމަށެވެ. ރުޅިގަދަވީވަރުން ސެކިޔުރިޓީންނަށް އެއްޗެތި ގޮވަމުން ގެއިން ނުކުމެގެން އޭޓީއެމަށް ގޮސް ފައިސާ ނަގަން ކާޑުޖެހިއިރު ކާޑުވަނީ ބްލޮކްކޮށްފައެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އިތުރަށް ރުޅިގަދަވެގެންހުރެ އެނބުރި ގެއަށް އައިސް ގެއަށް ވަންނަން ގޭޓް ހުޅުވައިދޭން އެދުމުން ސެކިޔުރިޓީން ބުނީ އޭނާ ވަންނަން ގޭޓް ހުޅުވައިދިނުން ވަނީ މަނާކޮށްފައި ކަމަށެވެ. ފިރިމީހާއަށް ގުޅަން ފޯނުބެލިއިރު ފޯނުންވަނީ ޚިދުމަތް ކަނޑާލައިފައެވެ. 

ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ފިރިމީހާ ގެއިން ނުކުންނަ ވަޤުތެއްގެ އިންތިޒާރުގައި ދޮރުބުޑުގައި އިށީނދެގެން އިންނަތާ އެއްދުވަސްވީއިރުވެސް ފިރިމީހާ ގެއަކުން ނުނުކުތެވެ. ބަނޑުހައިވެ ކެތް ނުކުރެވިގެން ޖެހުނީ މަގުމަތީގައި ސަލާންޖަހަމުން ހިނގާށެވެ. 

މިއީ ޙަޤީޤީ ޙާދިސާއެއް ކަމުގައި އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަކީވެސް އަންހެނަކަށްވެހުރެ މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނަން މިޖެހެނީ މިފަދަ އަންހެނުން އަޅުގަނޑުމެންގެ ތެރޭގައިވެސް މަދުނޫން ކަމަށެވެ. 

އަޅުގަނޑުގެ ބޭބެއަކީވެސް ގެދޮރުކުއްޔަށް ދީގެން ރަނގަޅު އާމްދަނީއެއް ހޯދަމުން އައި މީހެކެވެ. ކައިވެންޏަށް 2 ދަރިންވަނީ ލިބިފައެވެ. ނޭވާލާން އުނދަގޫވެގެން އައިސީޔޫގައި ހަފްތާއެއްވަންދެން ބާއްވާފައި ގެއަށް ފޮނުވީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން ހޮސްޕިޓަލަށް ގެނައުމަށާއި ވަގުތުން އޮކްސިޖަން ގުޅަން ބުނެފައެވެ. އެކަންކުރަން އަނބިމީހާއަށް ދސްވެސްކޮށްދީފައެވެ. ނަމަވެސް ބޭބެގެ ފުރާނަ ސަލާމަތްކުރެވުނީ ނޭވާލާން އުނދަގޫވުމުން އޮކްސިޖަން ނުގުޅައި އެމްބިޔުލާންސަށްވެސް ނުގުޅައި މަރުވާން ބާއްވާފައި އޮއްވައި ކޮއްކޮއަށް އެވަގުތު އެގެއަށް ދެވުނީތީއެވެ. ކޮއްކޮއަކީ މެޑިކަލް ސްޓޫޑަންޓަކަށްވުމުން ބޭބެ ފެނުމުން އޮތް ޙާލު އެނގި ކަންކަންކުރަންވީގޮތް އެނގޭތީއެވެ. 

ފިރިންގެ ތަނަވަސްކަމަށް ދަހިވެތިވެ މިފަދަ ކަންކަން ކުރަން ޖެހިލުން ނުވަނީ ތިމާއަށް އެފަދަ ޙާލެއް ޖެހިދާނެ ކަމަށް ބިރުނުގަނެވޭތީއެވެ. އަދި އިންސާނިއްޔަތުކަން އެއްވެސް ވަރަކަށް ނުހުންނާތީއެވެ. ތިމާއަކީވެސް ކޮންމެވެސް ދުވަހަކުން މަރުވާނެ މީހަކުކަމާއި ހިސާބު ބައްލަވާނެ ދުވަހެއް އެބައޮތްކަން ޤަބޫލުނުކުރެވޭތީއެވެ. 

އަނބިމީހާ ބަލިވިނަމަވެސް އަދި ފިރިމީހާ ބަލިވިނަމަވެސް މިފަދަ އަނިޔާވެރި ގޮތްގޮތަށް ކަންކަން ކުރަން ހެޔޮނުވާނެއެވެ. ޙާލު ބޮޑުވުމުން މީހަކު މަރުވާން ދޫކޮށްލާފައި އޮއްވައި އޭނާ މަރުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ނުޖެހި ނުދާނެކަން އެއީ ހަމަ ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ ކަމެކެވެ. ނަމަވެސް ދުނިޔޭގެ އެދުން މިނަށްވުރެ ބޮޑުވީމާ ބިރުވެތިނުވެވެނީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދެވުނު 2 ހާދިސާއަކީވެސް ޢިބްރަތްތެރި 2 ޙާދިސާއަށް ވެގެންދާނެ ކަމަށް އުންމީދުކުރަމެވެ.  

- ލަހްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

  

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް