އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިތުނަތަކުން ސަލާމަތްވުމަށް އަނބިދަރިންނާއެކު އެކަހެރިވެ ދިރިއުޅެންޖެހޭނެ ޒަމާން ދާދިގާތްވެއްޖެކަމަށް އޮތް ޙަދީޘްފުޅު އަރާހަމަކޮށް ބައްދަލުކޮށްފި!

ފިތުނަތަކުން ސަލާމަތްވުމަށް އަނބިދަރިންނާއެކު އެކަހެރިވެ ދިރިއުޅެންޖެހޭނެ ޒަމާން ދާދިގާތްވެއްޖެކަމަށް އޮތް ޙަދީޘްފުޅު އަރާހަމަކޮށް ބައްދަލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

ފިތުނަތަކުން ސަލާމަތްވުމަށްޓަކައި މީސްތަކުން އެމީހުންގެ މުދައުކޮޅު ހިފައިގެން އެކަހެރިވާނެކަމާއި ފަރުބަދަތަކުގެ ކުރިއަށް އަރައި ރައްކައުތެރިކަން ހޯދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި އެޒަމާން ދާދި ގާތްވެއްޖެކަންވެސް ޙަދިޘްފުޅުން އެނގެން އެބައޮތެވެ! 

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ، عَنْ أَبِيهِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يُوشِكُ أَنْ يَكُونَ خَيْرَ مَالِ الْمُسْلِمِ غَنَمٌ يَتْبَعُ بِهَا شَعَفَ الْجِبَالِ وَمَوَاقِعَ الْقَطْرِ، يَفِرُّ بِدِينِهِ مِنَ الْفِتَنِ ‏"‏‏.‏

Narrated Abu Said Al-Khudri:

Allah's Messenger () said,

 "A time will soon come when the best property of a Muslim will be sheep which he will take on the top of mountains and the places of rainfall (valleys) so as to flee with his religion from afflictions." 

 Sahih al-Bukhari 19

In-book reference

 : Book 2, Hadith 12

  

މިޙަދީޘްފުޅުން އެނގިގެންދަނީ ފިތުނަތަކުން ސަލާމަތްވުމަށްޓަކައި މީސްތަކުން އެމީހުން ގެންގުޅޭ ކަންބަޅި ބަކަރި ފަދަ ތަކެތި ހިފައިގެން ފަރުބަދަތަކުގެ ކުރިއަށް އަރައި އެކަންތަނުގައާއި ފެންފޮދު ފަސޭހައިން ލިބޭ ވާދީތަކުގައި ދިރިއުޅޭނެ ކަމެވެ. މީގެ 1400 އަހަރުކުރިން ރަސޫލާ ޙަދިޘްފުޅު ކުރައްވަވާފައި އެއޮތީ އެޒަމާން ދާދިގާތްވެއްޖެ ކަމަށެވެ. 

އެއީ އެޒަމާނުގައި މީސްތަކުން ގެންގުޅުނު އަގުބޮޑު މުދަލަކީ ކަންބަޅުބަކަރި، ބަކަރި، ޖަމަލު ފަދަ ތަކެތި ކަމަށްވުމުން ކަމުގައިވެދާނެއެވެ. މިއަދު ގެންގުޅެނީ ރަނާއި ފައިސާ އާއި އެނޫންވެސް ތަކެތިކަމަށްވެދާނެއެވެ. އެނގިގެން މިދަނީ މުދަލުގެ ގޮތުގައި ގެންގުޅެނީ ކޮންމެ އެއްޗެއް ނަމަވެސް ފިތުނަތަކުން ސަލާމަތްވުމަށްޓަކައި އެއެއްޗެއް ހިފައިގެން މީސްތަކުންނާއި އެކަހެރިވާނެ ކަމެވެ. 

މިޙަދީޘްފުޅުގައިވާ ފިތުނައިގެތެރޭގައި މީހުންމެރުމާއި ވައްކަންކުރުމާއި ޙަރާމްކަންކަން ކުރުމާއި އިސްލާމް ދީނުގައި ސާބިތުވެ ހުރުމާއި ނުބައި، ނުރައްކައުތެރި ކަންކަމުން ތިމާއާއި އަނބިދަރިން ސަލާމަތްކުރުން ވަނީ ހިމެނިގެންނެވެ.

- މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު 

(ހިތާމައަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ޙާލަތު މިހިސާބަށް ގޮސްފައިވާކަމެވެ. ދީނާއި ދުރަށް ދެވި، ފިތުނަތައް ޢާންމުވެފައިވާ މިންވަރަށް ބައްލަވާށެވެ! ދައުލަތުގެ ވެރިން ބަނގުރަލުގެ ވިޔަފާރީން ލިބޭ ފައިދާ އިޝްތިހާރުކުރަނީއެވެ. ބަނގުރާފުޅި އިޝްތިހާރުކުރަނީއެވެ. ﷲ ޙަރާމް ކުރެއްވެވި ކަންކަން ކުރުމަކީ ކުދިކުދި ކުށްތައްކަމުގައި ޤާނޫނުތައް ހަދައި ތަންފީޒުކުރަނީއެވެ. ވައްކަންކުރުން ފަދަ ﷲ ޙަރާމް ކުރެއްވެވި ކަންކަން ކުރީމާ އަދަބުވެސް ނުދެނީއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ޤައުމުގައި ފިތުނަ ޢާންމުވީއެވެ. އެހާލަތުން ސަލާމަތްވެ ތިބެން ރައްޔިތުންނަށް މިވަނީ ތަކްލީފްތައް އުފުލަންޖެހިފައެވެ. ސަލާމަތްވެ ތިބެވޭނެ މަގެއް މިވަނީ ހޯދަން މަޖުބޫރުވެފައެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް