އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސް.ޑީ.ޖީ ގެ ކަންޓްރީ އެންގޭޖްމަންޓް ޕްލޭންގައި މީރާ، ޔޫ.އެންޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީން ސޮއިކޮށްފި

އެސް.ޑީ.ޖީ ގެ ކަންޓްރީ އެންގޭޖްމަންޓް ޕްލޭންގައި މީރާ، ޔޫ.އެންޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީން ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ޓެކްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް ފެށުމުގެ ގޮތުން މީރާއިން ޔޫ.އެންޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީ އާކު ކޯޕަރޭޝަން އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މީރާ، ޔޫ.އެން.ޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީގެ ބައިވެރިންނާއިއެކު މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މީރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ފަތުހުﷲ ޖަމީލް ވަނީ ޒަމާނާއިއެކު ޓެކްސްގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއަށް މި ފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ގޮންޖެހުންތަކުގެ ތެރޭގައި، ޑިޖިޓަލައިޒްޑް ގްލޯބަލް އިކޮނޮމީގެ ތެރެއިން ޓެކްސްގެ ނިޒާމަށް އަންނަ ގޮންޖެހުންތަކާއި، ޖެންޑަރ ބޭސްޑް ޓެކްސް އަދި ޤާނޫނާއި ގަވާއިދުތަކުގެ ބޭރުން ހިންގާ ވިޔަފާރިތައް ޓެކުހުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގައި ދިމާވާ ދަތިތައް ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިކަމަށް މީރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ޓެކްސްގެ ނިޒާމް ހަރުދަނާކުރުމަށާއި އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޔޫ.އެން.ޑި.ޕީގެ ފަރާތުން ފޯރުކޮށްދެމުންދާ  މާލީ އަދި ފަންނީ ލަފަޔާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ޓެކްސް ފޮރ އެސް.ޑީ.ޖީ ޕްރޮގްރާމްގެ ތެރެއިން ޓެކްސް ނިޒާމަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ގެނެސް، ގުޅުންހުރި އިދާރާތައް ތަރައްގީކުރެވިގެންދާނެކަމަށް މީރާއިން މަޢުލޫމާތުދެއެވެ. މި ގޮތުން، މީރާއިން މައިނގަޑު ގޮތެއްގައި އަމާޒުކުރަނީ ދެ ކަމެއް ހާސިލުކުރުމަށެވެ. އެއީ، ޑޭޓާ ގަވަނެންސް ފްރޭމްވޯކެއްގެ ތެރެއިން ޓެކްސްގެ މަސައްކަތް ޑިޖިޓަލައިޒްކުރުމާއި އެންޓަރޕްރައިޒް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އެކުލަވައިލުމެވެ.

މި ޕްރޮގްރާމް ދެ އަހަރުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވާކަމަށް މީރާއިން މަޢުލޫމާތުދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު