އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނބަލުން އިތުރަށް ވިސްނާލުމަށް! ކައިވެނީގެ ބޭރުން ޖިންސީގުޅުންހިންގުމަށްފަހު އަނެކާ ކުށްވެރިކުރުމުން ކުރާނެ އެއްވެސް ފައިދާއެއް، ލިބޭނެ ޙައްލެއް، ލުޔެއްވެސް ނެތް!

ކަނބަލުން އިތުރަށް ވިސްނާލުމަށް! ކައިވެނީގެ ބޭރުން ޖިންސީގުޅުންހިންގުމަށްފަހު އަނެކާ ކުށްވެރިކުރުމުން ކުރާނެ އެއްވެސް ފައިދާއެއް، ލިބޭނެ ޙައްލެއް، ލުޔެއްވެސް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ލޯބިވެގެން ކައިވެނިނުކޮށް ޖިންސީ ގުޅުން ހިންގުމަށްފަހު، ދޫކޮށްލާފައި ދިއުމުން ވަރަށް ގިނައިން ކަނބަލުން ބުނެއެވެ. "އޭނާ އަހުރެންނަށް ލަނޑުދިނީއެވެ. މަކަރުހެދީއެވެ. ބޭވަފާތެރިވީއެވެ." 

ލޮބުވެތި އުޚުތުންނޭވެ! ތިއަބުނަނީ ހަމަތެދެކެވެ. އޭނާ ތިބާއަށް ހަމަ ލަނޑުދިނީއެވެ. ތިބާގެ ބޭނުން ހިފުމަށްފަހު އެއްލައިލީއެވެ. ބާކީކޮށްލީއެވެ. ދުނިޔެއަށް ގިނަކޮށްލީއެވެ. މަކަރުވެސް ހެދީއެވެ. ބޭވަފާތެރިވެސްވީއެވެ. 

ނަމަވެސް އެހެން ބުނުމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ތިބާއަކީ ތަންދޮރު ނުވިސްނޭ ކުޑަކުއްޖެއް ނޫނެވެ. ޖިންސީ ގުޅުން ހިންގުން، ޒިނޭކުރުން މިއީ ދީނުގައި ޙަރާމްކުރައްވަވާފައިވާ ކަންކަން ކަންތިބާއަށް ވެސް ވިސްނޭނެއެވެ. އެނގޭނެއެވެ. ވީމާ ފާފަވެރިވުމުގައި ދެމީހުންވެސް ވާނީ އެއްވަރެވެ. ބޭވަފާތެރިވުން އެއީ ތަފާތު މައްސަލައެކެވެ. 

ދެން އޮތްކަމަކީ އެފަދަ ޢަމަލެއް ކުރެވިއްޖެނަމަ ކައިވެނިކުރުން ހުއްދަވާނެތޯ ކުރާ ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އެފަދަ ފާފައެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ދެމީހުންވެސް ތައުބާވާން ޖެހޭނެއެވެ. ވީމާ ތައުބާވާށެވެ. ތައުބާވުމަށްފަހު ރަންކިޔުއްވައި ވަލީ ހޯދައިގެން ދީނުގައި އޮތް ގޮތުގެ މަތިން ކައިވެނިކުރާށެވެ. 

ދެން އޮތީ ކައިވެންޏަށްފަހުގައި ދެމީހުންވެސް ސަމާލުވާންޖެހޭނެ ކަންތަކެވެ. އެއީ ފާފައަކަށްވެދާނެ އެއްވެސް ޢަމަލެއް ނުކުރުމެވެ. ހިލޭ މީހަކާއެކު އެއްވެސް ގުޅުމެއް ނުހިންގުމެވެ. ދެމީހުންކުރެ އެކަކުނަމަވެސް ހިލޭ މީހުންނާއިއެކު ގުޅުން ހިންގުމަކީ ކައިވެނީގެ ބަރަކާތް ކެނޑިގެންދާނެ ކަމެއްކަމަށް ބިރުވެތިވާންވާނެއެވެ. އުފާވެރި ދިރިއުޅުމެއް ލިބުން އޮތީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް