އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްލަވާ ލައްވާ!: ނިވާވާން ޖެހޭތޯ އާއި ނިވާވާންވީ ކީއްވެ ކަމާއިމެދު ހިތުގައި ސުވާލު އުފެދޭ މީހުންގެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާ ވީޑިއޯއެއް-

ބައްލަވާ ލައްވާ!: ނިވާވާން ޖެހޭތޯ އާއި ނިވާވާންވީ ކީއްވެ ކަމާއިމެދު ހިތުގައި ސުވާލު އުފެދޭ މީހުންގެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާ ވީޑިއޯއެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

އަންހެނުން ނިވާވާން ޖެހޭތޯ ނޫންތޯ މިއީ މުސްލިމުންގެ މެދުގައިވެސް ވަރަށް ފޯރީގައި ކުރިއަށްގެންދާ ބަހުސެކެވެ. ލިޔުމުގައިވާ ވީޑިއޯއަކީ އަނހެނަކާއި ފިރިހެނެއްގެ މެދުގައި މިކަމުގައި ދެކެވިފައިވާ ވާހަކަތަކެއް ނުވަތަ ކުރެވިފައިވާ ބަހުސެއްގެ ވީޑިއޯއެކެވެ. 

މޮޅުވީ ކާކުކަމަށް ބުރަވާކަށް ނެތީމެވެ. ވީޑިއޯ ބައްލަވައިލެއްވުމަށްފަހު ކިޔުންތެރިން ގޮތް ނިންމަވާށެވެ! ބުނަންކެރޭ ވާހަކަތަކަކީ ނިވާވާންޖެހޭ ކަމަށް ވަކާލާތުކުރިމީހާގެ ވާހަކައިގައި ވަރަށް މުހިންމު ނުކުތާތަކެއް ހުރިކަން އަނެކާ ޤަބޫލުކުރިކަމެވެ. 

ނިވާވާންވީ ސަބަބަކީ އިންސާނާ އުފެއްދެވި ﷲ ތަޢާލާ އެކަންކުރަން އަންގަވާފައިވާތީއެވެ. 

މުޖުތަމައު ދެކޭ ގޮތަށް އުޅުމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ މުޖުތަމަޢު މީހަކާއިމެދު ދެކޭގޮތް އިރުކޮޅާ ބަދަލުވެސް ކުރެއެވެ. އަދި މުޖުތަމަޢު ބޭނުންވާ ގޮތަށް އުޅުނީތީ މަރުވުމަށްފަހު ކުރާނެ ފައިދާއެއް ނެތެވެ. އެއްވެސް ފައިދާއެއް ކުރާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުނު ނަމައެވެ. 

ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ސުވަރުގެ ވައްދަވާނީ ކޮންބައެއް ކަމެއް ނުއެނގެއެވެ. އެނގޭވަރަކީ އަންހެނުން ނިވާވެގެން އުޅުމަށާއި ނިވާވާންޖެހޭ މިންވަރެއް ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެބައޮތްކަމެވެ. 

އަނހެނަކު ނިވާނުވެ ހުރުމަކީ އޭނާއަށް ބަލަން ފިރިހެނުންނަށް ޖެހެންވީ ސަބަބެއް ނޫނެވެ. އަންގަވާފައި އޮތީ އިސް ތިރިކުރުމަށެވެ. ފިރިހެނުންނަކީ އެކަމުގައި ކެތްތެރިކަން ކުޑަބައަކަށްވާތީ ބަލަނީއެވެ. އެެހްނ ކަންކަންވެސް ކުރަނީއެވެ. 

ﷲ ތަޢާލާ އަންގަވާފައިވަނީ މަސްތުވެ އެކަމަށް ދެވިހިފުމުން ރިހެބަށް ދާކަށް ނޫނެވެ. މަސްތުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށެވެ. ވީމާ އެކަމުން އެނގެނީ އިސްލާމް ދީނުގައި އޮތީ ރައްކައުތެރިވުން ކަމެވެ. ނިވާވާންވީވެސް ރައްކައުތެރިވުމަށެވެ. 

ގުޅުންހުރި ވީޑިއޯ ބައްލަވައިލެއްވުމަށް:

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް