އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠޯނާގެ އަޅުންނަށް މައިދައިތައާ ފަހަރިން ނުވެބަލަ! ތިބާ ބުނި މީހާއާ ކައިވެނިކުރިނަމަ އެއީ ތިބާއަށް މާނުބައި މީހަކަށްވެސްވެދާނެ!: މުފްތީ މެންކް

ޝައިޠޯނާގެ އަޅުންނަށް މައިދައިތައާ ފަހަރިން ނުވެބަލަ! ތިބާ ބުނި މީހާއާ ކައިވެނިކުރިނަމަ އެއީ ތިބާއަށް މާނުބައި މީހަކަށްވެސްވެދާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

އަހަރެން މިދައްކަނީ ނުބައި ނުލަފާ އަމިއްލަ އެދުން ބޮޑު، އެމީހުންގެ އަމިއްލަ އެދުމުގައި ކަންކަން ކުރާ މީހުންގެ ވާހަކައެއް ނޫނެވެ. ހެޔޮލަފާ ރަނގަޅު މީހުންގެ ވާހަކައެވެ. ރަނގަޅު މީހުން ކަންކަން ކުރާގޮތުގެ ވާހަކައެވެ.

ކޮންމެ މީހަކުވެސް ކައިވެނި ކުރާނީ އަނެއް ދުވަހު ވަރިކުރުމުގެ ނިޔަތަކު ނޫނެވެ. ދެމީހުން ގުޅިގެން އެކުގައި އުފާވެރި ޙަޔާތެއް ވޭތިކުރުމުގެ ބޭނުމުގައެވެ. ދަރިން ލިބުމުން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމުގެ ނިޔަތުގައެވެ. އަދި ދެމަފރިން އެކުގައި ކިތަންމެ ދަތިޙާލުގައި ދިރިއުޅެން ޖެހުނަސް ދިރިއުޅުމުގެ ނިޔަތާއި ވައުދާއިއެކުގައެވެ. ނަމަވެސް ކުރުމުއްދަތެއްގެތެރޭގައި ކަންކަން ބަދަލުވަމުން މިދާގޮތާއިމެދު ވިސްނައިލަން މިވަނީ ޖެހިފައެވެ.

ކައިވެނި ކުރަނީ ދުވަހަކުވެސް ވަކިނުވާނެ ކަމުގެ ވައުދުތަކާއިއެކުގައެވެ. ކޮންމެފަދަ ކަމެއް ކުރިމަތިވިނަމަވެސް އެކުގައި ތަޙައްމަލްކުރާނެ ކަމުގެ ވައުދުތަކާއިވެސް އެކުގައެވެ. އެތައްބައިވަރު ހުވާތަކެއްވެސް އެކަކު އަނެކަކަށްކުރުމަށްފަހުގައެވެ. އެހެންކަމުން އެހައިފަސޭހައިން ކައިވެނި ރޫޅާޅައިލަން ޖެހޭނަމަ އެއީ ފުންކޮށް ވިސްނަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައަކަށް ނުވޭހެއްޔެވެ؟

ކައިވެނި ރޫޅެން ދިމާވާ އެއް ސަބަބުކަމަށް އަހަރެން ފާހަގަކުރާނީ ދެމަފިރިން އެކަކު އަނެކަކަށް ފޯރުކޮށްދޭންޖެހޭ ޙައްޤުތައް ފޯރުކޮށް ނުދެވުމެވެ. ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްނުދެވުމެވެ.

މިގޮތުން އަހަރެން ފާހަގަކުރާނެ އެއްކަމަކީ މައިންބަފައިންގެ ކިބައިން، ޚާއްޞަކޮށް އަނެކާގެ މައިމީހާ (މައިދައިތަގެ) ކިބައިން ބައިވެރިޔާ ސަލާމަތްނުކުރުމެވެ. މިހެން ބުނުމުން ބައެއް މީހުން ބުނެފާނެއެވެ. އަހަރެންގެ މަންމައަކީ ރަނގަޅު މީހެކެވެ. މައްސަލައަކީ ކޮބައިހެއްޔެވެ؟

ތިއައީ ހަމަ ރަނގަޅުވާހަކައެކެވެ. މަންމައަކީ ހަމަ ވަރަށް ރަނގަޅުމީހެކެވެ. ނުބައީ ޝައިޠޯނާއެވެ. ނުބައިކަން ހައްދުފަހަނައަޅާފައިވާ ޝައިޠޯނާގެ ބަހަށް ރަނގަޅު މަންމައަށް ކަންކަން ކުރެވެނީއެވެ.

މިގޮތަށްވުމަށް އެންމެ ގިނައިން މެދުވެރިވާ އެއް ސަބަބަކީ ދަރިފުޅު ކައިވެނިކުރުމުން އަނބިމީހާއަށް ސަމާލުކަން ދިނުމާއި ޢާއިލާގެ އެންމެންނަށް ކުރިން ކުރާ ޚަރަދުތައް އެވަރަށް ނުކުރެވުމެވެ. ޝައިޠޯނާ މިކަމަކީ މާބޮޑު މައްސަލައކަށް ފިތުނަ އުފައްދަނީއެވެ. އަދި މި ފިތުނަ އުފައްދުވަނީ ހަމައެކަނި މައިމީހާގެ ހިތަކު ނޫނެވެ. ގޭގެ އެންމެންގެ ހިތުގައެވެ.

ލޮބުވެތި މައިންނޭވެ! ލޮބުވެތި އުޚުތުންނޭވެ! ޝައިޠޯނާގެ ބަހަށް ނުހެއްލޭށެވެ! މީހަކު އައިސް ތިބާގެ ބޭބެ ގެންދިއައީއެއް ނޫނެވެ. އަދި އުޚުތު ގެންދިއައީއެއްވެސް ނޫނެވެ. އޭނާ އެކުރިކަމަކީ އޭނާ އާއި ﷲ ތަޢާލާ ހަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ކުރިމަތިލީއެވެ. އެކަމަށް ހަސަދަވެރިނުވާށެވެ! ހިތްވަރުދޭށެވެ! އެހީތެރިވެދޭށެވެ. އިތުރަށް ލިބުނީވެސް ހަމަ ދަރިއެއް، އުޚުތެއް ކަމަށް ދެކޭށެވެ! އޭނާ އާއި ކައިވެނި ނުކުރި ނަމަ އެހެން މީހަކާއި ނަމަވެސް ކައިވެނިކުރާނެއެވެ. އަދި ތިބާ ދައްކައިގެން ކައިވެނިކުރާ މީހާއަކީ މާނުބައި، މާވިޔާނުދާ މީހަކަށްވެސްވެދާނެއެވެ! ވީމާ ދަރިން ކައިވެނިކުރުމުން އެމީހަކާއިމެދު އެއްވެސް ވަރަކަށް ނުބައިހީތައް ނުކުރާށެވެ!

އަދިބުނަމެވެ. މައިންބަފައިންނަށް ކިޔަމަންވާން އެބައޮތެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު މައިންބަފައިން ނުބައިކޮށް ކަންކަންކުރާނަމައެއް ނޫނެވެ! އެހާލަތުގައި ހަމައެއްވެސްވަރަކަށް ކކިޔަމަންވެގެން ނުވާނެއެވެ. ނަމަވެސް ވެވުނުވަރަކުން މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! ﷲ ތަޢާލާ އަންގަވާފައިވަނީ އެމީހުން ކުރާހައި އަމުރަކަށް ކިޔަމަންތެރިވާކަށް ނޫނެވެ. ހެޔޮކޮށްހިތުމަށެވެ.

ހަމައެއާއިއެކު ގެއަށް އަންނަ ދަރިފުޅު ސަމާލުކަންދޭން ޖެހޭނެ ކަމެއްވެސް ވެއެވެ. އެއީ ނުބައި ފަހަރިންނާއި މައިދައިތައިންގެ ކިބައިން އަނިޔާ ލިބިގެންތިބޭ މީހުން ކިޔައިދީފައި ހުންނަ ވާހަކަތައް ޤަބޫލުކޮށް ތިބާއަށް ލިބުނީ އެފަދަ ފަހަރިން، މައިދައިތައެއް ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ! އެގޮތަށް ޤަބޫލުކޮށްގެން ހުރެ ގެއަކަށް ވަދެވިއްޖެ ނަމަ ކަންކަން ޙައްލުކުރުން ފަސޭހައެއް ނުވާނެއެވެ! ތިބާ އާއިމެދު ނުބައިކޮށް ކަމެއްކުރަންދެން ބަލަންވާނީ އެއީ ހަމަ ތިމާގެވެސް މަންމަ ކަމަށެވެ. އުޚުތުން ކަމަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
11%
ރަނގަޅު
22%
އޯކޭ
55%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް