އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ކުޅަދުންވަންތަކަމުގެ ތެރެއިން: އިރާދަކުރެއްވެވި އަޅެއްގެ ހަށިގަނޑު މިހާރުވެސް ކުނި ނުވެ ލަހައްޓަވަތެވެ!

ﷲ ގެ ކުޅަދުންވަންތަކަމުގެ ތެރެއިން: އިރާދަކުރެއްވެވި އަޅެއްގެ ހަށިގަނޑު މިހާރުވެސް ކުނި ނުވެ ލަހައްޓަވަތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއިބެހޭ ގޮތުން ގިންބައަކު ތަފާތުވާހަކަތައް ދައްކައެވެ. މުސްލިމުން މަގުފުރައްދުވަން މަސައްކަތްކުރެއެވެ. ދުނިޔެއިން މިފެންނަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތައްކަމުގައިވާއިރުވެސްމެއެވެ. 

ކުޑަކުޑަ ކަމެއްގެ ހަނދާން އައުކޮށްލާނަމެވެ. 

މަރުވުމުން ހަށިގަނޑު ކުނިވިޔަ ނުދީ ބޭއްވޭނެ ގޮތްތައް ވަނީ ވަރަށްކުރީންސުރެ އީޖާދުކުރެވިފައި ނުވަތަ ﷲ ތަޢާލާ އުނގަންނަވައި ދެއްވަވާފައިކަން ދުނިޔޭގެ ބައެއް ދާރުލްޢާޘާރުތަކުން އެހެރީ ފެންނާށެވެ. އެތައްހާސް އަހަރެއްވެފައިވާ ހަށިގަނޑުތައް އެހެރީ ފެންނާށެވެ! އަދި މިއަދުވެސް އެއީ ﷲ ތައާލާ ދެއްވަވާފައިވާ ޢިލްމުގެ އަލީގައި ކުރެވެން އޮތްކަމެކެވެ. 

އަހަރެމެން މި ޤަބޫލުކުރަނީ މިފަދަ ގޮތަކުން ހަށިގަނޑު ހިމާޔަތްނުކޮށްފިނަމަ މަރުވުމުން މީހާގެ ހަށިގަނޑު ވަޅުނުލި ނަމަވެސް އަދި ވަޅުލި ނަމަވެސް ކުނިވެގެންދާނެކަމަށެވެ. މަސްތައް ގިރި ހަށިގަނޑާއިވަކިވެގެންދާނެ ކަމަށެވެ. އަދި ގިނަ ޒަމާންވުމުން އެންމެ ކަށިކޮޅެއް ފިޔަވައި އެހެން ހުރިހާ ކަށިތަކެއް ނެތިގެންދާނެ ކަމަށެވެ. އެކަން ފެންނަމުންދަނީ އެގޮތަށެވެ. 

މިއަދުނޫހަށް މައުލޫމާތުދިން ޕާކިސްތާނުން މެޑިސިން ކިޔެވި ދިވެހި ދަރިވަރަކު ބުނެފައިވެއެވެ. "ޕޯސްޓްމޯޓޮމް އާއިބެހޭ ގޮތުން ކިޔަވައިދިން ޕްރޮފެސަރަކު ބުނެފައިވެއެވެ. މީހަކު މަރުވެ ވަޅުލެވުނުތާ އެތައް ދުވަހެއް ފަހުން ޕޯސްޓްމޯޓޮމް ހެދުމުގެ ކަމެއްގައި މީހެއްގެ މަހާނަ ކޮނުނީމެވެ. ނަމަވެސް ޙައިރާންވި ކަމަކީ އޭނާގެ ހަށިގަނޑު އޮތީ ދާދި ދެންމެ މަރުވި މީހެއްފަދައިން ތާޒާކަންމަތީގައެވެ. ނިތްކުރީގައި ދައުތިކި ހުރިހެންވެސް ހީވިއެވެ. މިއީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ފެނުނު މިފަދަ ހަމައެކަނި ކަންތަކެވެ." 

މިފަދަ ކަންކަމުން އެނގިގެން މިދަނީ ހަމަ މިޒަމާނުގައިވެސް މިފަދަ ކަންކަން ހިނގާކަމެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅެއްގެ ހަށިގަނޑު ކުނިވެ ހަލާކުވެގެންނުދާކަމެވެ. އެކަމުގެ ޙިކުމަތާއި ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޔަޤީންކުރަންޖެހޭ ކަމަކީ މިފަދަ އާދައާއި ޚިލާފްކަމެއް މެދުވެރިވުމަށް ކޮންމެވެސް މުހިންމު ސަބަބުތަކެއް އޮންނާނެ ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
21%
ރަނގަޅު
7%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް