އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދީން ކުއްލިއަކަށް ހޭލެވިއްޖެނަމަ ކިޔަން އޮތް ދުޢާ- ޙަދީޘުން!

ނިދީން ކުއްލިއަކަށް ހޭލެވިއްޖެނަމަ ކިޔަން އޮތް ދުޢާ- ޙަދީޘުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ނިދީން ކުއްލިއަކަށް ހޭލެވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެފަދައިން މެދުވެރިވުމުން ބައެއް ފަހަރު ނިދިނައިސް ލަސްވެސްވެއެވެ. ނިދިފިލާގޮތްވުމުން ބައެއް މީހުންނަށް ކުރެވެނީ ކޮށްގެން ނުވާނެ ކަންކަމެވެ. އެއީ ޝައިޠޯނާގެ މަގުން ކުރެވޭ ކަންކަމެވެ. އެފަދަ ކަންކަން ނުކޮށް ނިދީން ހޭލެވުމުން އަވަސްވެގެންނަންވީ ޛިކުރުކުރުމާއި ދުޢާކުރުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ فَإِنَّهَا لَنْ تَضُرَّهُ  

عَبْدِ اللَّهِ بْنِ عَمْرٍو ވިދާޅުވިއެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. "ތިބައި މީހުންގެ ތެރެއިން މީހަކު ނިދީގައި ވަނިކޮށް ކުއްލިއަކަށް ހޭލެވިއްޖެނަމަ އަންނަނިވި ދުޢާ ކިޔާށެވެ. 

(أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ فَإِنَّهَا لَنْ تَضُرَّهُ)  

ޙަދީޘްގެ މާނަ: ޝައިޚް މޫސާ އަންވަރު ޙަސަން 

ދުޢާ ވިދާޅުވުމަށް:

https://khir-zad.blogspot.com/2017/11/blog-post_34.html

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް