އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޖިދަކުރުން ގިނަކޮށް ދުޢާކުރާމީހާގެ ބޭނުންތައް ﷲ ފުއްދަވައިދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ސަޖިދަކުރުން ގިނަކޮށް ދުޢާކުރާމީހާގެ ބޭނުންތައް ﷲ ފުއްދަވައިދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ކޮންމެ ޙާލެއްގައި ނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ! ނަމާދު ފަރުޟު ކުރައްވަވާފައިވާ ވަގުތުތަކުގައި އެނަމާދެއް އަދާކުރުމުގައި ފަރުވާތެރިވާށެވެ! ތަހައްޖުދު ނަމާދު ނުކޮށް ނިދަންނުތިބޭށެވެ! 

ކިތަންމެ ބުރަނަމަވެސް ކޮންމެ ރެއަކު ﷲ ތަޢާލާ "ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމު އެދޭ މީހުން ކޮބައިހެއްޔެވެ؟ އެދޭށެވެ! ފުއްދަވައިދެއްވަވާނަމެވެ! ޝިފާވެސް ދެއްވަވާނަމެވެ! އެދި ދަންނަވާށެވެ!" ވަޙީކުރައްވަވާ އަޑު އިވެނީ ހާދަ މަދު މީހަކަށެވެ! އެ އަޑު ނާހައި ކަންކަން ޙައްލު ނުކުރެވިގެން ކަންބޮޑުވެގެން ކުރާނީ ކޮން ފައިދާއެއްހެއްޔެވެ؟ 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އެކަމެއް ކުރަން ވަޙީކުރައްވަވާފައިވާ ކަންކަން ކުރުމަށެވެ! ހެޔޮ ޢަމަލުކުރުމުގެ ބޭނުމުގައި އެކަމަކީ ހެޔޮ ޢަމަލެއްކަން ޔަޤީންނުވާ ކަންކަން ނުކުރުމަށެވެ. އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށެވެ. 

ވީމާ ތިމާމެންގެ ބޭނުންތައް ޙާޞިލުކުރަންވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވުން އިތުރުކުރާށެވެ! ފަރުޟުކުރެއްވެވިކަންކަމާއި ސުންނަތުން ޘާބިތުވާންހުރި އަޅުކަންކުރުން ގިނަކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! 

ﷲ ތަޢާލާ 24 ގަޑިއިރުގެ ވަގުތުތައް ނުވަތަ ރޭދުވާލުގެ ވަގުތުތައް ޤައުމުތަކަށް ލައްވަވާފައިވަނީ ތަފާތު ވަގުތުތަކުގައެވެ. އެހެންކަމުން ކޮންމެވެސް ޤައުމެއްގެ ކޮންމެވެސް ސަރަހައްދަެއްގައި މީސްތަކުން ޖަމާއަތުގައި ނަމާދުކުރަން ނުތިބޭނެ ވަގުތެއް މިހާރު ނާންނާނެ ކަމަށްވެސް ބުނެވިދާނެއެވެ. މާނައަކީ ދުނިޔޭގެ ކޮންމެވެސް ސަރަހައްދެއްގައި ކޮންމެވެސް ބައަކު އަބަދުވެސް ޖަމާއަތުގައި ނަމާދުކުރަން ތިބޭނެ ކަމެވެ. 

މިކަމުގެ ސިއްރާއިމެދު ވިސްނައިލާށެވެ! ﷲ ތަޢާލާ މީސްތަކުންނަށް ފަރުޟުކުރައްވަވާފައިވަނީ އެކަލާނގެ އެންމެ ލޯބިފުޅުވެވޮޑިގަންނަވާ އަމަލުތަކެވެ. އެއިގެ ތެރެއިންވެސް ނަމާދަކީ އެންމެބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ އަމަލެވެ. ޤުދްސިއްޔަ ޙަދީޘްފުޅެއްގައި ﷲ ތަޢާލާ ވަނީ މިކަން ބަޔާންކުރައްވަވައިފައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް