އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުޟޫކުރާއިރު ފަރުވާކުޑަކޮށްލައި ފެންޖައްސަންޖެހޭ ގުނަވަންތަކުގައި ރަނގަޅަށް ފެންނުޖެއްސުމަކީ ނަރަކައިގެ ޢަޛާބް ޙައްޤުވާ ބޮޑު ފާފައެއްކަން ޙަދީޘުން: ޝައިޚް އަބޫބަކުރު ޒައުދު

ވުޟޫކުރާއިރު ފަރުވާކުޑަކޮށްލައި ފެންޖައްސަންޖެހޭ ގުނަވަންތަކުގައި ރަނގަޅަށް ފެންނުޖެއްސުމަކީ ނަރަކައިގެ ޢަޛާބް ޙައްޤުވާ ބޮޑު ފާފައެއްކަން ޙަދީޘުން: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ރަސޫލް ޞަޙާބީންނާއިއެކު މައްކާއިން މަދިނާއަށް ކުރެއްވެވި ދަތުރުފުޅެއްގައި ޢަޞްރު ވަޤުތު ނިމެން ވަރަށް ގާތްވެފައިވަނިކޮށް ނަމާދުކުރައްވަން ވާދީއަކަށް މަޑުކުރެއްވެވިއެވެ. ފެންގަނޑުން ވުޟޫކުރެއްވެވިއިރު ނަމާދަށް އަވަސްވެވަޑައިގެންފައި ތިއްބެވިވަރުން ބައެއް ޞަހާބީން ވުޟޫކުރެއްވެވިއިރު ފައިންޕުޅުގެ ފުންނާބުގައި ރަނގަޅަށް ފެން ނެޖެހެއެވެ. 

އެތަން ފެނިވަޑައިގަތުމުން އެބޭކަލުންގެ ފައިންޕުޅުގައި ރަނގަޅަށް ފެން ނުޖެއްސެވުމަކީ ބޮޑުފާފައެއްކަން ވިދިވިދިގެން 3 ފަހަރު ޙަދީޘްފުޅު ކުރެއްވެވިއެވެ. 

މި ޙަދީޘްފުޅުގެ ޝަރަޙައިގައި ވުޟޫކުރާއިރު ފެންޖައްސަންޖެހޭ ގުނަވަންތަކުގައި ރަނގަޅަށް ފެންނުޖައްސާނަމަ އެތަނެއްވަނީ ނަރަކައިގައިކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ. 

ވުޟޫކުރާއިއރު ފެންޖައްސަންޖެހޭ އެއްވެސް ތަނެއްގައި ފެންނުޖެއްސުމުން އެއީ މިޙަދީޘްފުޅުގައިވާފަދަ ބޮޑު ފާފައެކެވެ. އެއީ އަތުގެ އުޅަނބޮށިނަމަވެސް ނަމަވެސް އަދި އެހެން ތަނެއް ނަމަވެސްމެއެވެ. 

ކަނބަލުން ދަންނާށެވެ! ނިޔަފަތި ޕޮލިސްކުރުން ހުއްދައެވެ. ނަމަވެސް ވުޟޫކުރާއިރު ފެންނުޖެހިއްޖެނަމަ ފެތިގެންދާނީ ހަމަ މިޙަދީޘްފުޅަށެވެ. އެކަންވާނީ ބޮޑު ފާފައަކަށެވެ. 

ވީމާ ވުޟޫކުރާއިރު ގުނަވަންތަކުގައި ފެންޖެއްސުމަށް ޚާއްޞަ ސަމާލުކަމެއްދޭންވާނެއެވެ. ކިތަންމެ އަވަސް އަރުވާލައިގެން ވުޟޫކުރިނަމަވެސް ވުޟޫފުރިހަމަކުރަންވާނެއެވެ. ޖަމާޢަތް ގެއްލުމަށްވުރެ ރަނގަޅަށް ވުޟޫ ނުކުރެވުމުން ލިބެން އޮތް ފާފަ މާބޮޑެވެ. އެއީ އޭނާގެ ވުޟޫ ޞައްޙަ ނުވުމުން ކުރި ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ. 

ޢާއިޝަތުގެފާނުގެ އަރިއަހުން ޢަބްދުﷲ އިބްން ޢަމްރް ރިވާކުރައްވަވާފައިވާ މި ޙަދީޘްފުޅަށްވެސް ބައްލަވާށެވެ! އެޙަދީޘްފުޅުގައި އެވަނީ ويلٌ للأعْقَاب من النَّار . އެވެ. މާނައީ: "ވުޟޫކުރާއިރު ފައިގެ ފުންނާބުގައި ފެންނުޖައްސާ މީހުންނަށް ނަރަކައިގެ ޢަޛާބްހުއްޓެވެ." (މާނަކޮށްދެއްވީ: ޝައިޚް ޝަފީޢު ޢަބްދުﷲ) 

ވުޟޫކުރާއިރު ފެންޖައްސަންޖެހޭ ކޮންމެ ގުނަވަނެއްގައި ފުރިހަމައަށް ފެންނުޖެއްސިނަމަވެސް މިޙަދީޘްފުޅުގައިވާ ޢަޛާބް ޙައްޤުވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވަނީ މި ޙަދީޘްފުޅުގައި މިގޮތަށް އޮތުމުންނެވެ. މިޙަދީޘްފުޅުގައިވާ "ވައިލް" އަކީ ނަރަކައިވާ ވާދީއަކަށް ކިޔާ ނަމެކެވެ. 

عن أبي هريرة وعبد الله بن عمرو وعائشة رضي الله عنهم عن رسول الله صلى الله عليه وسلم : أنه قال (ويلٌ للأعْقَاب من النَّار.) 

Abu Hurayrah, ‘Abdullāh ibn ‘Amr, and ‘Ā'ishah (may Allah be pleased with them) reported: The Messenger of Allah (may Allah's peace and blessings be upon him) said: 

"Woe to the heel bones from the Hellfire!" 

Sahih/Authentic. - [Muslim]

Explanation

The Prophet (may Allah's peace and blessings be upon him) warns against negligence in the performance of ablution and encourages us to perform it perfectly and completely. As the back of the foot (the heel bone) is normally somewhere that water does not reach, it leads to a deficiency in ablution and therefore in prayer, so the Prophet (may Allah's peace and blessings be upon him) informs us that the heel bones, along with the one who is careless about including them in his Shariah-required purification, will be targeted by torment in the Hereafter

  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް