އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާބުކުރާ ބައިވެރިއަކު ލިބިއްޖެނަމަ ކަންބޮޑުނުވެ ފުރުޞަތުގެބޭނުން ހިފައިލާށެވެ! ސުވަރުގޭގައި ގިނަ ގަނޑުވަރުތަކެއް އަޅައި އާޚިރަތް ބާއްޖަވެރިކޮށްލާށެވެ!

ޒުވާބުކުރާ ބައިވެރިއަކު ލިބިއްޖެނަމަ ކަންބޮޑުނުވެ ފުރުޞަތުގެބޭނުން ހިފައިލާށެވެ! ސުވަރުގޭގައި ގިނަ ގަނޑުވަރުތަކެއް އަޅައި އާޚިރަތް ބާއްޖަވެރިކޮށްލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

މަގުމަތިން ނޫންނަމަ އެނޫންތަނަކުން ނަމަވެސް ފިރިހެނަކަށް އަންހެނަކު ފެނިއްޖެނަމަ އަނގައިގައި ހުރި ހުރިހާދަދަތްތައް ދައްކައިގެން ފައިތިލައިން ފެށިގެން ނިތްކުރިއާއި ހަމައަށް އެބަބަލަމުއެވެ. އަދި އަންހެނަކަށް ފިރިހެނަކު ފެނުނު ނަމަވެސް ހަމަ މިމޭރުމުން އެބަ ބަލައެވެ. ހަމައެކަނި ބަލަނީއެއްވެސް ނޫނެވެ. ކޮލުގައި ހުރި ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވާންވެސް މަސައްކަތްކުރަމުއެވެ. 

ނަމަވެސް ތިމާ އެމީހަކު ލޯބިވާކަމަށްބުނެ އެތައް ދުވަހެއްގެ މަސައްކަތުން ހޯދާފައިވާ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ފެނުމުން އެފަދައިން ބަލާކަށް ބޭނުމެއް ނުވެއެވެ. އަދި ހިނިތުންވާކަށްވެސް ބޭނުމެއް ނުވެއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ހިނިތުންވުމަކީ ވެސް ޞަދަޤާތެކެވެ. ޞަދަޤާތްދޭން އޮތީވެސް ގާތުން ދުރަށެވެ. ވީއިރު ތިމާގެ ބައިވެރިޔާއަށް ހިނިތުން ނުވީމާ މިކުރެވެނީ ކޮންކަމެއްހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި އެއީ ކުރެވޭ އަނިޔާއެކެވެ. އަނިޔާކުރަން ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟ 

ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ބަސްބުނުމާއި ތަޢްރީފްކުރުމަކީވެސް އަޅުކަމެކެވެ. އަދި އެކަކު އަނެކަކަށް ލޯބިން ބުނާ ކޮންމެ ބަހަކީވެސް ކައިވެނީގެ ވައުފަށް ނިއުޅުނަނުދިނުމަށް ޖެހޭ އިތުރު ގޮށެކެވެ. ވީމާ ކައިވެނި ރޫޅުނަނުދީ ބަދަހިކޮށް ދަމަހައްޓަން ބޭނުންނަމަ ވީހައި ގިނައިން ގޮށްޖަހަމުން ގެންދާށެވެ! 

ދެމަފިރިން ނަމަވެސް ކޮންމެ ދެމީހެއްގެ މިޒާޖު އެއްގޮތެއް ނުވާނެއެވެ! އެފަދަ ކަމެއް މެދުވެރިވިނަމަވެސް ކުނިމޫނު ނުދައްކައި ހިނިތުންވެލާށެވެ! ހެޔޮބަހެއް ނޫނީ ނުބުނާށެވެ! އެކަކު އަނެކަކަށް އިޙްތިރާމްކުރާށެވެ! އެއިރުން ކަންކަން މަޑުމަޑުން ބަދަލުވަމުން ގޮސް ދެމީހުންގެ ހުރިހާ ޚިޔާލުތަކެއް އެއްގޮތްކުރެވޭނެއެވެ! 

ޚިޔާލުތަފާތުވާ ވަގުތު އެކަކު އަނެކަކަށް ކަންކަން ދޫކުރާށެވެ! ގޮތްދޫކުރާށެވެ! ގޮތްދޫކުރަނީ ބަލިކަށިވުމަކުން ނޫނެވެ! ޙައްޤުމަގުގައި ހުރިނަމަވެސް ޒުވާބުނުކުރުމުގެ ބޭނުމުގައި ޒުވާބުކުރުމުން ދުރުހެލިވެ ޒުވާބުކުރުން ހުއްޓައިލާ މީހާއަށް ސުވަރުގެ ގަނޑުވަރެއް ދެއްވަވާކަން އެއީ އެނގެން އޮތްކަމެކެވެ. އެއިރުން ދިރިއުޅުންވެސް ބާއްޖަވެރިކުރެވެނީއެވެ. ސުވަރުގެއިން ގަނޑުވަރެއްވެސް ލިބެނީއެވެ! ގިނަގިނައިން ގަނޑުވަރުތައް ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟ 

ސުވަރުގެއިން ލިބެން އޮތް އެގަނޑުވަރު ހޯދަން މާބޮޑުކަމެއް ކުރާކަށް ވެސް ނުޖެހެއެވެ. ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ ބައިވެރިޔާ ނުވަތަ މީހަކު ތިބާ އާއި ޒުވާބުކުރަންފެށީމާ ރައްދުނުދީ، އަޅައިވެސް ނުލައި ހުރުމެވެ. ކުރިން ބުނިހެން ތިބާ ހުރީ ޙައްޤުގައި ކަމަށްވީނަމަވެސް ޒުވާބުކުރުން ހުއްޓާލައި އެތަން ދޫކޮށްދެވެން އޮތްނަމަ އަވަހަށް ދުރަށްދާށެވެ. އެއިރުން ތިބާއަށް އެހޯދުނީ ސުވަރުގެއިން ގަނޑުވަރެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް