އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫނުސްގެފާނު އެންމެ ފުން ކަނޑުގެ އެންމެ އަޑީގައި އިންނަވައިގެން ކުރެއްވެވި ދުޢާ ޢިޖާބަކުރެއްވެވިއިރު ތިބާ ބިންމަތީގައި ހުރެގެން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވަނީ ކީއްވެ؟

ޔޫނުސްގެފާނު އެންމެ ފުން ކަނޑުގެ އެންމެ އަޑީގައި އިންނަވައިގެން ކުރެއްވެވި ދުޢާ ޢިޖާބަކުރެއްވެވިއިރު ތިބާ ބިންމަތީގައި ހުރެގެން ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އަބަދުވެސް ބުނަން މިޖެހެނީ އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެމީހަކު ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުން ކަމަށެވެ. ވީމާ މިވާހަކަވެސް ގިނައިން ދައްކަން އެބަޖެހެއެވެ. ތިމާ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާނަމަ އެމީހާގެ ކިބައިގައި ހުރި އުނި ކަންކަމަށް ފުންކޮށް ވިސްނާށެވެ! އެކަންކަން އިޞްލާޙްކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމާއި އިޚްލާޞްތެރިވުން އިތުރުކުރާށެވެ! އެކަމެއް އެމީހަކަށް ހިންމަވައި ދެއއްވަވާނެތެވެ! އިން ޝާ ﷲ

ކަނޑުގެ އެންމެ އަޑިން ޔޫނުސްގެފާނު ކުރެއްވެވި ދުޢާ 7 ވަނަ އުޑަށް އުފުލިގެންދިއައެވެ. ﷲ ތަޢާލާ ޢިޖާބް ކުރެއްވެވިއެވެ. ވީއިރު އަހަރެމެން ބިންމަތީގައި ﷲ ތަޢާލާއަށް ސަޖިދަކުރަމުން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވްންވީ ކީއްވެގެން ހެއްޔެވެ؟

ހަމައެކަނި އެންމެ ސަބަބެކެވެ. އަހަރެމެންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމާއި އިތުބާރު ކުޑަވުމެވެ. ﷲ ތައާލާއަށް އިޚްލާޞްތެރިވެވޭ މިންވަރުކުޑަވުމެވެ! ކައިބޮއި ހެދޭތަކެތި ޙަލާލު ނުކުރެވުމެވެ. މިހުރިހާ ކަންކަންވެސް ގޮސް މިނިމެނީ އެންމެ ކަމަކާއިއެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވުމެވެ!

ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ކަންބޮޑުވާ މީހާ ޔޫނުސްގެފާނުގެ ދުޢާއަށް ވިސްނާށެވެ! އެއީ އެނގެން އޮތް އޮތުގައި ކަނޑުގެ އެންމެ އަޑިން ﷲ ތަޢާލާއަށް ދެންނެވުނު ދުޢާއެވެ. އެންމެ އަނދިރީގައި އެންމެ ބޮޑު ބަންދުގައި އިނދެގެން ދެންނެވި ދުޢާއެވެ. އެ ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް ފޯރިއެވެ! ޢިޖާބަވެސް ކުރެއްވެވިއެވެ. ވީމާ އެއްވެސް އަޅަކު ﷲ ތަޢާލާއަށް ކުރާ އެއްވެސް ދުޢާއަކަށް އެއްވެސް ހުރަހެއް ނެތްކަން މިކަމުން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދެއެވެ!

--އިސްލާމީ ތިލފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް