އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޑރ. ފައިޞަލްގެ މިއިންޒާރަށް މައިން ހޭލުންތެރިކުރުވަން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ!

ދަރިންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޑރ. ފައިޞަލްގެ މިއިންޒާރަށް މައިން ހޭލުންތެރިކުރުވަން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 22 ސިކުންތު

"އަޅުގަނޑުގެ އަވަށްޓެރިއެކެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނެކެވެ. ވިހަން ދިއައީ އިންޑިއާއަށެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ދަރިފުޅުގެ ފުރާނަ ވަނީ ނުރައްކަލުގައިކަމަށް ބުނުމުން 5 ހޮސްޕިޓަލަށް ދެއްކިއެވެ. ދިނީ ހަމަ އެއް ޖަވާބެކެވެ.

ފިރިމީހާގެ ކިބައިގައި ތަނަވަސްކަން ހުރުމުން ދަރިފުޅު ސަލާމަތްކުރެވޭތޯ ކުރެވެންހުރިނ ހުރިހާ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ދަރިފުޅުގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ވަރަށް ގިނަ މައްސލަތަކާއިއެކު އުފަންވި ދަރިފުޅު ދުނިޔޭގައި އޮތީ އެންމެ 3 ދުވަހުއެވެ.

މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިކަން މިގެނައީ ލިޔުން ކިޔާ މީހުންގެ ތެރެއިން އެންމެ މީހަކަށް ނަމަވެސް ފައިދާކޮށްފާނެ ކަމަށެވެ."

މިއީމިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުއްވާފައިވާ ކުރުކުރު އެހެން ނަމަވެސް ވަރަށް މުހިންމު ލިޔުންކޮޅެކެވެ.

މަސްތުވާ ތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމުގެ ނަމުގައި ސަރުކާރުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިނަމަވެސް ބޭނުންކުރާ މީހުންގެ ޢަދަދު މަދުނުވާކަމާއި ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންކަން އެއީ ފެންނަން އޮތަ ޙަޤީޤަތެކެވެ.

އަދިވެސް ހާމަކޮށްލަން އޮތީ އޮތީ ހަމަ ޑރ. ފައިޞަލްގެ އިންޒާރުގެ ބަސްފުޅެކެވެ. އެކޮމެންޓާއި ގުޅިގެން މިއަދުނޫހުން ބުނި ބަހެވެ. އެއީ މީގެ 2 އަހަރު ކުރިއެވެ. އަދިވެސް ކަންކަން އޮތްޙާލަތަކީ ހަމަމިއީއެވެ. އައި ހަމައެކަނި ބަދަލަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވުމެވެ.

މަސްތުވާ ތަކެތިން ރާއްޖެ ސަލާމަތްވާން އެބަޖެހޭ!

"އެތަކެތީގެ ޝިކާރައަށްވާ މައިން ގިނަވެ، އެމައިންގެދަރިން ވިހައިގެން "ވިތްޑުރޯލް" އައިސް ފަރުވާދޭން ޖެހޭ ތުއްތުކުދިން އަންނަނީ ގިނަވަމުން! އަދި އެފަދަމައިން މާބަނޑުއިރު ސިއްހީގޮތުން ހޯދަންޖެހޭ ފަރުތައް ހޯދުމަކަށްވެސް ނުއުޅޭ!" ޑރ. ފައިޞަލް

ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. ފައިޞަލް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު މަސްތުވާތަކެތި ބޭނުންކުރުމަކީ ކުށެއް ނޫންކަމަށް ޤާނޫނު ފާސްކޮށް މަސްތުވާތަކެތިން ޤައުމު ފުރާލަން މަގުފަހިކޮށްދިން މަޖިލިސް އަދިވެސް އޮތީ އެކަމަށް ހިތްވަރުދިނުމުގައި ކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ!

</p>&mdash; Ahmed Faisal (@Faisalnaifaru) <a href="https://twitter.com/Faisalnaifaru/status/1322740485123788800?ref_src=twsrc%5Etfw">November 1, 2020</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް