އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންބޮޑުވުންތަކުން ސަލާމަތްވުމަށް މިފަދައިން އިޤްރާރްވާށެވެ! ޢަދާވާތްތެރިންނަށް ވައިވެސް ނުއެޅެވޭނެއެވެ! އިން ޝާ ﷲ

ކަންބޮޑުވުންތަކުން ސަލާމަތްވުމަށް މިފަދައިން އިޤްރާރްވާށެވެ! ޢަދާވާތްތެރިންނަށް ވައިވެސް ނުއެޅެވޭނެއެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ކަންބޮޑުވާންޖެހޭ ކަންކަން މެދުވެރިވާނެއެވެ. އެއީ ވަކިމީހަކަށް އޮތް ކަމެއް ނޫނެވެ. ދުނިޔޭގައި އުޅޭ އެންމެންނަށްވެސް އޮތް ކަމެކެވެ. 

ކަންބޮޑުވާންޖެހޭ ކަންކަން މެދުވެރިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމުގައިވީނަމަވެސް އަދި މީހުންގެ ކިބައިން ކަމަށްވާނަމަވެސް އެކަމުގެ ޙައްލު އޮންނާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. 

ވީމާ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ. ﷲ ތަޢާލާ ދެއްވެވި ކަމެއްގައި ދެއްވެވި މިންވަރަކަށް މެނުވީއެވެ. 

ކަންބޮޑުވުން މެދުވެރިވަނީ ކޮންމެ ފަރާތަކުންނަމަވެސް، ކޮންމެ ގޮތަކުން ނަމަވެސް ތިބާކުރަން އޮތް ކަމަކީ لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللهِ ޛިކުރުކުރުން ގިނަކުރުމެވެ. 

އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމުގައިވާއިރު އެކަން ހިތްމައްޗަށް ގެނެސް އެކަމަށް އިޢްތިރާފްވުމަށެވެ. އެއްވެސް މީހަކަށް އެއްވެސް ބާރެއް ލިބިގެން ނުވާކަމުގެ ޔަޤީންކަން އެބައޮތްކަން ހާމަކުރުމަށެވެ. އެކަންކަމަށް އިޤްރާރުވުމަށެވެ. 

ނަތީޖާއަކަށްވާނީ ﷲ ތައާލާ ތިބާ މަތިވެރިކުރެއްވެވުމެވެ. ތިބާއަށް ދެރަދޭން އުޅޭ މީހުންގެ ކިބައިންތިބާއަށް ނަޞްރު ލިބުމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް