އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިންކަމުގައިވިޔަސް އެއްދާން ކުރުމުގަ ޙަރާމް ކަންތައްތަކެއް ވެއެވެ! ދަސްކުރާށެވެ!

ދެމަފިރިންކަމުގައިވިޔަސް އެއްދާން ކުރުމުގަ ޙަރާމް ކަންތައްތަކެއް ވެއެވެ! ދަސްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ދެމަފިރިން ކަމުގައިވިޔަސް އެއްދާންކުރުމުގައި ހުއްދަ ނޫން ކަންތައްތަކެއް ވެއެވެ. އެއިގެ ތެރެއިން ޙައިޟް، ނިފާސްކަމުގެ ދުވަސްވަރުގައި ޖިމާޢުވުމާއި ލިވާޠުކުރުމަކީ ކަނޑައެޅި ބަޔާންވެގެންވާ ޙަރާމް ކަންކަމެވެ. 

މީގެ އިތުރުންވެސް ޢިލްމުވެރިން މަނާކުރައްވަވައި ޙަރާމް ކަމުގެ ދަރަޖަދެއްވާފައިވާ ބައެއް ކަންކަން އެބަހުއްޓެވެ. އެއީ އޯގާތެރިކަމެއް ނެތި ހަރުކަށިކަމާއިއެކު ޢަމަލުކުރުމެވެ. މުސްލިމުންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް އޯގާތެރިވާންޖެހޭނެ ބައެކެވެ. ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. 

އެކެއްގެ އަތްފައި ބަނދެ ހެދުން ފަދަ ކަންކަން ކޮށްގެންވެސް ގުޅުން ނުހިންގާށެވެ. އެއީ އެކަމުގެ ސަބަބުން އަނެކާއަށް އަނިޔާލިބޭނެ ކިތަންމެ ކަމެއް މެދުވެރިވާނެތީއެވެ. ހަމަ އެއާއިއެކު ނުބައިބަސްތައް ނުބުނާށެވެ. ބަސްމަގު ރިވެތިކުރާށެވެ. 

ހަމަ އެއާއިއެކު އެކެއް އަނެކެއްގެ ކިބައިން އުފާލިބިގަންނަންވީ އެކަމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ގުނަވަންތަކުންނެވެ. އެނޫން ގޮތްގޮތުން އުފާހޯދުމަކީ ދެމަފިރިންގެ ގުޅުމަށްވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައްކުރާ ކަމެކެވެ. 

މިފަދަ ޢަމަލުތައް ކުރުން ޢާންމުވަމުން މިއަންނަނީ ބެލޭ ވީޑިއޯތަކުގެ ސަބަބުންނެވެ. ބައަކު ކުރާހައި ގޮތަކަށް ކަންކަން ކުރަން އެދެވެނީ އެވެ. ތަޖުރިބާ ކޮށްލަން ބޭނުންވަނީއެވެ. އެހެން ނުހަދާށެވެ. ފުރަތަމަ ކަމަކަށް ދެމަފިރިން އެކުގައި ތިބެގެންވެސް އެފަދަ ވީޑިއޯތަކާއި ފޮޓޯތައް ނުބަލާށެވެ. ވީޑިއޯއަކުން ނަމަވެސް ފޮޓޯއަކުންނަމަވެސް އެހެން ގޮތަކުންނަމަވެސް އެހެން މީހުންގެ އަޢުރައަށް ބެލުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. 

މިފަދަ ވާހަކަދެއްކީމާ ތިއައީ ދީނީ ވާހަކަތޯ ސުވާލުވެސް ކުރެއެވެ. އެހެންވެ ޖަވާބުވެސް ދޭނަމެވެ. މިއީ ހަމަ ދީނީ ވާހަކަތަކެވެ. ދީނުގައި އޮތް މަގުން ޙަރާމް ޙަލާލް އުނގަންނައިދޭންޖެހެއެވެ. އެކަންކުރަން ގިނަ މައިންބަފައިންނަށް ފަސޭހައެއް ނޫނެވެ. ޢިލްމުވެރިންނާއި ސުވާލުކުރަންވެސް ފަސޭހައެއް ނޫނެވެ. އެހެންވެ ބޮޑުވެ ކައިވެނިކުރާއިރުވެސް ގިނަ ދަރިންނަކަށް އެކަންކަމެއް ނުއެނގެއެވެ. ނުއެނގުނީމާ، ނުއެނގިތިބެ ޙަރާމްކަންކަން ކުރެވެނީއެވެ. އެކަންކަމުން ސަލާމަތްކުރެވޭނީ ކިޔައިދީގެންނެވެ.

 

(މިއީ "ވަން އިސްލާމް" ޖަމާޢަތުން އުފައްދައި ޢާންމުކޮށްފައިވާ ވީޑިއޯއެއްގެ ޚުލާޞާ ތަރުޖަމާއެކެވެ.) 

އާރޓިކަލް ރޭޓްކުރައްވާ


28%
ވ.ރަނގަޅު
0%
ރަނގަޅު
14%
އޯކޭ
57%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް