އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމާލުކަންދޭންޖެހޭ ކަމެއް! ވުޟޫކޮށްގެން ހުރެ އަނބިމީހާގެ ގައިގަ އަތްލެވުމާ އަތްލުމަކީ ތަފާތު ދެކަމެއް!

ސަމާލުކަންދޭންޖެހޭ ކަމެއް! ވުޟޫކޮށްގެން ހުރެ އަނބިމީހާގެ ގައިގަ އަތްލެވުމާ އަތްލުމަކީ ތަފާތު ދެކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ވުޟޫކޮށްގެން ހުރެ އަނބިމީހާގެ ގައިގައި އަތްލެވުމުންނާއި އަތްލުމުން ވުޟޫ ގެއްލޭނެ ކަމާއިމެދު ގިނަ ބއަކު ވާހަކަދައްކައެވެ. މިކަމުގައި ދެބައެއް ވެއެވެ.

ފުރަތަމަ ބައަކީ އަނބިމީހާގެ ގައިގަ އަތްލެވުނަމަވެސް ވުޟޫ ނުގެއްލޭނެކަމެވެ. އެހެނީ ރަސޫލާ ﷺ ވުޟޫމަތީގައި ހުންނަވައިގެން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ބޮސް ދެއްވުމަށްފަހު ވުޟޫ ނުކުރައްވާ ނަމާދަށް ނުކުމެވަޑައިގަންނަވާކަން ޢައިޝަތުގެފާނުގެ ބަސްފުޅުން އެނގެން އެބައޮތެވެ!

Aisha reported: The Prophet, peace and blessings be upon him, kissed some of his wives and then left for prayer without renewing ablution. ‘Urwah said, “Who was she if not you?” And Aisha laughed. Al-Tirmidhi said, “It is the opinion of Sufyan al-Thawri and the people of Kufa that there is no obligatory ablution after kissing.” Source: Sunan al-Tirmidhī 86

ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ކަންކުރި ނިޔަތެވެ. އެފަދަ ވަގުތެއްގައި ފާހިޝް އެދުމެއް ހިތްމައްޗަށް ނުގެނައުމެވެ.

އިތުރު މިސާލެއް ބުނެފާނަމެވެ. ވުޟޫކޮށްގެން ނަމާދަށް ދާން ނުކުތްއިރު އަނބިމީހާގެ ފައި އަކުނިވައަށް ދެމުން ނުވަތަ އެނޫންވެސް އެހީތެރިކަމަށް ބޭނުންވެފައިވާ ޙާލަތެއްގައި ވަނިކޮށް ފެނިއްޖެނަމަ އެހީތެރިވެދިނުމުގެ ގޮތުން ގައިގައި އަތްލުމަކީ ކުރެވިދާނެކަމެކެވެ. ބޮސް ދިނުމުން ވުޟޫ ނުގެއްލުނުއިރު އެކަމުންވެސް ވުޟޫ ނުގެއްލޭނެއެވެ. ނަމަވެސް މިކަމުގައި ވެސް ބުރަވާންޖެހޭނީ ނިޔަތުގެ މައްޗަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް