އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދުވަހަކު މަދުވެގެން ފެންބޯންޖެހޭވަރަށް ފެންބުއިމުން ލިބޭ ބައެއް ފައިދާތަކާ ކޮންމެހެން ކާންޖެހޭ ބައެއް ކާނާ-

ކޮންމެ ދުވަހަކު މަދުވެގެން ފެންބޯންޖެހޭވަރަށް ފެންބުއިމުން ލިބޭ ބައެއް ފައިދާތަކާ ކޮންމެހެން ކާންޖެހޭ ބައެއް ކާނާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

އިންސާނާގެ ބަރުދަނުގެ %60 އެކުލެވިގެންވަނީ ފެނުގެ މައްޗަށެވެ. ފެނާ ނުލައި އިންސާނަކަށް ދިރިހުރެވޭނީ 3-5 ވަރަކަށް ދުވަހުއެވެ. ހަށިގަނޑުގެ ބޮޑެތި އެންމެހައި ނިޒާމުތަކުގެ މަސައްކަތްތައް ބިނާވެފައިވަނީ ފެނުގެ މައްޗަށެވެ. ތިރީގައި މިދަންނަވައިލަނީ ހަށިގަނޑުގައި ފެން އަދާކުރާ މުހިންމު ދައުރުތަކަށެވެ.

•    ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓް ކުރުމަށް އެހީތެރިވުން

•    ލޮލާއި، ނޭފަތާއި، އަނގައިގެ ޓިޝޫތައް ތެތްކަންމަތީ ދެމެހެއްޓުން

•    ހަށިގަނޑުގެ ގުނަވަންތަކާއި، ޓިޝޫތައް ރައްކާތެރިކޮށްދިނުން

•    ސެލްތަކަށް ބޭނުންވާނެ ކާނާ އާއި އޮކްސިޖަން ފޯރުކޮށްދިނުން

•    ހުޅުތައް ލުބްރިކޭޓްކޮށްދިނުން (ލޮނދިހިކުނަ ނުދީ ހިފެހެއްޓުން)

•    ލިވާ އަދި ކިޑްނީ މެދުވެރިކޮށް ހަށިގަނޑުގައި އުފައްދާ ބޭކާރު މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދިނުން

ކޮންމެ ދުވަހަކު އިންސާނާގެ ހަށިގަނޑުން 8 -12 ތަށި ފެން ބޭރުވެއެވެ. އެއީ ދަލުގެ ގޮތުގަޔާއި، ނޭވާލުމުގެ ޒަރީއާއިންނާއި، ކުޑަކަމުދާތަކެއްޗާއި ބޮޑުކަމުދާތަކެއްޗާއި އެނޫންވެސް ގޮތްގޮތުންނެވެ. އާންމުކޮށް ޞިއްޙަތު ސަލާމަތުން ހުންނަ ފިރިހެނަކު ކޮންމެ ދުވަހަކު 12 ތަށިފެން ބޯންޖެހެއެވެ. އަންހެނަކު މަދުވެގެން 8 ތަށިފެން ބޯންޖެހެއެވެ. ކަސްރަތުކުރުމާއި، ތަފާތު ކުޅިވަރުތައް ކުޅުމާއި، ހޫނުގަދަ ހިސާބުތަކުގައި ދިރިއުޅޭ މީހުން ފެންބޯންޖެހޭ މިންވަރު އިތުރުކުރަން ޖެހެއެވެ. 

އެންޓި އޮކްސިޑެންޓަކީ، ހަށިގަނޑުގެ ސެލްތަކަށް ނުރައްކާތެރި އެއްޗެއްކަމުގައިވާ ފްރީ ރެޑިކަލްތައް ނައްތައިލުމަށް އެހީތެރިވެދޭ އެއްޗެކެވެ.  ފްރީރެޑިކަލް އުފެދެނީ ކާތަކެތި ހަޖަމުވެގެން ދާއިރުގައްޔާއި، ދުންފަތުގެ ދުމުންނާއި، ރޭޑިއޭޝަންގެ ސަބަބުންނެވެ. އެންޓިއޮކްސިޑެންޓަކީ ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ލޭ ހޮޅިތަކުގައި ސަރުބީ ޖެހުމުން ދުރުކޮށް، ލޭހޮޅިތަކުން ފެސޭހައިން ލޭ ދައުރުކުރުމަށް އެހީތެރިވެދެއެވެ. 

ވިޓަމިން ސީ އާއި ވިޓަމިން އީ އަދި ކެރޮޓީނޮއިޑްސްއަކީ ފްރީރެޑިކަލްތަކުގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭ ބާވަތްތަކެވެ. މި ބާވަތްތައް ހިމެނޭ ކާނާގެ ތެރޭގައި، އަލުވި، ކެރެޓް، ސްޕިނެޗް، ބްރޮކޮލީ، ކެބެޖް، ބީޓްރޫޓް، ރެޑިޝް، ލެޓިއުސް، ބަރަބޯ އަދި ކައްޓަލަ ފަދަ ތެކެތި ހިމެނެއެވެ. ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓް ހޯދުމަށްޓަކައި، ކެއިން ބުއިމުގައި ވީހާވެސް ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމެނިދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް