އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަޖައިބެއްފަދަ މިމީހަކީ ކާކުކަން ވިދާޅުވެގެން ބީޓްރޫޓް ކެފޭއިން 4 ބޭފުޅަކަށް ފަރިއްކުޅުއްވުމުގެ ފުރުޞަތު މުޅިން ހިލޭ!

ޢަޖައިބެއްފަދަ މިމީހަކީ ކާކުކަން ވިދާޅުވެގެން ބީޓްރޫޓް ކެފޭއިން 4 ބޭފުޅަކަށް ފަރިއްކުޅުއްވުމުގެ ފުރުޞަތު މުޅިން ހިލޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އޭނާއާއި ބައްދަލުވާން އުޅޭކަން އެނގުނީންސުރެ އޭނާގެ ސަބަބުން ދަނީ ތަކްލީފްތައް ޖެހެމުންނެވެ. ދުވަހެއް ދުވަހަކަށް އެތަކްލީފްތައް ބޮޑުވެ ގައިގައި ވޭން އެޅުން އިތުރުވެ ހިނގައި ނުއުޅެވޭ ޙާލަތަށްވެސް ކަންކަން ދެއެވެ. އަދި ރޭގަނޑުގެ ނިދިން މަޙްރޫމްވެގެންވެސް އޮންނަން ޖެހެއެވެ. ތަފާތު ސަބަބުތައް މެދުވެރިވާތީ ނުކައި ނުބޮއިވެސް އުޅެން ޖެހެއެވެ. 

އަދި މިވަރުން ނިމެނީއެއްވެސް ނޫނެވެ. އޭނާއާއި ބައްދަލުވާ ވަޤުތަކީ އިންސާނެއްގެ ގައިގައި މިދުނިޔެމަތީގައި އަޅާނެ އެންމެ ގަދަވޭން އަޅާނެ ވަޤުތެވެ. އަދި އެވަޤުތަކީ ގައިން އެތައް ބައިވަރު ލޭތަކެއް އޮހޮރިގެންދާނެ ވަޤުތެއްވެސްމެއެވެ. އެލޭ އޮހޮރުން އެތައް ދުވަހަކަށް ދިގުދެމިގެންވެސް ހިނގައިދާނެއެވެ. އަދި އެވަރުންވެސް ފުދެނީއެއް ނޫންވެ. ބައްދަލުވާ ހިނދުން ފެށިގެން އެތައް އަހަރަކަށް އޭނާގެ ތަކްލީފްތައް އުފުލަންޖެހޭނެކަންވެސް އެނގެއެވެ.

އަހުރެން ކުރަން މިއުޅޭ ސުވާލަކީ މިކިޔައިދިންކަންކަން މިހެންހުރިއިރު، އަދި އެކަންކަން ތިމާއަށް ކުރިމަތިވާނެކަން ޔަޤީންކުރެވޭއިރު، އެމީހަކަށްޓަކައި އަބަދު ހެޔޮދުޢާކުރަމުން އެމީހަކާއި ބައްދަލުކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟ އެމީހަކާއި ބައްދަލުކޮށް މަރުޙަބާ ކިޔަން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާނީ ކާކުހެއްޔެވެ؟ 

މިބަޔާންކުރެވުނީ ކާކުކަން ކިޔުންތެރިން ވިދާޅުވެދެއްވާށެވެ! ލިޔުން ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް، މަޑިހާ ކޮމްޕެނީން އާހާބަރުގައި ހިންގާ ބީޓްރޫޓް ކެފޭއިން 2 ބޭފުޅެއްގެ ރޭގަނޑުގެ ފަރިއްކޮޅަކަށް ފުރުޞަތު ލިބިވަޑައިގެންނަވާނެއެވެ. (2 ބޭފުޅުން ފަރިއްކުޅުއްވުމުގެ ފުރުޞަތު ހޮވޭ 1 ކިޔުންތެރިއަކަށް)

ބީޓްރޫޓް ކެފޭއަކީ ރަހަމީރު، ފެންވަރު ރަގަޅު ފަރިއްކޮޅުތައް ތައްޔާރުކޮށް ކޮންމެ ދުވަހަކުވެސް ޚިދުމަތްދޭ ތަނެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް