އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ހުރިހާ ފިހާރަތަކުގަ އެއްފަހަރާ ކިތަންމެ ބޮޑު ސޭލެއް އެޅުވިނަމަވެސް އަރައި ހަމަނުކުރެވޭނެ ވަރުގެ ބޮޑުސޭލަށް އެބަ ތައްޔާރުވަމުހެއްޔެވެ؟

ދުނިޔޭގެ ހުރިހާ ފިހާރަތަކުގަ އެއްފަހަރާ ކިތަންމެ ބޮޑު ސޭލެއް އެޅުވިނަމަވެސް އަރައި ހަމަނުކުރެވޭނެ ވަރުގެ ބޮޑުސޭލަށް އެބަ ތައްޔާރުވަމުހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ބައެއް ބޮޑެތި ފިހާރަތަކުން ސޭލް އެޅުމުގެ މާކުރިން މިވެނި ދުވަސްވަރެއްގައި ސޭލް އަޅުވާނެކަމާއި މިވެނި އެވެނި ޢަދަދުތަކުން ބޮޑެތި ޑިސްކައުންޓްތައްދީގެން ވަރަށް ހެޔޮ އަގުގައި ތަކެތި ވިއްކާނެކަން މާކުރިން އިޢުލާނުކުރެއެވެ. އެކަން އިޢުލާނުކުރުމުން އެސޭލުން ގިނަ މުދައި ހެޔޮ އަގުގައި ގަތުމަށް ކުރިއާލައި ތައްޔާރުވަމުއެވެ. ފައިސާ ޖަމާކުރަމުއެވެ. އެސޭލް އެޅުވުމުން ވީހައި ގިނަ މުދައި ގަނެފައި އެހައި ގިނަ މުދައި އެހައި ހެޔޮ އަގުގައި ގަނެވުނީތީ ފަޚުރުވެރިވެސްވަމުއެވެ. 

ދުނިޔޭގެ ހުރިހާ ފިހާރަތަކަކުން އެއްފަހަރާ ކިތަންމެ ބޮޑު ސޭލެއް އުޅުވިނަމަވެސް އަރައި ހަމަނުކުރެވޭނެ މިއަހަރުގެ މާބޮޑު ސޭލް ދާދި އަވަހަށް އަހަރެމެންނާއި ބައްދަލުކުރާނެއެވެ. އެއީ ބަރަކާތުން ފުރިގެންވާ ރަމަޟާން މަހެވެ. އެމަހަކީ އެމަހުގައި ކުރާ އަޅުކަމަށް އިމެއް ނެތި ޘަވާބު ދެއްވަވާ މައްސަރެވެ. ހިފާ ރޯދައަށް ޘަވާބު ދެއްވަވާނެވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ސުވާލަކީ މުޅި ދުނިޔެއާއި ނުބައްދަލު އެ ބިޔަބޮޑު ސޭލަށް ތިބާ އެބަ ތައްޔާރުވަމުހެއްޔެވެ؟ 

ސުންނަތް ރޯދަ އެބަހިފަމުހެއްޔެވެ؟ އެންމެ ކުޑަމިނުން ވިތުރި އެބަ ކުރަމުހެއްޔެވެ؟ ކީރިތި ޤުރްއާނުން ދުވާލަކު އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވަން ފަށައިފިން ހެއްޔެވެ؟ 

ދެން އޮތް އަނެއްކަމަކީ ފައިސާ ޖަމާކުރުމެވެ. ރަމަޟާން މަހު ޞަދަޤާތްދޭން އެއްވެސް ފައިސާއެއް އެބަ ޖަމާކުރަމުހެއްޔެވެ؟ މީސްތަކުންނޭވެ! ދުވާލަކު އެއްއިރު ކައިގެން ތިބެ ނަމަވެސް ރަމަމާން މަގު ކިތަންމެ ކުޑަ ޞަދަޤާތެއްކޮށްލަން ނަމަވެސް އެއްޗެއް ޖަމާކުރެވޭތޯ ބަލާށެވެ.  

މީސްތަކުންނޭވެ! "ރަމަޟާން މަސް އެމީހަކާއި ބައްދަލުކޮށް އެމީހާގެ ފާފަތައް ފުއްސަވައި ނުދެއްވެވި މީހާއަށް ހަލާކުހުރި (އެމީހަކީ ގެއްލެނިވެގެންވާ މީހެއް)" ކަމަށް ރަސޫލް އާމީން ވިދާޅުވިކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ. އެކަމަށް މަސައްކަތްކުރަންވީ ރަމަމާން މަސް ފެށުމަކުން ނޫނެވެ. މިހާރުންސުރެ ފެށިގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް