އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިން ޝަކުވާކުރަނީ އަނބިން އަބަދުގަ ފޯނުގަ ތިބޭތީ! އަނބިން ޝަކުވާކުރަނީ ފިރިން އަބަދު ފޯނުގަ ތިބޭތީ! ޙައްލަކީ ކޮބާ|؟

ފިރިން ޝަކުވާކުރަނީ އަނބިން އަބަދުގަ ފޯނުގަ ތިބޭތީ! އަނބިން ޝަކުވާކުރަނީ ފިރިން އަބަދު ފޯނުގަ ތިބޭތީ! ޙައްލަކީ ކޮބާ|؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 46 ސިކުންތު

"މުޅި ދުވަހު މަސައްކަތްކޮށްފައި ގެއަށް ދިއުމުންވެސް އަނބިމީހާ ސަމާލުކަމެއް ނުދެއެވެ. އިންނަނީ ފޯނުގައެވެ. ކާންހެދުމުން ގޮސް ކާންއިންނައިރު ކުރިމަތީގައި އިނދެގެންވެސް ކުރާކަމަކީ ފޯނާއި ކުޅުމެވެ. އެއްޗެއް ބުނެފިނަމަ ކުށްވެރިވަނީ އަޅުގަނޑެވެ. ސުވާލަކީ މިއީ އެކުގައި އުލެވިދާނެ ގޮތެއް ހެއްޔެވެ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ބޮޑު މައްސަލައެކެވެ. އަނބިން ަކްނބޮޑުވެގެން އުޅެނީ ފިރިމީހާ ފޯނުން އަތްދޫނުކޮށްގެންނެވެ. އެގޭ ކަމަކީ މިއީ ދެމަފިރިން މަޝްވަރާކޮށްގެން ޙައްލުހޯދަންޖެހިފައިވާ ކަމެއް ކަމެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.  

"ކައިވެނިކުރީ ދެމީހުން އެކުގައި ކޮންމެ ދުވަހަކު އެތައް ގަޑިއިރެއްވަންދެން ވާހަކަދެއްކުމަށްފަހުގައެވެ. ކައިވެނިކުރިއިރު ދެމީހުންނަށްވެސް ބުނެވެމުން އައީ ކައިވެނިކުރުމުން ވާހަކަދައްކަން އެކުގައި މާގިނަ ވަޤުތު ހޭދަކުރެވޭނެ ކަމަށެވެ. އަދި ދެމީހުންވެސް ތިބީ އެކަމަށް ވަރަށް ބޮޑަށް އުންމީދުވެސްކޮށްގެންނެވެ. 

ނަމަވެސް ކައިވެނީގެ ފުރަތަމަ 2 މަހެއްހައި ދުވަހަށްފަހު ފިރިމީހާ ވަނީ ބަދަލުވެފައެވެ. މަސައްކަތް ނިމިގެން އައިސް ގެއަށް ވަނުމަށްފަހު އަބަދުހެން އިންނަނީ ފޯނުގައެވެ. އެއިން ކޮންމެވެސް ކަމެއް ކުރާށެވެ. ނިދަން އަރާފައިވެސް އޮންނަނީ ފޯނުން ކޮންމެވެސް ކަމެއް ކުރާށެވެ. އަނގައިން ބުނި ނަމަވެސް ޖަވާބުގައި ބުނާނީ އިރުކޮޅަކު މަޑުކޮށްލުމަށެވެ. މަޑުކޮށްލައިގެން އޮއްވައި އަޅުގަނޑަށް ނިދޭއިރުވެސް ފޯނުން އަތްދޫކޮށްލައި އަޅުގަނޑަށް ސަމާލުކަން ދެވޭ ކަމަކަށް ނުވެއެވެ.  

މިޙާލަތުގައި އެކުގައި ދިރިއުޅެން ވަރަށް އުނދގޫވާހިސާބަށް ކަންކަން ހިނގައްޖެއެވެ. އާދޭސްކޮށްކޮށްވެސް އެކަން އިޞްލާޙެއް ނުކުރިއެވެ. އެހެންވީމާ އަޅުގަނޑު ވަރިވާން ކޯޓަށް ދިއުމަކީ ކުރެވޭ ކުށަކަށްވާނެތޯއެވެ؟"  

ކިޔުންތެރިޔާއަށް ފުރަތަމަ މިގެނެސްދެނީ މުފްތީ މެންކުގެ ބަސްކޮޅެކެވެ.  

"ދެމަފިރިން ކައިވެނިކުރުމަށްފަހު އެކުގައި ހޭދަކުރަން ލިބޭ ވަޤުތުކޮޅު ފޯނުގައި ހޭދަކުރާނަމަ އަނެކާއަށް ދެވޭނީ ކޮންވަޤުތެއް ހެއްޔެވެ؟ ދުވާލު ހަތަރުދަމު ތިބާއަށް އިންތިޒާރުކުރި އަނބިދަރިންނަށް ވަޤުތުނުދީ ފޯނުގައި ވަޤުތުތައް ހޭދަކުރާނަމަ އެކުރެވެނީ ފާފައެކެވެ. އަދި އެއީ ޒިންމާދާރު ފިރިހެނަކު ކަންކަން ކުރާނެ ގޮތެއް ނޫނެވެ.  

ހަމައެއާއިއެކު ފިރިމީހާ ގެއަށް ވަނުމުން އަނބިންވެސް ފޯނުން އަތްދޫކޮށްލަންވާނެއެވެ. ކޮންމެހެން ކުރަންޖެހޭ ބޭނުމެއް ނޫނީ ފޯނުންކުރަން ވަޤުތު ހޭދަކޮށްގެން ނުވާނެއެވެ. އަދި ދެމަފިރިން އެކުގައި ހޭދަކުރާ ވަޤުތުތަކުގައި އެކަކު އަނެކަކަށް ސިއްރުން ފޯނުބޭނުންކޮށްގެންވެސް ނުވާނެއެވެ. މިފަދަ ކޮންމެ ކަމަކުންވެސް ނުކުންނާނީ ނުރަނގަޅު ނަތީޖާއެވެ. 

ފިރިހެނުންނަށް ބުނެލަން އޮތީ އަނބިންނަށް ވަޤުތުނުދީ ފޯނަށް ވަޤުތުދޭން މީހަކާ ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟ ފޯނަކާއި ކައިވެނިނުކުރީ ކީއްކުރަން ހެއްޔެވެ؟ މީހެއްގެ ދަރިއަކަށް އަނިޔާކުރަން ހެއްޔެވެ؟" 

ކޮންމެއަކަސް ދެމީހުން ވަކިވުން ހަދަން ޖެހޭނީ އެންމެ ފަހުން ކުރަން އޮތް ކަންތަކަށެވެ. ވަރިވާން ހުށަހެޅުމުގެ ކުރިން ހެޔޮލަފާ މީހުންނާއި ޢިލްމުވެރިންނާއިވެސް މަޝްވަރާކޮށްލާށެވެ. އަދި އިސްތިޚާރާވެސް ކުރަްނވާނެއެވެ.  

ތިރީގައި އެވަނީ ހަމަ ތިއަފަދަ ޙާލުގައި އުޅެންޖެހުނު އަނހެނެއްގެ އިޙްޞާޞްތަކެކެވެ. ވީމާ މިއީ މުޖުތަމަޢުގައި މިހާރު އޮތް ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރެވެއެވެ.  

އަހަރެމެން ދެމަފިރިންވެސް ނިޞްބަތްވަނީ ހަމަ މާލެ އަތޮޅު ރަށަކަށެވެ. އަހަރެންގެ ފިރިމީހާ ވަޒީފާ އަދާކުރަނީ މާލޭގައެވެ. އަހަރެންގެ ގާތަށް އާދެވެނީ ގިނަވެގެން އަހަރަކު 3 ފަހަރުއެވެ. އާދެވޭ ކޮންމެ ފަހަރަކުވެސް ހޭދަކުރެވެނީ 5،7 ދުވަހެވެ.  

ފިރިމީހާއަށް ރަށަށް އާދެވޭ ކަމުގެ ޚަބަރަކީ އަހަރެންނަށް ލިބޭ އެންމެ އުފާވެރި ޚަބަރެވެ. ކެތްތެރިކަމެއް ނެތި އެދުވަހަށް އިންތިޒާރުކުރަމެވެ. އަންނަ ދުވަހުގެ އެ ވަގުތަށް ފެންވަރައި އަތުގައި އޮންނަ އެންމެ ރީތި ހެދުންވެސް ލަމެވެ. އަދި އެރޭގެ ނިދުމުގެ ވަގުތައް ވަކިން ފުރިހަމައަށް ފެންވަރައި ތައްޔާރުވަމެވެ.  

ނިދަނީ 8 ފޫޓު ހުރި ބޮޑު އެނދެއްގައެވެ. އެނދުގައި އޮށޯވެވުމާއިއެކު އަހަރެންގެ ހުރިހާ ސަމާލުކަމެއް ދެނ ފިރިމީހާ އަހަރެންނަށް ސަމާލުކަން ދޭނެ ވަގުތަކަށެވެ. ނަމަވެސް ފިރިމީހާ އޮށޯތުމާއިއެކު ސަމާލުކަން ދެނީ ފޯނަށެވެ. ގިނަ ރޭރޭ ނިދެނީ އެކަމާއި ހިތްދަތިވެ ހިތުން ރޮވެމުންދަނިކޮށެވެ.  

އަހަރެން އޮންނަނީ އަހަރެންގެ ހުރިހާ ސަމާލުކަމެއް ފިރިމީހާއަށް ދީގެން އޭނާގެ އިންތިޒާރުގައިކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ. ބައެއް ފަހަރު ކެތްނުކުރެވިގެން ގޮވައިވެސްލަމެވެ. ވާހަކަދައްކަން ފަށަން މަސައްކަތްވެސް ކުރަމެވެ. ފިރިމީހާގެ ޖަވާބަކަށްވަނީ "މިބާއްވަނީ!" އެވެ. އެކަމަކުވެސް ބޭއްވޭތަނެއް ނާދެއެވެ.  

އަހަރެން ކުރަން ބޭނުންވާ ސުވާލަކީ އަނބިމީހާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާއިރު އެކަން އެނގިހުރެމެ ރޮއްވާފައި  ފޯނާއިއެކު ވަގުތު ހޭދަކުރާ ފިރިއަކާއެކުގައި ދިރިއުޅެވޭނީ ކާކަކަށްހެއްޔެވެ؟ މިހާލަތުގައިވެސް ޖެހޭނީ ހަމަ ކެތްތެރިވާން ހެއްޔެވެ؟ ޔަޤީންވާ ކަމަކީ ފިރިމީހާ އަހަރެންނަށް ސަމާލުކަން ދޭން ނުޖެހޭނެ ކިތަންމެ ކުޑަކަމެއްވެސް ދިރިއުޅުމުގައި ހ=މެދުވެރިވެފައި ނެތްކަމެވެ. ފިރިމީހާ އެފަދަ ޝަކުވާއެއް ކޮށްފައި ވެސް ނެތް ކަމެވެ.  

މިއަދުނޫހަކީ ޒަވާޖީ ޙަޔާތާއިބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ޝާއިޢުކުރާ ނޫހަކަށްވާއިރު އެލިޔުންތައް ކިޔާ އަހަރެން ފަދަ ކިޔުން ތެރިންގެ ކިބައިން މިއެދެނީ މިކަމަށް ޙައްލެއް ލިބިދާނެ ކަމަށް ފެންނަ ގޮތެއް ބުނެދިނުމަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް