އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު ވަރަށް އަވަސްކޮށްލާނެ ކަމަށް ބުނުމަކީވެސް އަވަސްއަވަސްކޮށްލުމަކީވެސް ހެދޭ ވަރަށް ބޮޑު ގޯހެއް!: މުފްތީ މެންކް

ނަމާދު ވަރަށް އަވަސްކޮށްލާނެ ކަމަށް ބުނުމަކީވެސް އަވަސްއަވަސްކޮށްލުމަކީވެސް ހެދޭ ވަރަށް ބޮޑު ގޯހެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

އޮފީހުގައިވިޔަސް ގޭގައިވިޔަސް އަދި ކޮންމެ ތަނެއްގައިވިޔަސް ނަމާދު ވަޤުތު ޖެހުމުން ފުރަތަމަކަމަކަށް އޮތީ ނަމާދުކުރުމެވެ. އެއިރު ކުރަމުން އައި ކަންކަން ކުރުން މަޑުޖައްށާލާފައިވެސް އޮތީ ނަމާދުކުރުމެވެ.  

ފުރަތަމަ ކަމަކީ ނަމާދު އަވަސްކޮށްލައިގެން ނުވާނެކަމެވެ. ކޮންމެ ނަމާދެއްވެސް ކުރަން ޖެހޭނީ ޙަދީޘްފުޅުގައިވާ ފަދައިން އެއީ ތިމާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށް ބަލައިގެންނެވެ. މުހިންމު ކަމެއް އޮތްނަމަ ޛިކުރުކުރުމާއި ސުންނަތްކުރުން ފަސްކޮށްލެވިދާނެއެވެ. ނަމަވެސް ވަޤުތު ޖެހުމުން ނަމާދު ފަސްކުރުމެއް ނެތެވެ. 

އެކަން އެގޮތަށް ކުރާ މީހުންވެސް އުޅެއެވެ. އެކަމަކު ބައެއް މީހުންނަށް ކުރެވޭ ކުށެއް ފާހަގަކޮށްލާނަމެވެ.  

މިޘާލަކަށް އިނީ މީހަކާއި ބައްދަލުކުރާށެވެ. އޭނާއަށް ދަޢުވަތުދިނުމުން ނަމާދުކުރާނީ ފަހުން ކަމަށް އެމީހަކު ބުނެފާނެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ގިނައިން ބުނެވެނީ "މަޑުކޮށްލާށެވެ! ވަރަށް އަވަސްކޮށްލައިގެން (ނަމާދު ވަރަށް އަވަސް އަވަހަށް ކޮށްލައިގެން) އެބަ އަންނަމެވެ.!"  

މިއީ ބުނެވޭ ވަރަށް ކުށް ބަހެކެވެ. ކުރިން ބުނި ފަދައިން ނަމާދަކީ އަވަސްއަވަސްކޮށްލައިގެން ކުރަން އޮތް އަޅުކަމެއް ނޫނެވެ. މުހިންމު ކަމެއް މެދުވެރިވެގެން ނަމާދު ކުރުކުރަން ހުއްދަވެގެންވާ މިންވަރަށް ކުރުކުރިނަމަވެސް އެވާހަކަ ބުނެގެން ނުވާނެއެވެ. އެއިރުން އެވަނީ ކަމަކަށް ކަމެއްކުރި ކަމަށެވެ.  

ވީމާ ނަމާދު އަވަސްއަވަސްއަވަހަށް ކޮށްލާނެ ކަމަށް ބުނެގެންނުވާނެއެވެ. އަދި އަވަސް އަވަހަށް ކޮށްލައިގެންވެސް ނުވާނެއެވެ! ސަބަބަކީ ނަމާދުކުރުމަށްވުރެ މުހިންމު ކަމެއް އަހަރެމެންނަށް ނެތުމުންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް