އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު
ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައި ތިބި ބައެއް ޒުވާނުން ގާތު އަވަހަށް ޙައްޖުވުމަށް ބުނުމުން އެބަ ބުނެއެވެ. "އަހުރެމެން އަދި ވަރަށް ޒުވާނެވެ. ޙައްޖުވާނީ އަދި ތަންކޮޅެއް ފަހުންނެވެ." މިބުނަނީ ކީކޭހެއްޔެވެ؟ އަހަރެމެން ފާފަފަތަކެއް ކޮށްލަން ބޭނުމޭ އެހެންވީމާ ޙައްޖުވާނީ އެފާފަތައްކޮށްލާފައި ކަމަށް ހެއްޔެވެ؟
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެމީހާގެ ޢުމުރު އެނގޭނީ ކާކަށް ހެއްޔެވެ؟ ފަހުން ޙައްޖުވާން ހުއްޓައި ޙައްޖުނުވެވި މަރުވެއްޖެނަމަ ޙައްޖުވުމުގެ ތަނަވަސްކަން ދެއްވެވުމުން ޙައްޖުނުވިކަމުގެ ޢަޛާބް ޙައްޤުވާނެ ނޫންހެއްޔެވެ؟
ހަމަ މިފަދައިން ރަމަޟާން މަހާއިމެދުގައިވެސް ވިސްނައިލާށެވެ! ބައެއް ޒުވާނުން ތިބެނީ ޢުމުރުން ތަންކޮޅެއް ގިނަ ދުވަސްވުމުން ބައްދަލުވާ ރޯދަމަހުގައި ގިނައިން އަޅުކަންކުރުމުގެ ނިޔަތުގައެވެ. ބަލަ އެއިގެ ކުރިން އެމީހާއަށް ދުނިޔެ ދޫކުރަންޖެހިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭނީ ކޮންފަދަ ހިތްދަތިކަމަކާއި އެކުގައިހެއްޔެވެ؟ ޒުވާން އިރުންސުރެ ކޮންމެ އަހަރަކުވެސް ބައްދަލުކުރަމުން އައި ރަމަމާން މަސްތަކުގައި އަޅުކަންކޮށްގެން ހޯދެން އޮތް ބޮޑު ފައިދާ ދޫކޮށްލެވުނު ކަމަށްޓަކައި ހިތާމަކުރަމުން ނޫން ހެއްޔެވެ؟
މީސްތަކުންނޭވެ! ޢުމުރުން ދުވަސްވެ ޕެންޝަން ލިބުނީމާ ކުރާއަޅުކަން މިހާރަށްވުރެވެސް ގިނަކުރާނީއެވެ. އެއީ އެކަންކުރަންޖެހޭނެވެސް ނަމަވެސް މުސްކުޅިވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް ބަލައި މިހާރު ލިބިގަނެވެން ހުރި ޘަވާބު ލިބިނުގަނެ ނުހުންނާށެވެ. އަދި ކީއްހެއްޔެވެ؟ ރަމަޟާން މަސް އައިސް ބައްދަލުކުރީމާ އަލުކަންކުރަންވެސް މަޑުނުކުރާށެވެ. މިހާރުންސުރެ އެކަމަށް މަސައްކަތް ފަށާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
16 މާޗް 2023