އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. ރަމަޟާން މަހުގެ ކުރިން އަންނާނެ އެންމެ ފަހު ހުކުރު ދުވަހެވެ. ވީމާ ކޮންމެހެން ކުރަންޖެހޭ ދުޢާތައް މަތިން ހަނދާން ނައްތައިނުލާށެވެ!
1 ރަމަޟާން މަހާއި ބައްދަލުކުރުމުގެ ތައުފީޤް ދެއްވެވުން އެދުން
2 ރަމަޟާން މަހު ވީހައި ގިނަ އަޅުކަން ކުރުމުގެ ތައުފީޤް ދެއްވެވުން އެދުން
3 ސަލާމަތް ޞިއްޙަތުގައި ލަހައްޓަވައި ދެއްވެވުން އެދި ދެންނެވުން
4 ލައިލަތުލްޤަދްރިވިލޭރޭގެ މަތިވެރިކަމާއި ޘަވާބު މިންވަރުކުރެއްވެވުމަށް އެދި ދެންނެވުން
5 ކަންނެތްކަމުން ދުރުހެލިވުމަށާއި ހީވާގިކަން ލިބިގަތުމަށް މަސައްކަތްކުރުމުގެ ތައުފީޤް ދެއްވެވުމަށް އެދި ދެންނެވުން
މިނޫންވެސް އެމީހަކު ބޭނުން ހުރިހާ ކަމަކަށް އެދި ދުޢާކުރާށެވެ! އެކަންކަން ހިންމަވައި ދެއްވެވުން އެދި އާދޭސްދަންނަވާށެވެ! އެއަށްފަހު އެކަންކަން ޙާޞިލުކުރުމަށް ޢަޒުމް ކަނޑައަޅައި ވަރުގަދައަށް މަސައްކަތްކުރާށެވެ! ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހާގެ ޙައްޤެކެވެ!
- ޝައިޚް އަބޫބަކުރު ޒައުދު
Advertisement
17 މާޗް 2023