އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާކުރާއިރަށް ގެއްލުނު އެތި ވަޤުތުން ފެނުން- ދުޢާ ވަޤުތުން ޢިޖާބަ ކުރައްވަވާކަން ޤަބޫލުނުކުރާ މީހުންނަށް ފިލާވަޅެއް!

ދުޢާކުރާއިރަށް ގެއްލުނު އެތި ވަޤުތުން ފެނުން- ދުޢާ ވަޤުތުން ޢިޖާބަ ކުރައްވަވާކަން ޤަބޫލުނުކުރާ މީހުންނަށް ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

އަޅުގަނޑުގެ މަންމައަކީ އަބދުވެސް ބޭރުން ވަދެފައި ތަޅުދަނޑިފަތި އެކި ތަންތަނުގައި ބޭއްވޭ އަންހެނެކެވެ. އެކަމަށް ސަމާލުކަން ދޭން އުޅުނަސް އެކަން ކުރެވޭ ކަމަކަށް ނުވެއެވެ. އެހެން އެވަނީ މަންމަގެ ވިސްނުމުގައި ހުންނަ ކަންތައްތައް ގިނަކަމުން ކަމަށްވެސް ވެދާނެއެވެ.

އެއްދުވަހަކު އެގޮތަށް ދިމާވެގެން ހޯދަހޯދައިވެސް ތަޅުދަނޑިފަތްޗެއް ނުފެނުނެވެ. އެއިގައި ކާރު ތަޅުދަނޑީގެ އިތުރުން ގޭގެ ތަޅުދަނޑިތައްވެސް ހުންނާނެތީ ކަންބޮޑުވެގެން ދެމައިންވެގެން މުޅި ގެ ހޯދަހޯދައިވެސް ނުފެނުނެވެ.

ކަންބޮޑުވީވަރުން ދެމައިންވެސް މެންދުރުނަމާދުގައި ދުޢާކުރީމެވެ. ކުރި ދުޢާއަކީ އިންނާލިﷲ ވައިންނާއިލައިހި ރާޖިޢޫން މިދުޢާއެވެ. ކުރިން އެވާހަކަ ނުދެއްކުނު ނަމވެސް ދެމައިންނަށްވެސް ކުރެވުނީ އެދުޢާއެވެ. 

ކޮންމެއަކަސް ނަމާދުން ފޭބިތަނުން ގެއަށް އައިކަން ހަނދާންވެއްޖެއެވެ. އޭނާ ގޭގައި މަޑުކުރީ ދާދި ކުޑަކުޑަ އިރުކޮޅަކުއެވެ. އަދި ބޮޑުދައިތަގެ ކަންކަން ހުންނަ ގޮތުނަ އެފަދަ ސުވާލެއް ކުރުމަކީވެސް ބޮޑުކަމެކެވެ. އެހެންކަމާއިއެކުވެސް ވަރަށް އަދަބުވެރިކަމާއިއެކު ބޮޑުދައިތަ ގާތުގައި އެވާހަކަ ދެއްކުމުން ދަބަސް ޗެކްކޮށްލާފައި ބުނީ ތަޅުދަޑިފަތި  ދަބަހަށް ލައިގެން ގެންދެވިފައިވާ ކަމަށެވެ. 

ތަޅުދަނޑިފަތި ފެނުނީއެވެ. ﷲ ދެއްކެވީއެވެ. ކުރި ދުޢާ ޢިޖާބަކުރެއްވެވީއެވެ. މިވާހަކަ މިކިޔައިދިނީ އެ ދުޢާއަކީ އެއްޗެތި ގެއްލިގެން ހޯދަން ކުރަން އޮތް ދުޢާއެއް ކަމަށް ބުނާކަށް ނޫނެވެ. އެދުޢާކުރީވެސް އެހެންވެގެންނަކުން ނޫނެވެ. ހިތްދަތިކަމާއި ކަންބޮޑުވުން ލިބޭ ވަޤުތުތަކުގައި އެދުޢާކުރަން ޢިލްމްވެރިން ވިދާޅުވާތީއެވެ. 

(މިއީ އަލަށް އިސްލާމްވެ، އިސްލާމް ދީނަށް ޚިދުމަތްކުރަމުން ގެންދާ އަންހެނަކު އޭނާގެ ވެބްސައިޓުގައި މިދިއަ ހުކުރު ދުވަހު ލިޔެފައިވާ ވާހަކައެކެވެ.!)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް