އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްޔިތާގެ ހަށިގަނޑުވަޅުލެވުމާއިއެކު ކުރިމަތިލާންޖެހޭނެ 2 މަލާއިކަތުންގެ ސިފަފުޅު އެނގޭނަމަވެސް ޢަމަލުތައް އިޞްލާޙްކުރާނެ!

މައްޔިތާގެ ހަށިގަނޑުވަޅުލެވުމާއިއެކު ކުރިމަތިލާންޖެހޭނެ 2 މަލާއިކަތުންގެ ސިފަފުޅު އެނގޭނަމަވެސް ޢަމަލުތައް އިޞްލާޙްކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މަރުވެ ތިބާގެ ހަށިގަނޑުވަޅުލެވުމުން ތިބާ އަށް ކުރިމަތިލާންޖެހޭނެ މަލާއިކަތް ބޭކަލުންގެ ވާހަކަ އެންމެންވެސް އަޑުއަހާނެއެވެ. އަދި އެއީ ކުރިމަތިލާންޖެހޭނެ ކަމެއްކަންވެސް ޤަބޫލުކުރާނެއެވެ.

އެބޭކަލުން ލޯފުޅުން ހުންނާނީ ހޮނުގެ އަލިކަން ފަދައިން އަލިކަންގަދަ ވިދުވަރެއް ނުކުނުކުމެއެވެ. އަޑުފުޅު ހުންނާނީ ގުގުރިފަދައިން ބިރުވެރިކޮށެވެ. ދަތްޕުޅުތައް ހުންނާނީ ގެރީގެ ދަޅުތަކެއް ފަދައިންނެވެ. އިސްތަށިފުޅު ދިގުކަމުން ހުންނާނީ ދެފައިތިލައާއި ހަމައަށް ފައިބައިފައެވެ. ކޮނޑުފުޅުގެ ފުޅައުމިނުގައި އެތައް މޭލެއްގެ ރާސްތާ ހުންނާނެއެވެ. އަދި މިބޭކަލުންގެ ހިތްޕުޅުގައި ކާފަރުންގެ މައްޗަށް އެއްވެސް ވަރަކަށް ރަޙްމެއް، ކުލުނެއް އޮންނަ ބޭކަލުންނެއް ނޫނެވެ. އެބޭކަލުންގެ ހިތްޕުޅުގައި ރަޙްމާއި ކުލުނު އޮންނާނީ ހަމައެކަނި ހެޔޮލަފާ މުސްލިމުންގެ މައްޗަށެވެ.

ތިއްބަވާނީ ބޮޑު ބިޔަ މަރުތޭލައެއް ހިއްޕަވައިގެންނެވެ. އެއިގެ ސައިޒު އެނގޭހެއްޔެވެ؟ ދުނިޔޭގައި އުޅޭ އެންމެން ވެގެން ގުޑުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެންމެ މިލިމީޓަރެއްވެސް ގުޑުވައެއް ނުލެވޭނެއެވެ.

ތިބާ އާއި ސުވާލުކުރައްވަވާނީ އެބޭކަލުންނެވެ. ތިބާގެ ކަލަކީ ކޮބައިތޯއެވެ؟ ދީނަކީ ކޮބައިތޯއެވެ؟ ރަސޫލަކީ ކޮބައިތޯއެވެ؟ މިއީ މަސްތުވެގެން ތިބޭ މީހުންނަށްވެސް މިދުނިޔޭގައި ނުހަނު ފަސޭހައިން ޖަވާބު ދެވޭނެ 3 ސުވާލެވެ. ނަމަވެސް އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކޮށްފައި ނުވާނަމަ ކައްވަޅުގައި އެއްވެސް މީހަކަށް ޖަވާބެއް ނުދެވޭނެއެވެ.

ވީމާ ކައްވަޅަށް ދިއުމަށް ތައްޔާރު ނުވެ ހުއްޓައި ކައްވަޅަށް ދާންޖެހިއްޖެނަމަ ކުރިމަތިލާންޖެހޭނެ ޙާލަތާއިމެދު ވިސްނައިލާށެވެ! ތައުބާ ނުވެވި ނަމާދުކުރުމާއި އެހެނިހެން އަޅުކަންތައްވެސް ނުކޮށް ޣާފިލުވެގެން ހުއްޓައި މަރުވެއްޖެނަމަ ކުރިމަތިލާންޖެހޭނެ ބިރުވެރި ޙާލަތާއިމެދު އިތުރަށް ވިސްނައިލާށެވެ! އަބަދުވެސް ތައުބާވެ، ﷲ ތަޢާލާ އެންގެވި މަގުގައި ސާބިތުވެ ހުރުމަކީ މުހިންމު ކަމަކަށް ވަނީ މިސަބަބަށްޓަކައެވެ. މަރުވެ ކައްވަޅަށް ދާންޖެހޭނެ ވަގުތު ނުއެނގޭތީއެވެ!

 

ގިނަގިނައިން މަރުހަނދާންކުރާށެވެ! ކައްވަޅުގައި ކުރިމަތިވާނެކަން ޙަދީޘްފުޅުތަކުން އެނގެންހުރިކަންކަން އޮޅުންފިލުވާށެވެ! ގިނަގިނައިން މަރު ހަނދާންކުރުމަކީ އާޚިރަތް ކާމިޔާބުކުރަން އޮތް ތަޅުދަނޑިއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް