އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮތީ އެމީހަކަށް ކެރުނުވަރެއް! ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވުމުގެ ފުރުޞަތު އެންމެންނަށް ވަނީ ދެއްވަވާފަ!

އޮތީ އެމީހަކަށް ކެރުނުވަރެއް! ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވުމުގެ ފުރުޞަތު އެންމެންނަށް ވަނީ ދެއްވަވާފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ރަމަޟާން މަހާއި ގުޅުވައިގެން ދައްކާ ކޮންމެ ވާހަކައެއްގައި، ދެވޭ ކޮންމެ ނަޞޭޙަތެއްގައި "ތިއަބައިމީހުން ﷲ ތަޢާލާއަށް ތަޤްވާވެރިވުމަށްޓަކައެވެ." މިބުނެވޭ ބަސް އަހުރެން މާނަ ކުރާނީ "ﷲ ތަޢާލާ އާއި ﷲ ތަޢާލާގެ އަޅާ އާއި ދެމެދުގައި ބަދަހި ގުޅުމެއް އުފެއްދުން" ކަމަށެވެ.  

އެހެނީ މީސްތަކުންނާއި ﷲ ތަޢާލާއާއި ކުއްތަން ކުރުވައިދޭނީ އެބަދަހިގުޅުމެވެ. އެގުޅުން ބަދަހި ނޫންނަމަ ﷲ ތަޢާލާއަށް އިޚްލާޞްތެރިއެއް ނޫނެވެ. އިޚްލާޞްތެރި ނޫން ގުޅުމަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

އެގުޅުން ބަދަހިކުރާނެ މިންވަރެއް ކަނޑައެޅުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާފައިވަނީ މީސްތަކުންނަށެވެ. އެމީހަކު ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރާނެ މިންވަރަކާއި އެގުޅުން ބަހައްޓާނެ ފެންވަރު ނުވަތަ ދަރަޖަ ކަނޑައެޅުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ.  

އަދި އޮތް އެންމެ އުފާވެރި ޚަބަރަކީ އަހަރެމެން ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރާނަމަ އަހުރެމެންނަށް ކުރެވޭ މަސައްކަތްތަކަށްވުރެ މާބޮޑަށް ﷲ ތަޢާލާ އަހުރެމެންނާއި ކުތަންވެވޮޑިގަންނަވާކަމެވެ. އަހުރެމެން "ޔާ ﷲ" އެވެ ބުނެފި ނަމަ ވަޤުތުން އެމީހަކަށް "ޔާ ޢަބްދީ" އެވެ ވަޙީކުރައްވަވާ ކަމެވެ.  

ވީމާ މުސްލިމުންނަކީ އެއްވެސް ޙާލެއްގައި ދޫކޮށްލެވިގެންވާ ބައެއް ނޫނެވެ. އަހުރެމެން މިވަނީ ﷲ ތަޢާލާ އާއި އެންމެ ގާތުގައެވެ. އިތުރަށް ގާތްވުމާއި ދުރުވުން މިއޮތީ އަހުރެމެންގެ އަތްމަތީގައެވެ. އަހުރެމެންގެ އަތްމަތީގައެވެ. ކުއްތަންވެވުނު މީހާ ޤިޔާމަތްދުވަހު ހުންނާނީ އެންމެ ބޮޑު އުފާވެރިކަމުގައެވެ. ނުވެވުނު މީހުންނަށް ޖެހޭނީ ރޮއި ހިތާމަކުރާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް