އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަމަހަށް ޝައިޚް ޢަލީ ޒައިދުގެ ޚާއްޞަ އިލްތިމާސެއް!

ރޯދަމަހަށް ޝައިޚް ޢަލީ ޒައިދުގެ ޚާއްޞަ އިލްތިމާސެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

"ރޯދަ މަހު ކުޅިވަރަށްވުރެ އިސްކުރަންވީ އަޅުކަން! އިޝާފަހުން ތަރާވިސްނަމާދު ކުރަމުންދާ ވަގުތަކީ އެހެންމީހުން ގުށްކިޔާފައި ކުޅިވަރު ކުޅެން މުނާސަބު ވަގުތެއް ނޫން! ރަމަޟާންމަހުގައި ނަމާދުތަކަށް ފަރުވާތެރިވުމާއި، ރޭއަޅުކަންކުރުމާއި، ހެޔޮކަންކަމަށް ބާރުއެޅުން ވަރަށް މުހިންމު"! 

ވަރަށް ފޮނިކޮށް ކުރުކޮށް ޝައިޚް ވިދާޅުވެފައި އެވަނީ ވަރަށް ގިނަ ވާހަކަތަކެކެވެ!  

ރަމަޟާންމަހު މީސްތަކުން ޚާއްޞަކޮށް ޒުވާނުން އަޅުކަމާއި ދުރުކުރުވަން 1980ގެ އަހަރުތަކުގައި ސަރުކާރުން ހިންގަން ފެށި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް މިއަދު މިވަނީ މުޅި ރާއްޖެއަށް ފެތުރިފައެވެ. ބިރުގަންނަން ޖެހޭނެ މިންވަރަށެވެ. އޮތީ ހޭލުންތެރިވުމެވެ. އާޚިރަތަށް ބިރުވެތިވުމެވެ.  

ހަނދާންވާ ގޮތުން ދާދިފަހުން ދަނޑުގައި ކުޅިވަރުކުޅެން ތިއްބައި ތަފާތު 3 ޙާދިސާއެއްގައި 3 ޒުވާނުން ވަނީ މަރުވެފައެވެ. އެމީހުންގެ ފުރާނައަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާމީން  

މިހިރީ ދިރިތިބީންނަށް ޢިބްރަތެވެ. މަރުވާކަށް ވަކިތަނެއް ވަކި ޢުމުރެއް ނެތެވެ. ވީމާ ކުޅިވަރުތައް ޢީދަށް ބަހައްޓާފައި ރަމަޟާން މަހު ވީހައި ގިނައިން އަޅުކަންކުރެވޭތޯ ބަލަމާތޯއެވެ!  

އެކަޕް މިކަޕް ވިގަނިކަޕް ކައްވަޅުގައި ވިގަންޏަކަށްވެއްޖެނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ އަދިވެސް ވަޤުތު އެބައޮތެވެ! އިތުރަށް ވިސްނައިލާށެވެ!   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް