އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ އަހަރުތަކަކު ރޯދަ ނުހިފައި ހުރި މީހަކަށް ރޯދަ ހިފަން ފެށިދާނެތަ؟

ގިނަ އަހަރުތަކަކު ރޯދަ ނުހިފައި ހުރި މީހަކަށް ރޯދަ ހިފަން ފެށިދާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ދީނުގެ ކަންކަމާއި ދުރުހެލިވެވުމުގެ ސަބަބުން ރޯދަވެސް ނުހިފައި އަހަރުތަކެއް ފާއިތުކޮށްލެވޭ މީހުންވެސް ތިބެއެވެ. އެފަދަ މީހުންގެ ފަރާތުން މިފަދަ ސުވާލުތައްވެސް ލިބެއެވެ. އެހެންކަމުން މިފަދަ ޙާލުގައި މިހާރުވެސް ބައަކު ތިބޭނެތީ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

އަހަރެންނަކީ 25 އަހަރުގެ ޒުވާނަކީމެވެ. މިއަހަރާއި ހަމައަށް އަހަރެންނަށް ހުރެވުނީ ދީނުގެ ކަންތައްތަކާއި ވަރަށް ދުރުގައެވެ. ނަމާދެއްވެސް ނުކުރެވެއެވެ. ރޯދައެއްވެސް ނުހިފެއެވެ. ނަމަވެސް މިހާރު އަހަރެން ނަމާދުކުރަންފަށައިފީމެވެ. އަޅުގަނޑުގެ ސުވާލަކީ ރޯދަ ނުހިފައި މިހައި ގިނަ އަހަރުތަކެއް ދޫކޮށްލެވިފައިވާއިރުވެސް މިއަހަރު ރޯދަ ހިފަންފެށިދާނެހެއްޔެވެ؟ 

ޖަވިވާބު: 

އިންސާނަކަށް ކިތަންމެ ގިނަ ފާފަތަކެއްވެސް ކުރެވިދާނެއެވެ. ތައުބާވުމުން މާޒީ ފުހެވިގެންދިއައީއެވެ. ވީމާ ތައުބާވެ ނަމާދުކުރަން ފަށާފައިވުމުން އަވަހަށް ރޯދަ ހިފަން ފަށާށެވެ! އަދި ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރަންފަށާށެވެ! 

ނަމާދުނުކޮށް ހުންނަ މީހަކު ހިފަންޖެހޭ ރޯދައެއް ނުއޮންނާނެއެވެ. ވީމާ އަލަށް އިސްލާމްވި މީހަކު ފަދައިން ޢަމަލުކޮށް 5 ނަމާދު ފުރިހަމައަށްކޮށް ރޯދަވެސް ހިފަމުން ގެންދާށެވެ! މާޒީގެ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމުން ފާފަ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

މައްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް