އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަޙްމަތުގެ ނަބިއްޔާ ޞ.ޢ.ވ އެމީހެއްގެ ހަލާކަށް 3 ފަހަރު އާމީން ވިދާޅުވުމަކީ ލުއިކޮށް ދޫކޮށްލަން ހެޔޮވާނެ ކަމެއް ނޫން! ބިރުވެތިވާންޖެހޭ ކަމެއް!

ރަޙްމަތުގެ ނަބިއްޔާ ޞ.ޢ.ވ އެމީހެއްގެ ހަލާކަށް 3 ފަހަރު އާމީން ވިދާޅުވުމަކީ ލުއިކޮށް ދޫކޮށްލަން ހެޔޮވާނެ ކަމެއް ނޫން! ބިރުވެތިވާންޖެހޭ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

އަހުރެންގެ ނަޒަރުގައި ރަމަޟާން މަސް އައުމުން އެމަހުގެ މުހިންމުކަމާއި އެމަހުން ޙާޞިލްކުރަންވީ ކޮންކަމެއް ކަމާއިމެދު ވިސްނާ މީހާ ފުރަތަމަވެސް ވިސްނަންވީ މިކަމަށެވެ. އިޚްލާޞްތެރިކަމާއިއެކު މި ޙަދީޘްފުޅަށް ވިސްނައިފިމީހަކަށް ރަމަޟާން މަސް ކާމިޔާބުކުރަން މަސައްކަތްކުރުމުގެ ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ 

އަހަރެމެން އާމީން ކިޔަނީ ދުޢާކުރުމަށްފަހުގައެވެ. ނަމަވެސް ހަނދާނަށް ގެންނަންވީ އެއްވެސް ދުޢާއެއް ކުރެއްވެވުމަކާއި ނުލައި ރަސޫލް އާމީން ވިދާޅުވި ޙާލަތަށެވެ. އެއްފަހަރަކު ނޫނެވެ. ވިދިވިދިގެން 3 ފަހަރުއެވެ. އެކަމުންވެސް އެނގިގެންދަނީ އެކަމުގެ ބޮޑުކަމެވެ. 

ޞަޙާބީން ސުވާލުކުރެއްވެވުމުން ޖަވާބުގައި ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ އެފަދައިން އާމީން ވިދާޅުވީ: "ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ އެމީހާގެ ފާފަތައް ނުފޮހެވުނު މީހާ އަށް ގެއްލުމާއި ހަލާކުހުރި" ކަމަށް ޖިބްރީލްގެފާނު ވިދާޅުވުމުން ކަމަށެވެ. 

މިބަސްފުޅުގެ ތަފްޞީލް ދެއްވަވަމުން ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ އެއީ އެމީހަކީ ގެއްލެނިވެގެންވާ މީހަކު ކަމުގައިވުން، އެމީހަކަށް ނަރަކަ ޙައްޤުވުން، ﷲ ތައާލާގެ ރަޙްމަތުން (ޤިޔާމަތް ދުވަހު) ދުރުކުރެއްވެވުން ފަދަ އެމީހަކަށް ގެއްލުންހުރި ގޮތްތައް މެދުވެރިވުން ކަމަށެވެ.  

ކޮންމެއަކަސް އެނގިގެން މިދަނީ ރަމަޟާން ނިމިގެންދާއިއރު އެމީހެއްގެ ފާފަތައް ފުހެވުމުގެ މުހިންމުކަމެވެ. ނޫންނަމަ އެމީހަކަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑުކަމެވެ. ރަސޫލް އީ ރަޙްމަތުގެ ނަބިއްޔާއެވެ. ވީމާ ޖިބްރީލްގެފާނުގެ މިބަސްފުޅަށް އާމީން ވިދާޅުވުމުން އެނގިގެންދަނީ ރަމަޟާން މަސް ނިމިގެންދާއިރު ތިމާއަކީ ފާފަތައް ފުއްސަވައި ދެއްވަވާފައިވާ މީހަކު ކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެ މިންވަރެވެ! 

ރަސޫލް އީ ޠާއިފުގެ އަހުލުވެރިން އަނިޔާކޮށް ހަށިކޮޅުން ލޭފޮދު އޮހޮރުވައިލުމުން ވެސް އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރެއްވެވި ރަޙްމަތުގެ ޞާޙިބާއެވެ. ވީމާ މީސްތަކުންނަށް އެފަދަ އޯގާތެރި ޞާޙިބަކު މިފަދައިން އާމީން ވިދާޅުވިއިރު އެކަމަށް އެދިވަޑައިގަތީ އެންމެ މާތް މަލާއިކަތާ ޖިބްރީލްގެފާނެވެ. 

ކޮންމެއަކަސް މިފަދަ ހުރިހާ ކަންކަމަށް ވިސްނައިލުމުން އެނގިގެންދަނީ ރަމަޟާން މަހު، ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި މަސައްކަތްކުރަންޖެހޭނެ މިންވަރެވެ. ނޫންނަމަ ތިމާއަށް ކުރިމަތިވާނެ ނިކަމެތި ޙާލަތެވެ. އަދި ކީއްހެއްޔެވެ؟ އެފަދައިން އާމީން އެވިދާޅުވީ އެމީހަކު ﷲ ތަޢާލާ އާއި ދުރަށް ޖެހިފައިވީލެއް ބޮޑުކަމުންނެވެ. ރަމަޟާން މަހާއިމެދު ޣާފިލުވެފައިވީލެއް ބޮޑުކަމުންނެވެ. އެހެން ނޫންނަމަ އޭނާގެ ފާފަތައް ފުއްސަވައި ނުދެއްވަވަންވީ ކީއްވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ބަރަކާތްތެރި ރަމަޟާން މަސް އައިސް އަރައިހަމަކުރީއެވެ! ތިމާއަކީ ފާފަތައް ފުއްސަވައި ދެއްވަވާނެ އަޅަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ގެއްލެނިވެ ހަލާކުވެގެންވާ މީހަކު ކަމުގައިވުމުން ސަލިމަތްވުމަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

https://www.facebook.com/AllAboutIslamOfficials/videos/1099348533867036

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް