އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަށް މަރުޙަބާކިޔަން ކުރާނަމާދަށް ސަމާލުކަން ނުދެވުނުނަމަ ރަމަޟާންމަހަށް ތައްޔާރުނުވެވުނީއެވެ!

ރަމަޟާން މަހަށް މަރުޙަބާކިޔަން ކުރާނަމާދަށް ސަމާލުކަން ނުދެވުނުނަމަ ރަމަޟާންމަހަށް ތައްޔާރުނުވެވުނީއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ރަމަޟާން މަސް އައުމުން އެމަހަށް ޚާއްޞަކޮށްގެން އަހުރެމެން ކުރާ އެންމެ މުހިންމު އަޅުކަމަކީ ހަނދުފެނުނުކަން ޔަޤީންވުމާއިއެކު ކުރާ ތަރާވީޙް ނަމާދެވެ. ތަރާވީޙް ނަމާދުކޮށް ނިމިގެން ފައިބާއިރުވެސް މީހާއަށް ހުންނާނީ ބޮޑު ހިތްވަރެއް ލިބިފައެވެ. މުޅިން ތާޒާވެފައެވެ.  

އެހެންކަމާއިއެކުވެސް ޢާންމުގޮތެއްގައި ރަމަޟާން މަހަށް ހަނދުބަލާރޭ ކުރާ ތަރާވީޙް ނަމާދަށް ދެވެނީ ނިޞްބަތުން ބައަކަށެވެ. ސަބަބަކަށްވަނީ ރަމަޟާން މަހަށް ތައްޔާރުވާން ކުރާ ދުނިޔަވީ މަސައްކަތްތައް ގިނަވުމެވެ. ކުރަންފެށި ކަންކަން ނުނިމިހުރުމެވެ. 

އެކަމުން އަންގައިދެނީ އެމީހަކަށް ރޫޙާނީ ގޮތުން ރަމަޟާން މަހަށް ތައްޔާރުނުވެވޭކަމެވެ. ރޫޙާނީ ގޮތުން ތައްޔާރުވެވުނުނަމަ ހަނދުފެނުމާއިއެކު އަވަސްވެގަންނާނީ ތަރާވީޙް ނަމާދުކުރުމަށެވެ.  

އަނެއްކަމަކީ ހަނދުފެނިދާނެ ކަމަށް ބަލައި ހާރަށް ކައްކާނެ ތަކެތި ހުންނާނީ ގެއަށް ގެނެސް ޖަމާކޮށްފައެވެ. އަނހެންވެރިން އަވަސްވެގަންނާނީ ހާރުކެއްކުމަށެވެ. އަންހެންވެރިންވެސް އަވަސްވެގަންނަންވީ ކެއްކުމަކަށް ނޫނެވެ. ތަރާވީޙް ނަމާދުކުރުމަށެވެ.  

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގެ ހަނދުފެނުމާއިއެކު ކުރާ ތަރާވީޙް ނަމާދަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔުމެވެ. ނުވަތަ މަރުޙަބާކިޔަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ތަރާވީޙް ނަމާދުކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް