އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާލިޣްނުވާކުޑަކުދިން ލައްވާ ރޯދަހިފުވުން-

ބާލިޣްނުވާކުޑަކުދިން ލައްވާ ރޯދަހިފުވުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

ބައެއް ބެލެނިވެރިން، އެމީހުންގެ ދަރިންގެ ކިބައިގައި ރޯދަހިފުމުގެ ޤާބިލުކަންހުރިނަމަވެސް ބާލިޣްނުވާތީ ރޯދަގިފަން ނުބެނެ، ނުވަތަ އަމުރުކޮށް މަޑުކުރެއެވެ. އެހެންކަމުން ތިރީގައިވާ ލިޔުމަކީ އެފަދަ ބެލެނިވެރިންނަށް މުހިންމު ލިޔުމެއްކަމުގައި ދެކެވެ.

ބާލިޣުވުން

  • ބާލިޣުވުމުގެ ޝަރުޠު:

ރޯދަ ވާޖިބުވުމަށް ބާލިޣުވުން ޝަރުޠުވެގެން ވެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ރުޝްދާއި އައްނަވަނީއާއި މުޙައްމަދު ބްނު މުފްލިޙާއި އިބްރާހީމް ބްނު މުފްލިޙް އިޖްމާޢު ނަޤުލު ކުރައްވާފައި ވެއެވެ. 

  • ބާލިޣުވުމުގެ ކުރީގެ ރޯދަ ޤަޟާ ކުރުން:

ކުޑަ ކުއްޖާ ބާލިޣުވުމުގެ ކުރިން އިސްވެ ދިޔަ ރޯދަ، އެ ކުއްޖާ ބާލިޣު ވުމަށްފަހު ޤަޟާ ކުރާކަށް ނުޖެހޭނެއެވެ. އައްނަވަވިއްޔު މި ކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ. 

  • (ބާލިޣު ނުވާ) ކުޑަ ކުއްޖާއަށް ރޯދަ ހިފުމަށް އަމުރުކުރުން:

ކުޑަ ކުއްޖާއަކީ އެ ކުއްޖާއަށް ގެއްލުމެއް ލިބުމަކާ ނުލައި ރޯދަ ހިފުމަށް ކުޅަދާނަ ކުއްޖެއް ކަމުގައި ވާނަމަ، އެ ކުއްޖާގެ ބެލެހެއްޓުމާ ޙަވާލުވެފައިވާ ފަރާތުގެ މައްޗަށް އެ ކުއްޖާއަށް ރޯދަ ހިފުމަށް އަމުރުކުރުން ވެއެވެ. އެއީ އެ ކުއްޖާއަށް ރޯދަ ހިފަން ދަސްކޮށްދީ، އެކަމަށް ހޭނުވުމަށެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ. އަދި މިއީ މާލިކީ ދަންނަބޭކަލުން ކުރެ ބައެއް ބޭކަލުންގެ ރައުޔެވެ. އަދި ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންވެސް ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

  • ރަމަޟާން މަހުގެ ތެރޭގައި ބާލިޣުވާ ކުއްޖާގެ އެ މަހުގެ އިސްވެދިޔަ ދިޔަ ރޯދަތައް:

ކުޑަ ކުއްޖާ ބާލިޣުވީ ރަމަޟާން މަހުގެ ތެރޭގައި ނަމަ، އޭނާ އެ މަހުގެ ބާކީ އޮތް މުއްދަތުގެ ރޯދަ ހިފަން ވާނެއެވެ. އެހެން ނަމަވެސް އެ މަހުން އޭނާ ބާލިޣުވުމުގެ ކުރިއަށް ވޭތުވި މުއްދަތު އޭނާ ޤަޟާކުރަން ނުޖެހޭނެއެވެ. އެއީ އެ އިސްވެދިޔަ މުއްދަތުގައި އޭނާ ރޯދަ ހިފި ނުވަތަ ރޯދަ ނުހިފައި ވޭއްތު ކުރިނަމަވެސް މެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ގިނަ ދަންނަބޭކަލުންގެ ބަސްވެސް މެއެވެ. 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ބާލިޣުވާ ކުއްޖާގެ ރޯދަ ޤަޟާ ކުރުމާއި ރޯދަ ހިފުމުގެ ޙުކުމް:

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ރޯދަ ނުހިފައި ހުއްޓާ ކުޑަ ކުއްޖާ ބާލިޣު ވީނަމަ، އެ ދުވަހުގެ ބާކީ އޮތް ބައިގައި އޭނާ ރޯދައަށް ހުންނާން ޖެހޭނެއެވެ. އަދި އެ ދުވަސް ޤަޟާ ކުރުމެއް އޭނާއަކަށް ނުވެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އަދި އިމާމް އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އިބްނު ތައިމިއްޔާ އަދި އިބްނު ޢުޘައިމީންވެސް އިޚްތިޔާރު ކުރެއްވީ މި ރައުޔެވެ. 

- މަސްދަރު: ދިސަލަފިއްޔާ

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް