އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ޙައްޖާއި ޢުމްރާއެއްގެ ޘަވާބުން ދުވަސް ފަށަމާ!

ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ޙައްޖާއި ޢުމްރާއެއްގެ ޘަވާބުން ދުވަސް ފަށަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

އިންސާނާގެ ޙަޔާތުގައި މިވާ މަދުދުވަސްކޮޅު މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމުގައި ހޭދަކުރުމަކީ ކޮންމެހެން އެދެވިގެންވާ ކަމެކެވެ. އަދި ގެއްލުން ދެނިވި އެންމެހައި ކަންތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ.  ޚާއްޞަގޮތެއްގައި ރަމަޟާންމަހުގެ ދުވަސްތަކެވެ. އެޔަކީ ބަދަލު ލިބޭނެ ދުވަސްތަކެއް ނޫނެވެ.

އެހެންކަމުން މި މާތް މައްސަރާއި ބައްދަލުވެއްޖެމީހާ އެމައްސަރުގެ ވަގުތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންވާނެއެވެ.  މިގޮތުން ފަތިސްނަމާދުކޮށްގެން އިރުއަރަންދެން މިސްކިތުގައި ޛިކުރު ކުރުން މަތީ ދެމިހުރުން މުހިންމެވެ. އިރުއަރާތާ ގާތްގަޑަކަށް 15 ވަރަކަށް މިނިޓްފަހުން ޟުޙާ ގެ ވަގުތު ވަންނާނެއެވެ. އެހިސާބުން ޟުޙާ ނަމާދުގެ ދެރަކްޢަތް ކޮށްލައިގެން މިސްކިތުން ފޭބުމުން ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. 

(އަންހެނުން ގޭގައި ފަތިސްނަމާދުކޮށް މުސައްލަމަތީގައި އިނދެފައި ޞުޙާ ނަމާދު ކުރިނަމަވެސް ހަމަ އެފަދައިން ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ)

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

(مَنْ صَلَّى الْفَجْرَ فِيْ جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللهَ حَتَّى تَطْلُعَ الشَّمْسَ ثُمَّ صَلَّى رَكْعَتَيْنِ كَانَ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ تَامَّةٍ تَامَّةٍ) 

މާނައަކީ: "ޖަމާޢަތުގައި ފަތިސްނަމާދުކޮށް، އިރުއަރަންދެން މާތް ﷲ ޛިކްރު ކުރުން މަތީ ދެމިހުރެ، ދެރަކްޢަތް ނަމާދެއް ކޮށްފި މީހަކަށް ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަކޮށްނެވެ. ފުރިހަމަ ކޮށްނެވެ، މިހެން ދެފަހަރަށް ޙަދީޘް ކުރެއްވިއެވެ". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަޞްޙާބުން ކަންތައް ކުރައްވާފައިވަނީވެސް ހަމައެގޮތަށެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް