އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު
ފާޠިމަތު ނަޢީޝާ
"ފަހެ، އެއުރެންނަށް ނޭންގިތިއްބައި ކުއްލިއަކަށް ޤިޔާމަތްވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާއި ހަމައަށް އަތުވެއްޖެހިނދު އެއުރެން ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟" (سورة محمّد : 18 )
ޤިޔާމަތްދުވަހުގެ ބައެއް ކުދި ޢަލާމާތްތައް:
· ވަގުތު ހިނގާލެއް އަވަސްވުން
· ބިންހެލުން އިތުރުވުން
· ޒިނޭކުރުން އާއްމުވުން
· އަންހެނުން އިތުރުވުން
· ކުއްލި މަރު އިތުރުވުން
· ޝިރުކު ކުރުން އާއްމުވުން
· އެއްޖިއްސުން ގުޅުން ހިންގުން އާއްމުވުން
· ރިބާގެ މުޢާމަލާތްތައް އާއްމުވުން
· ކީރިތި ޤުރުޢާނަށް ތަބަޢަވެ ޙަދީޘަށް އިންކާރުކުރަން މީހުން ފެށުން
· ހެޔޮ ޢަމަލުތައް މަދުވުން
· މުސްލިމުން 73 ބަޔަކަށް ބެހިގެންދާނެއެވެ. އެތަނުން ސުވަރުގެ ދާނީ އެންމެ ބައެއްގެ މީހުންނެވެ.
· ބޮޑާކަން އިތުރުވުން
· އާއިލީ ގުޅުންތައް ކެނޑުން
· ފިރިހެނުން އަންހެނުންނަށް ހެދި، އަންހެނުން ފިރިހެނުންނަށް ހެދިގެން އުޅުން
އަދިވެސް އެތަކެއް ބައިވަރު ޢަލާމާތްތަކެއްވެއެވެ. މިއިން ގިނަ ކަންތައްތަކަކީ މިހާރު ވަމުންދާ ނުވަތަ ވެފައިވާ ކަންތައްތަކެވެ. ޤިޔާމަތް ދުވަސް ކައިރިވެއްޖެކަމާމެދު ބިރުވެތިވާށެވެ. ވިސްނައި ފިކުރުކޮށްފި މީހަކަށް އެކަލާނގެ ތެދުމަގު ދައްކަވާނެތެވެ. އިން ޝާ ﷲ
https://www.islam-peace.com/the-minor-signs-of-qiyamah/
Advertisement
26 މާޗް 2023