އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމަކު ކޮންމެ ކަމަކަށް އެދިގެން ނަމަވެސް މިދުޢާކޮށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ! އިން ޝާ ﷲ

މުސްލިމަކު ކޮންމެ ކަމަކަށް އެދިގެން ނަމަވެސް މިދުޢާކޮށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

" لا إله إلا أنت سبحانك إني كنت من الظالمين"،

މާނައަކީ "ޙައްގުވެގެން އަޅުކަންވެވޭފަރާތެއް ﷲ މެނުވީ ނުވެއެވެ. އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން މިއަޅާވަނީ އަނިޔާވެރީންގެ ތެރެއިންނެވެ"،  

މިފަދައިން ދުޢާ ކުރާ ހިނދުގައި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ޛިއްނޫން (ޔޫނުސް ޢަލައިހިއްސަލާމް) މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން " لا إله إلا أنت سبحانك إني كنت من الظالمين" އޭ ވިދާޅުވެ ދުޢާކުރެއްވިއެވެ. މުސްލިމަކު އެއްވެސް ކަމަކަށް އެދި މިފަދައިން ދުޢާކޮަށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ". 

މިޙާދިޘާ އަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "އަދި ޛައްނޫނި (ޔޫނުސް ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ގައުމުގެ މީހުންދެކެ ކޯފާވެގެން ވަޑައިގަތްހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ގެ ކުޅަދުންވަންތަވެގެން ނުވާ ކަމަށް ހީކުރެއްވިހިނދު ތިމަން ﷲ އިރާދަކުރެއްވި ގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ. ދެންފަހެ، އަނދިރިތަކުގެ ތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިބަ އިލާހު ފިޔަވައި ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީ އަނިޔާވެރިންގެ ތެރެއިންނެވެ. ދެންފަހެ ތިމަން ﷲ އެކަލޭގެފާނަށް އިޖާބަދެއްވައި ހިތާމަ އާއި ދެރައިން އެކަލޭގެފާނު ނަޖާކުރެއްވީމެވެ. އަދި އީމާންވި މީހުން ތިމަން ﷲ މިންޖު ކުރައްވަނި އެފަދައިންނެވެ".

މިއާޔަތުގެ ޝަރަޙާގައި އަލްއިމާމް އަލްގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. " ދުޢާ އިޖާބަވުމުގެ ޝަރްޠެއްގެ ގޮތުގައި ޔޫނުސް ޢަލައިހިއްސަލާމް ދުޢާ ކުރެއްވިފަދައިން ދުޢާކުރުން މިވަނީ ލައްވާފައެވެ. އެފަދައިން ދުޢާކޮށްފިނަމަ ދުޢާ އިޖާބަކުރައްވާ، ދިމާވެގެން އުޅޭ ދަތި އުނދަގޫ ކަންތަކުން ސަލާމަތް ކުރައްވާނެކަން މިވަނީ އަންގަވާފައެވެ". 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް