އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް ޚަރަދުނުކުރުމަކީ ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެ ކަމެއް!

ދަރިންނަށް ޚަރަދުނުކުރުމަކީ ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ރަމަޟާން މަސް ފެށުމުން އައުކޮށްފައި މިވާހަކަތައް ދައްކަން ޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. މިރަމަޟާން މަހު ރަނގަޅު ކާނެއެއްޗެއް ނިލިގެން ނުހަނު ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ އެތައް މިލިއަން ކުޑަކުދިންގެ ތެރޭގައި އެކުދިންގެ މައިންބަފައިންގެ އެހީތެރިކަން ނުލިބި ދިރިއުޅޭ ކުދިން ބައިވަރެވެ. ބައްޕަ ހުންނަނީ ކައިގެން އުފަލުގައެވެ. އެހެނަސް ދަރިން ތިބެނީ ވަރަށް ނިކަމެތިޙާލުގައެވެ.

އެއްވެސް މީހަކު ހިފާ ރޯދައަށް ގޮތް ނިންމަނީއެއް ނޫނެވެ. އެހެނަސް އަހުރެންގެ ހިތުގައި އުފެދޭ ސުވާލަކީ އެފަދަ ބައްޕައިން ހިފާ ރޯދަ، ރޯދައަކަށްވާނެ ހެއްޔެވެ؟ އަދި މިއީ ﷲ ތަޢާލާއަށް ބިރުވެތިވާ ބައްޕައަކު ޢަމަލުކުރާނެ ގޮތް ހެއްޔެވެ؟

މީސްތަކުންނޭވެ! ރަނގަޅަށް އަޑުއަހާށެވެ! ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުނުކުރުމަކީވެސް އަނިޔާވެރިވުމެވެ. ތިމާ ޚަރަދުކޮށް ބަލަހައްޓަންޖެހޭ ޢުމުރުގެ ދަރިއަކަށް ޚަރަދު ނުކުރުމަކީ ދަރިފުޅު ނިކަމެތިކޮށްލުމެވެ. އެފަދަ ދަރިއަކު ނިކަމެތިކޮށްލުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. އަދި އެއީ ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެ ޢަމަލެކެވެ.

ސުވަރުގެ ލިބުމަށް އެދޭމީހާގެ ކިބައިގައި ހުންނަން ޖެހެނީ 2 ސިފައެކެވެ. އެއީ ތަޤްވާވެރިކަމާއި ﷲ ތައާލާ އުފެއްދެވި މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. އެކަމުގެ އިތުރު ބައެއް ތަފްޞީލަށް ބަލައިލަމާ ހިނގާށެވެ!

ތަޤްވާވެރިވުމުގެ މާނައަކީ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ. ނަހީކުރެއްވެވި ކަންކަމާއި ދުރުހެލިވުމެވެ. ކުރުމަށް އަމުރުފުޅު ކުރެއްވެވި ހުރިހާ ކަމެއް ކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.

މީސްތަކުންނަށް ހެޔޮކޮށް ހިތުމުގެ މާނައިގައި ވަރަށް ގިނަ ކަންކަން ހިމެނިގެންވެއެވެ. މީސްތަކުންނަށް އެހީތެރިވުމާއި މީސްތަކުންގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމާއި އަނިޔާވެރި އެއްވެސް ޢަމަލެއް ނުކުރުން ހިމެނެއެވެ.

ބައެއް މީހުން އަޅުކަންކުރެއެވެ. މީސްތަކުންނަށް ހެޔޮކޮށްވެސް ހިތައެވެ. ނަމަވެސް ދެމްފިރިންގެ މެދުގައި އޮންނަނީ އަނިޔާވެރިކަމެވެ. ނުބައި ބަސްތައް ބުނުމާއި ހަރުކަށި ޢަމަލުތައް ކުރުމެވެ. އަދި އަނިޔާވެރި ޢަމަލުތައްވެސް ކުރެއެވެ. ސުވަރުގެ ވައްދަވާނެ މީހުން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް މިބަޔާންކުރި ކަންކަމަށް ބަލާއިރު އެއްވެސް މީހަކަށް ނުވަތަ އެންމެ މީހަކަށް ނަމަވެސް އަނިޔާވެރިވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ހަމައެއާއިއެކު ޢާއިލާއަށް ޚަރަދު ނުކުރުމަކީ ވެސް މައްސަލައެކެވެ!

ވީމާ މިކަންކަމަށް ބިރުވެތިވާށެވެ! ސުވަރުގެ އެދޭ މީހާ ތަޤްވާވެރިކަން އިތުރުކުރާށެވެ! އެހެން މީސްތަކުންނަށް ހެޔޮކޮށް ހިތާށެވެ! އަދި ކީއްހެއްޔެވެ؟ ޖަނަވާރުންނާއި ގަސްގަހާގެއްސަށްވެސް ހެޔޮކޮށް ހިތާށެވެ! އެންމެހައި މަޚްލޫޤުންނަށް ހެޔޮކޮށްހިތާށެވެ!

ފެންބޮވައިގެންފައިވާ ކުއްތާއަކަށް ބީފެންފޮދެއް މީހާ ސުވަރުގެ ވެއްދެވިކަން އެއީ މިދެއްކި ވާހަކަތަކުގެ ވަރަށް ބޮޑު ދަލީލެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް