އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހުގައި ދީލަތިކަން އިތުރުކުރާށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަން އެމީހަކަށް ލިބި ހިތް ފުރެމުންދާނެތެވެ! އިން ޝާ ﷲ

ރަމަޟާން މަހުގައި ދީލަތިކަން އިތުރުކުރާށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަން އެމީހަކަށް ލިބި ހިތް ފުރެމުންދާނެތެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ﷲ ތައާލާ އަންގަވާފައިވާ މަގުން އުޅެން މަސައްކަތްކުރާ ކޮންމެ މުސްލިމަކީވެސް މީސްތަކުންނަށް ދީލަތިވާންޖެހޭ މީހެކެވެ. ރަމަޟާން މަހުގައި އޮތީ ދީލަތިކަން އިތުރުކުރުމެވެ. ކަމަކު ނުއެދުނަސް ނިކަމެއްޗަކާއި ބައްދަލުވެއްޖެނަމަ ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.  

ރަސޫލް އަބަދުވެސް މީސްތަކުންނަށް ދީލަތިވެވަޑައިގެންނެވިއެވެ. ރަމަޟާން މަހު ދީލަތުވެވަޑައިގަތުން އިތުރު ކުރެއްވެވިއެވެ. ރަސޫލް އާއި ރަމަޟާން މަހުގެ ކޮންމެ ރެއަކު ޖިބްރީލްގެފާނު ބައްދަލުކުރެއްވެވިއެވެ. ދެބޭކަލުން އެކުގައި ކީރިތި ޤުރްއާން މުރާޖަޢާ ކުރެއްވެވިއެވެ.  

އަހަރެމެން ކީރިތި ޤުރްއާން ކިޔަވައި، އުނގެނި، މަތިވެރިކޮށް މުރާޖަޢާކުރާނަމަ ރަޙްމަތުގެ މަލާއިކަތުންގެ ފައުޖުތައް އަހުރެމެންނާއިއެކުގައި ވާނެއެވެ.  

އިބްން ޢައްބާސްގެ އަރިއަހުން ރިވާވެގެންވެއެވެ.  

The Prophet () was the most generous person, and he used to become more so (generous) particularly in the month of Ramadan because Gabriel used to meet him every night of the month of Ramadan till it elapsed. Allah's Messenger () used to recite the Qur'an for him. When Gabriel met him, he used to become more generous than the fast wind in doing good.

- ޞަޙީޙް ބުޚާރީ: 4997

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ވަރަށް ފަސޭހައިން ނިކަމެތިންނަށް އެހީތެރިވެދެވޭނެ ގޮތުގެ ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. މާރުކޭޓަށް ތިބާ ގޮސްއުޅޭއިރު އެއްޗެތީގެ އަގުބަލައި، އަގުއެނގުމުން ދެރަވެލާފައި މޫނު އަނބުރާލާ މީހުން ފެންނާނެއެވެ. އެފަދަ މަންޒަރެއް ފެނިއްޖެނަމަ އެމީހަކަށް އެއްޗެއް ޞަދަޤާތްކޮށްލާށެވެ!  

މިފަދަ ކިތަންމެ ގޮތަކުން ނިކަމެތިންނަށް ޞަދަޤާތް ކުރެވިދާނެއެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް