އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޫލް ނިމުނަސް ނުނިމުނަސް ހިލޭ އަންހެނުންނާ ފިރިހެނުން އެކަހެރިވުމާ ފާޙިޝް ވާހަކަދެއްކުން ޙަރާމް!: ޑރ. އިޔާޟް

ސްކޫލް ނިމުނަސް ނުނިމުނަސް ހިލޭ އަންހެނުންނާ ފިރިހެނުން އެކަހެރިވުމާ ފާޙިޝް ވާހަކަދެއްކުން ޙަރާމް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

އިސްލާމް ދީނުގައި ހިލޭފިރިހެނާކާއި އަންހެނަކު އެކަހެރިވުން ހަރާމް ކުރައްވާފައި ވަނީ އެދެމީހުންގެ ތެރެއަށް ޝައިޠާނާ ވަންނާނެތީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.

"مَا خَلَا رَجُلٌ بِامْرَأَةٍ إِلَّا كَانَ الشَّيْطَانُ ثَالِثَهُمَا".

މާނައަކީ: "ފިރިހެނަކާއި އަންހެނަކު އެކަހެރިވެއްޖެނަމަ ތިން ވަނަ މީހަކަށް ޝައިޠާނާ ހުންނާނެއެވެ." 

އިސްލާމްދީނުގައި ކޮންމެކަމެއްވެސް މަނާކުރައްވާފައިވަނީ މަތިވެރި ޙިކުމަތްތަކެއްގެ މައްޗަށެވެ. އެހެންކަމުން ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދީފާނެ ކޮންމެ މަގެއް ބަންދުކުރުމަށް އަންގަވާފައި ވެއެވެ. ހިލޭއަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހަރާމްކުރައްވާފައިވަނީވެސް އޭގެ ސަބަބުން ނުކުމެދާނެ ނުބައި ނަތީޖާއަކުން އިންސާނާ ސަލާމަތްކޮށްދެއްވުމަށް ޓަކައެވެ.

ހިލޭއަންހެނަކާއި ފިރިހެނެއް އެކަހެރިވުމަކާއިނުލާ، ފާޙިޝް ޢަމަލަކަށް މަގުފަހިކޮށްނުދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަގަޅު ކަމެކެވެ. އެހެންނަމަވެސް ދެމީހުން އެކަހެރިވެ، ނުވަތަ ފާޙިޝް ވާހަކަ ދައްކަނީނަމަ، އިސްވެ ބަޔާން ކުރެވުނުފަދައިން އެއީ ޙަރާމް ކަމެކެވެ.

ވީމާ، ރަށްޓެހިވެގެން އުޅުމެއް ނެތެވެ. އަވަހަށް ކައިވެނި ކުރައްވާށެވެ. والله أعلم 

(ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ސްކޫލުގައި އުޅޭއިރު ލޯބިވެރިން ހޯދައި އެކަހެރިނުވުމަށާއި ސްކޫލް ނިމުމުން އެކަންކަން ކުރަން ބައެއް ބެލެނިވެރިން ހުއްދަކުރާ މައްސަލައިގައި މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް