އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރުމަށް ޘާބިތު ނުވާ ބިދުޢަވެރި ކަންކަން ކުރުމުން ލިބޭ ގެއްލުން މާބޮޑުވެދާނެ!: މުފްތީ މެންކް

ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރުމަށް ޘާބިތު ނުވާ ބިދުޢަވެރި ކަންކަން ކުރުމުން ލިބޭ ގެއްލުން މާބޮޑުވެދާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

އަހަރެމެން ކޮންމެ މުސްލިމަކީވެސް އެންމެ ހެޔޮ ޢަމަލުކުރަން ބޭނުންވާނެ މީހެކެވެ. އެހެންކަމުން ވިސްނާލަންވީކަމަކީ އެންމެ ހެޔޮ ޢަމަލު ކުރެވުން އޮތީ ޤުރްއާނާއި ސުންނަތަށް ޢަމަލުކޮށްގެންކަމެވެ.  

އެއްވެސް އަޅުކަމެއް އުފެއްދުމުގެ ބާރު އަދި އިޚްތިޔާރު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. ކޮންމެ ކަމެއްވެސް އަޅުކަމަކަށްވާނީ ޤުރްއާނާއި ސުންނަތުން ސާބިތުވުމުންނެވެ.

ކަންމިފަދައިން އޮތް ނަމަވެސް ބައެއް މީހުން ލައިލަތުލްޤަދްރް ވިލޭރޭ ހާޞިލުކުރުމަށްޓަކައި މީސްމީހުން ބުނެގެން އެކިއެކި ކަންކަން ކުރެއެވެ. އެކި އަދަދުތަކުން އެއްޗެތި ކިޔަވައި ހަދައެވެ. އަދި މިހާރަކަށް އައިސް އެކި އަދަދުތަކަށް ކަންކަންކުރަން ބުނެ އެބަ މެސެޖްވެސް ކުރެއެވެ.  

ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކުރާށެވެ! ޤުރްއާނާއި ސުންނަތުން ޘާބިތުވާން ނެތް ކަންކަމަކީ އުފައްދާފައި ހުރި ކަންކަމެވެ. ބިދުޢަ އެވެ. ކުރުމުން ދެއްވަވާނީ ޢަޛާބެވެ.  

ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަންނަން ޤުރްއާނާއި ސުންނަތުން ކުރަން ސާބިތުވެފައިވާ ޢަމަލުތައް ކުރާށެވެ! ނޫނީ މާފަސޭހައިން، ނުވަތަ މާމޮޅަށް ކަންކަން ކުރަން އުޅެން ހަދައިގެން ކުރިން ކުރި މަސައްކަތްކޮޅުވެސް ގެއްލިގެންހިނގައިދާނެއެވެ.  

ލައިލަތުލްޤަދަރް ވިލޭރެއަކީ ކޮން ރެއެއްކަން ދެނެގަންނަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއީ ނުއެނގޭނެތީއެވެ. އެނގޭނެ ވަރަކީ އެރޭ ވަނީ ފަހު ދިހައިގައިކަމެވެ. އަދި އޮނަހިރި ރެއެއް ކަމުގައިވުން ގާތްކަމެވެ. އަދި ފަހުދިހައިގެ ކުރީކޮޅުގައިވެސް ފަހުކޮޅުގައި ވުންވެސް ގާތްކަމެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް އެނގިގެންވާ ރެއެއް ނޫނެވެ!  

ޢައިޝަތުގެފާނުގެ އެދިވަޑައިގަތުމަށް ރަސޫލް () ވަނީ އެރޭ ކުރާނެ ދުޢާއެއް ބަޔާން ކުރައްވަވައިފައެވެ. އެ ދުޢާކުރުން ގިނަކުރާށެވެ! އަދި އެނޫންވެސް އެމީހަކު ކުރަން ބޭނުން ދުޢާއެއް ކުރާށެވެ! ކުރަންވީ ކަމަކީ ދުޢާކުރުން ގިނަކުރުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. ތައުބާވުން ގިނަކުރުމެވެ! ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުން ގިނަކުރުމެވެ.  

اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي 

عَنْ عَائِشَةَ قَالَتْ قُلْتُ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ مَا أَقُولُ فِيهَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُولِي اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

3513 سنن الترمذي كتاب الدعوات باب منه

247 المحدث النووي خلاصة حكم المحدث إسناده صحيح في الأذكار 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް