އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެނގޭހެއްޔެވެ؟ ތިބާ އެދުނުކަންތައް މީހަކު ފުއްދައިނުދީގެން ކަންބޮޑު ނުވާމީހާ ބޭނުންވާ ހުރިހާ ކަންކަން ﷲ ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ!

އެނގޭހެއްޔެވެ؟ ތިބާ އެދުނުކަންތައް މީހަކު ފުއްދައިނުދީގެން ކަންބޮޑު ނުވާމީހާ ބޭނުންވާ ހުރިހާ ކަންކަން ﷲ ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އެއީ ކިތަންމެ ގާތް މީހަކުނަމަވެސް، ކިތަންމެ ބޮޑު އެކުވެރިއަކު ނަމަވެސް ތިބާ އެދުނު ހަމަ އެންމެ ކަންތައް ނަމަވެސް ތިބާއަށް ކޮށް ނުދިނުމަކީ އެއް ގޮތަކަށްވެސް ދެރަވެ މާޔޫސްވާނަ ޖެހެންވީ ކަމެއް ނޫނެވެ. ކޮށް ދިނުމާއި ނުދިނުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. އެހެންކަމުން މީހަކު ކަމެއްކޮށް ނުދިނުމުން އެކަމާއިމެދު ދެރަވެ އެއްވެސް ޝަކުވާއެއް ކުރުމުގެ ބޭނުމެއްވެސް ނެތެވެ. އަދި އެއީ އެއްވެސް މުސްލިމަކަށް ކުރުން ހުއްދަވެގެންވާ ޝަކުވާއެއްވެސް ނޫނެވެ.

އެހެނީ މުސްލިމުން ދިރިއުޅުން ބިނާކުރަން ޖެހޭނީ މީހަކު ކަމެއް ކޮށްދޭނެ ކަމަށް ބަލައިގެނެއް ނޫނެވެ. މުސްލިމުންގެ ޢަޤީދާއަކަށް ވާންޖެހޭނީ ބޭނުންވާ ހުރިހާ ކަމެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާނެ ކަމެވެ. މުސްލިމުން އަބަދުވެސް ޔަޤީންކުރަންވީ ﷲ ތައާލާގެ ވަޙީބަސްފުޅަށެވެ. "ތިއަބައިމީހުން ތިމަން ﷲ އަށް ދުޢާކުރާށެވެ! ތިމަން ﷲ އެމީހާގެ ދުޢާ ޢިޖާބަކުރައްވަވާހުށީމެވެ."

ތިބާއަކީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށްވެދާނެއެވެ. ތިބާ މީހެއްގެ ކިބައިން އެހީތެރިކަމަކަށް އެދުމުންވެސް އެމީހެއްގެ އެހީތެރިކަން ނުލިބުނު ނަމަ އެމީހާ އާއިމެދު ވިސްނަން ވަގުތުތައް ބޭކާރުކޮށްނުލާށެވެ. ﷲ ތައާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދުންމަތީގައި ދެމިހުންނާށެވެ! ﷲ ތަޢާލާ ތިބާ ހުސްއަތާ ދޫކޮށެއް ނުލައްވަވާނެތެވެ. ތިބާގެ ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ

މުސްލިމުންނަށް ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީ މުސްލިމުންނަކީ އެއްވެސް މީހަކަށް ބަރޯސާވާން ޖެހޭ ބައެއް ނޫންކަމެވެ! ސާބިތުވާންވީ އިބްރާހީމްގެފާނު ޖިބްރީލްގެފާނުގެ އަރިއަހުގައި ދެންނެވި ބަސްފުޅުގައެވެ.

އިބްރާހީމްގެފާނު އެބޮޑު އަލިފާންގަނޑަށް އެއްލައިލަން ތައްޔާރުވެފައިވަނިކޮށް ޖިބްރީލްގެފާނުވަޑައިގެން "ބޭނުންފުޅުވެވަޑައިގަންނަވަނީ ކޮންކަމަކުތޯ؟" ސުވާލުކުރެއްވެވުމުން އިބްރާހީމްގެފާނު ވިދާޅުވީ "ޖިބްރީލްގެފާނުގެ އަރިއަހުން އެއްވެސް ކަމަކަށް ބޭނުންފުޅުނުވާކަމަށެވެ. ﷲ ގެ ޙަޟްރަތުން ބޭނުންފުޅުވާކަމަށެވެ. ﷲ ތަޢާލާއިން ފުދޭކަމަށެވެ."

މީސްތަކުންނޭވެ! ހަމައެކަނި ﷲ ތަޢާލާ އިން ފުދޭ ކަމަށް ނިންމައިގެން ހުންނަ މީހަކަށް އެއްވެސް ކަމެއް ނުފުދިގެން އެކަމާއި ކަންބޮޑުވެގެން އުޅޭކަށް ހަމަ އެއްގޮތަކަށްވެސް ނުޖެހޭނެއެވެ. ޔަޤީން ކުރަންވީ ﷲ ތަޢާލާ އަހަރެމްނެގެ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް