އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން އެކަކު އަނެކަކުދެކެ ލޯބިނުވާނަމަ ﷲ ދެކެ ލޯބި ނުވެވެނީއެވެ! އެހުރެވެނީ ﷲ ގެ ލޯބީގެ ޗޭނުން ނެއްޓިގެންނެވެ!

ދެމަފިރިން އެކަކު އަނެކަކުދެކެ ލޯބިނުވާނަމަ ﷲ ދެކެ ލޯބި ނުވެވެނީއެވެ! އެހުރެވެނީ ﷲ ގެ ލޯބީގެ ޗޭނުން ނެއްޓިގެންނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ލޯބިވުމަކީ ހަމައެކަނި ދުލުން "އައި ލަވް ޔޫ ގޮވުމާއި ބައްދައި އޮޅުލުން ކަމަސް ނުދެކޭށެވެ! ލޯބީގެ މާނައަކީވެސް ލޯބިވުމުގެ މާނައަކީވެސް ތެދުވެރިވެ އެކަކު އަނެކަކަށް ވަފާތެރިވުމެވެ. އެކަކު އަނެކަކަށް ވަފާތެރި ނުވެވޭނަމަ ދެން ދެވޭނީ ﷲ ތަޢާލާގެ މަގުން ފައިކައްސާލައިގެން ނޫންހެއްޔެވެ. އެހެންވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ.

އިންސާނާގެ ހަށިގަނޑު ކިތަންމެ ބިޔަވެފައި ބޮޑުނަމަވެސް ލޯބި އުފެދުން މިވަނީ ހަމަ ވަރަށް ކުޑަކުޑަ އަދި އެންމެ ނާޒުކު ގުނަވަނުގައެވެ. އަދި އިންސާނާއަށް އެންމެ މުހިންމު ގުނަވަނުގައެވެ. އެގުނަވަނުގެ މަސައްކަތްހުއްޓިއްޖެ ނަމަ ހިނދުކޮޅަކަށްވެސް އޭނާ ދިރިއެއް ނުހުންނާނެއެވެ. އެހެންކަމުން އެގުނަވަނުގައި ލޯބި ހުރިހާ ގޮތަކުންވެސް ޚާއްޞަކުރަންވާނީ އެގުނަވަން ދެއްވެވި ﷲ ތަޢާލާއަށެވެ.

މިދައްކަނީ އިންސާނާގެ ހިތުގެވާހަކައެވެ. ހިތް ﷲ ތަޢާލާއަށް ޚާއްޞަކޮށްފި މީހަކަށް ދެއްވަވާނެ ނިޢްމަތްތައް ކިތަންމެހައިވެސް މަތިވެރިވެފައި ގިނައެވެ. އެއިގެ ތެރެއިން އެންމެ މަތިވެރި ނިޢްމަތަކީ ސުވަރުގެ ދެއްވެވުމެވެ.

ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް އެހިތުން ނުކުރާށެވެ! އެއްވެސް މީހަކަށް ނަފްރަތުކުރުމާއި ހަސަދަލުން ފަދަ ކަންކަން އެއްގޮތަކަށްވެސް ނުކުރާށެވެ. އެފަދަ ކަންކަން ކުރާނަމަ އެނގިގެންދަނީ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ޚާއްޞަކަމެއް ނެތްކަމެވެ.

އަދިކީއްހެއްޔެވެ؟ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންދެކެ ލޯބިވުންވެސް ހިމެނިގެންވަނީ ﷲ ތަޢާލާއަށް ލޯބިކުރުމުގެތެރެއިންނެވެ. އެއްކަމެއް ފާހަގަކޮށްލާނަމެވެ. ކާފަ، މާމަ ދަރިންދެކެ ލޯބިވެވެނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ދަރިން ދެކެ ލޯބިވާތީއެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބިވާނަމަ އޭނާގެ މައިންބަފައިންނާއި ޢާއިލާގެ މީޙުންދެކެވެސް ލޯބިވާނެއެވެ.

މިފަދަ ކަންކަމުން އެނގިގެން މިދަނީ ލޯތްބަކީ ޗޭނެއްކަމެވެ. ޗޭނުގައި ބޮޅުތަކެއްވާކަމެވެ. ވީމާ ﷲ ތަޢާލާދެކެ ލޯބިވާ މީހަކު އެކަލާނގެ އުފެއްދެވި އެންމެހައި މަޚްލޫޤުންނަށް ލޯބިކުރަންޖެހެއެވެ. އެންމެހައި މަޚްލޫޤުންދެކެ ލޯބިވާންޖެހޭއިރު އަނބިމީހާ ނުވަތަ ފިރިމީހާދެކެ ލޯބިވާންޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ!

ދެމަފރިން އެކަކު އަނެކަކުދެކެ ލޯބިނުވާނަމަ އެކަމުން އަންގައިދެނީ މިބަޔާންކުރި ޗޭނުން އެމީހަކު ވަކިވެފައިވާކަމެވެ. އެމީހެއްގެ މައިންބަފައިންނާއި ރަޙިމުގެ ގުޅުން އޮތް މީހުންނާއިމެދުގައިވެސް ކަންއޮތީ ހަމަ މިފަދައިންނެވެ! ވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދޭމީހާއަށް އޮތީ މިބަޔާންކުރިފަދައިން ލޯބީގެ ޗޭނުގައި ފިސާރިރަނގަޅަށް ސާބިތުވުމެވެ. ﷲ ތަޢާލާދެ ލޯބިވުމަކީ އެއީއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް