އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 59 ސިކުންތު
އަޅުގަނޑު ދަންނަ ރައްޓެއްސަކު ކުށްވެރިން ބަލަހައްޓާ ޖަލެއްގައި މަސައްކަތްކުރެއެވެ. ޖަލުގައި ތިބޭ ޤައިދީންނަށް ބައެއްކަހަލަތަކެތި ދިނުމަކީ އެތަނުގެ ޤަވާއިދުތަކުން މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް އޭނާ މިފަދަތަކެތި ޤައިދީންނަށް ފޯރުކޮށްދެއެވެ. އޭގެބަދަލުގައި އޭނާއަށް ފައިސާލިބެއެވެ. އަޅުގަނޑުގެ ސުވާލަކީ މިގޮތަށް އޭނަ އެހޯދާފައިސާ ހުއްދަވާނެތޯއެވެ؟
ސުވާލުގައިވާ ބާވަތުގެ ޢަމަލިތަކަކީ މިހާރަކަށް އައިސް ވަރަށް ގިނައިންކުރާ ކަންކަމެވެ. ވަރަށް ގިނައިން ފަޅާއަރައެވެ. ފަޅާއަރާނީ ސަތޭކައަކުން ކަކެމެކެވެ. ވީމާ އެބާވަތުގެ ކަންކަން ކުރުން މިހާރު މިވަނީ ޢާންމު ކަމަކަށްވެފައެވެ.
ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ ގާނޫނާއި ގަވާޢީދުގެ ބޭރުން ލިބޭ ކޮންމެ މަންފާ އަކީ ރިޝްވަތެއް ކަމަށާއި ރިޝްވަތަކީ ޙަރާމް އެއްޗެއް ކަމަށެވެ.
އިތުރު ސުވާލާ ޖަވާބު:
އަޅުގަނޑަށް އެނގިފާވާގޮތުގައި ޙައިޟުގެ ދުވަސްވަރު މުޞްޙަފް އުފުލާހެދުމަކީ ޙަރާމްކަމެއް.. އެކަމަކު ބައެއްކުދިންގެ ކިބައިން ފެންނަކަމެއް މިސާލަކަށް ޓެސްޓެއް އެއްޗެއް އޮންނަ ދުވަސް ދުވަހު އަންގިއެއް ލައްވާލައިގެން މުޞްޙަފް އުފުލާ ހަދާތަން.. މީކޮންކަހަލަ ކަމެއްތޯ.. އަދި މިސާލަކަށް އިމްތިޙާނެއް އޮތުމުން އެއީމަޖުބޫރު ޙާލަތަކަށްވުމުންނޭ ބުނެ ޤުރުއާނުގައި މިގޮތަށްބީހިއުޅެވިދާނެތޯ؟
ޙައިޟުވެރިޔާ ގުރްއާން ކިޔަވަން ބޭނުންވެއްޖެނަމަ މުޞްޙަފްގައި އަތްނުލާ ކިޔެވިދާނެއެވެ. ނުވަތަ ހުރަހަކާ ލައިގެން މުޞްޙަފްގައި ބީހިވިދާނެއެވެ.
والله أعلم
ކައްފާރާގެ ގޮތުގައި 60 މީހުންނަށް ކާންދޭން ބޭނުންނަމަ ޒަކާތް ނަގާ ފަރާތަށް 60 މީހުންގެ އާއްމު ކެއުމުގެ އަގަށްވާ ފައިސާ ހަވާލު ކުރުމުން އެކައްފާރާ އަދާކުރެވޭނެތޯ؟
ކައްފާރާ އަށް ފުދޭ ވަރުގެ ޢަދަދެއް ދިނުމުން ފުދޭނެއެވެ. ނަމަވެސް ޒަކާތުގެ ހުރިހާ ހައްގުވެރިންނަކީ މިސްކީނުންނެއް ނޫނެވެ. ވީމާ، ކައްފާރާގެ ގޮތުގައި ފައިސާ ޙަވާލު ކުރާ އިރު މިފައިސާ އަކީ ހަމައެކަނި މިސްކީނުންނަށް ކާންދިނުމަށް ޙަވާލު ކުރެވޭ ފައިސާ އެއް ކަމުގައި ހާމަ ކުރަންވާނެއެވެ. والله أعلم
މޫނު ބުރުގާ އަޅައިގެން ކުރާ ނަމާދު ޞައްޙަ ވާނެތޯ؟
ނަމާދު ކުރާ އިރުގައި މޫނާއި ދެއަތްތިލަ ނިވާ ކުރުމެއް ނުވެއެވެ. والله أعلم
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މުދުގަ އުޅޭ ހުރިހާ އެއްޗަކީވެސް ކެއުމަށް ހުއްދަ ތަކެތި، އެހެންކަމުން މޫދުގަ އުޅޭ ވިހަ ތަކެތި މިސާލަކަށް ގާވިޔާމަސް ފަދަ ތަކެތިވެސް ހުއްދަ ވާނެތޯ؟ ތަފްސީލްކޮށްދެއްވުން އެދެން
މޫދުގައި އުޅޭ ހުރިހާ އެއްޗަކީވެސް ހުއްދަ ތަކެއްޗެވެ. ނަމަވެސް، އެއެއްޗެއް ކެއުމުން ގެއްލުންވާ ފަދަ ތަކެތި މީގެ ތެރެއިން އިސްތިޘްނާވެގެންވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
7 ޖޫން 2023