އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގަނޑު މެންދަމު ހޭލެވުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ފުރުޞަތު ނަގާލަން ހެޔޮ ނުވާނެ! ހޭލެވުމުން އަވަހަށް މިދުޢާ ކުރައްވާ!

ރޭގަނޑު މެންދަމު ހޭލެވުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ފުރުޞަތު ނަގާލަން ހެޔޮ ނުވާނެ! ހޭލެވުމުން އަވަހަށް މިދުޢާ ކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 19 މިނެޓް, 44 ސިކުންތު

ރޭގަނޑު ނިދާފަހުން (ޢާންމުގޮތެއްގައި މެންދަންވުމުން) ހޭލެވިއްޖެނަމަ ނިދަން އުނދަގޫވާތީ އެކަމުގެ ހައްލަކަށް އެދި އަބަދުހެން ގިނަ ބައަކު ސުވާލުކުރެއެވެ. މިސުވާލާއި ވިދިގެން އަޅުގަނޑު ފުރަތަމަވެސް ކުރާ ސުވާލަކީ ނިދުނީމާ ދެން ކުރަނީ ކީއްތޯއެވެ؟ 

ގިނަ ބައަކު ޖަވާބުގައި ބުނަނީ: 1 ފިލްމް ބެލުން، 2 ސޯޝަލް މީޑިޢާގައި ޙަރަކާތްތެރިވުން، 3 ފޮޓޯ ބެލުން މިހެން ގޮސް މިޒާތުގެ ކަންކަމެވެ. ހޭލެވުމުން 1 ﷲ ތަޢާލާއަށް ޛިކުރުކޮށްލައި 2 ވުޟޫކޮށްލައި 3 ނަމާދެއްކޮށްލައި 4 ޤުރްޢާން ކިޔަވާލައި ޛިކުރުކޮށްލައި ހަދާކަމަށް ބުނަނީ ވަރަށް މަދުމީހެކެވެ. 

މީސްތަކުންނޭވެ! ނިދިން ހޭލެވުމަކީ ﷲ ތަޢާލާ ލޯބިވބެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ފުރުޞަތެކެވެ! ވަރަށް ބޮޑު ނިޢްމަތެކެވެ. ޚާއްޞަކޮށް މެންދަންވާފަހުން ނިދީން ހޭލެވިއްޖެނަމަ އެއީ ތިބާއަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. 

އެމީހަކަށް އޮތީ ދެއްވެވި ފުރުޞަތުގެ ބޭނުންހިފައި ދަމުނަމާދުކޮށް ހެޔޮ ޢަމަލެއްކޮށް ދުޢާކުރަން އަވަސްވެގަތުމެވެ. އެހެނަސް ގިނަ ބައަކަށް ކަންކަން މިކުރެވެނީ ދިމާ އިދިކޮޅަށެވެ. ކުރެވެނީ އެކަމަކުން ތިމާއަށް ޙަޤީޤީ ފައިދާއެއް ނުކުރާނެ އަދި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަމެވެ. 

ވަކިން ޚާއްޞަކޮށް ވިސްނައިލާށެވެ! ދުޢާ އިޖާބަކުރެވޭ ބައެއް ވަގުތުތަކުގެ ތެރޭގައި ރޭގަނޑުގެ ތިންބައިން ފަހުބައި ހިމެނިގެންވެއެވެ. ވީމާ އެގަޑީގައިނ ހޭލެވިއްޖެނަމަ އެމީހަކަށް އެންމެ ފައިދާ ހުރި ޢަމަލުކަމުގައިވާނީ ވުޟޫކޮށްލައި ރޭއަޅުކަންކުރުމެވެ. ދަމުނަމާދުކޮށްލައި ޛިކުރުކޮށް ދުޢާކުރުމެވެ. އެމީހާއަށް ޙަޤީޤީ ފައިދާއެއް ކުރާނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ދުޢާ ޢިޖާބަ ކުރައްވަވާ 4 ވަޤުތެއް ބަޔާންކޮށް ދިސިލަފިއްޔާގައި ބަޔާންކޮށްފައިވާ ލިޔުމެއް: 

ދުޢާ ކުރާއިރު ދުޢާކުރުމުގެ އަދަބުތަކަށް ފަރުވާތެރިވެގެން ދުޢާކުރުމަކީ ދުޢާ އިޖާބަވުމުގެ ފުރުޞަތު ބޮޑުވެގެންދާ ސަބަބެކެވެ. އެގޮތުން ބައެއް ވަގުތުތަކަކީ އެހެނިހެން ވަގުތުތަކަށް ވުރެ ދުޢާ އިޖާބަވުން ގާތްވެގެންވާ ވަގުތުތަކެކެވެ. މިކަމަކީ ޝަރުޢީ ނައްޞުތަކުން އެނގޭ ކަމެކެވެ. އެގޮތުން މި ލިޔުމުގައި ގެނެސްދޭނީ ދުޢާ އިޖާބަކުރެވޭ ބައެއް ވަގުތުތަކެވެ.  

1 ރޭގަނޑު ނިދިން ހޭލައިފާ ކުރާ ދުޢާ

(صحيح) عَنْ عُبَادَةُ بْنُ الصَّامِتِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، ثُمَّ قَالَ اللَّهُمَّ اغْفِرْ لِي -أَوْ دَعَا- اسْتُجِيبَ لَهُ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلَاتُهُ.)) [رواه البخاري / كتاب: التهجد / باب: فضل من تعار من الليل فصلى / رقم: ١١٥٤]

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޢުބާދާ ބުން އައްޞާމިޠު رضي الله عنه ރިވާކުރެއްވިއެވެ. "ރޭގަނޑު ހޭލާފައި، 

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ

(މާނައީ: ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކުނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އެންމެހާ ޙަމްދު ވަނީ ﷲއަށެވެ. އަދި ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.  އަދި ހުރިހާ އެއްޗަކަށްވުރެ ﷲ ބޮޑެވެ. އަދި ހެޔޮކަމެއްކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އެއިލާހު ޙަޟްރަތުން މެނުވީ ނުވެއެވެ.") 

ދެން އެއަށްފަހު،

اللَّهُمَّ اغْفِرْ لِي

(މާނައީ: "އޭﷲ މިއަޅާއަށް ފާފަފުއްސަވާނދޭވެ.")

މިފަދައިން ބުނެފިމީހަކު ނުވަތަ ދުޢާކޮށްފިމީހަކު ދަންނައެވެ. އޭނާއަށް އިޖާބަކުރެވޭނެއެވެ. ފަހެ އޭނާ ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ޤަބޫލުކުރެވޭނެއެވެ."

2 ރޭގަނޑުގެ ތިންބައިން ފަހުބައިގައި ކުރާ ދުޢާ

(صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ، يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ.)) [رواه البخاري / كتاب: التهجد / باب: الدعاء والصلاة من آخر الليل / رقم: ١١٤٥]

މާނައީ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

"އަހަރެމެންގެ  ރައްބު تبارك وتعالى، ކޮންމެ ރެއަކު ރޭގަނޑުގެ ތިންބައިން ފަހުބަޔަށް ވެފައިވަނިކޮށް ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ.

ތިމަންއިލާހަށް ދުޢާކުރަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ. ފަހެ އެމީހަކަށް ދެއްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާދެއްވާނަމެވެ." 

3 ހާ ގޮވާ އަޑުއިވުމުން ކުރާ ދުޢާ

(صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا…)) [رواه البخاري / كتاب: بدء الخلق / باب: خير مال المسلم… / رقم: ٣٣۰٣]

މާނައީ: ” އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވުމުން ﷲ ގެ ޙަޟްރަތުން، އެއިލާހުގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން އެއަށް މަލާއިކަތެއް ފެނިއްޖެއެވެ 

4 ސަޖިދާގައި ކުރާ ދުޢާ: 

(صحيح) عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ: ((أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ )). [رواه مسلم / كتاب: الصلاة / باب: ما يقال في الركوع والسجود / رقم: ٢١٥ – (٤٨٢)]

މާނައީ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އަޅާ އޭނާގެ رَبُّއާ އެންމެ ކުއްތަންވަނީ އޭނާ ސަޖިދަކުރާ ޙާލެވެ. ފަހެ ތިޔަބައިމީހުން (ސަޖިދައިގައި) ދުޢާކުރުން އިތުރުކުރާށެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް