އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު
ތަނަވަސް ދެމަފިރިންނެވެ. ފިރިމީހާއަކީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާ މީހެކެވެ.
އެއްދުވަހެއްގެ ހެނދުނު މީހަކު ދޮރުގައި ޓަކިޖެހުމުން އަނބިމީހާ ގޮސް ދޮރުހުޅުވުން ދޮރުމަތީގައި ހުރި މީހާ ކުރީ ސުވާލެކެވެ. "އަންހެނާއެވެ! އަންހެނެއްގެ ގައިގައި ހުންނަން ޖެހޭ ގުނަވަންތައް ތިބާގެ ގައިގާ ހަމައަށް އެބަހުރިހެއްޔެވެ؟" އަންހެންމީހާ ރުޅިއައިސްގެން ދޮރުލެއްޕީއެވެ.
ދެވަނަ ދުވަހުވެސް ކަންތައްވީ ހަމަ ކުރީދުވަހުވެސް ކަންތައްވީ ގޮތަށެވެ. ޓަކިޖެހުމުން ހުޅުވިއިރު ހަމައެމީހާއެވެ. ކުރީ އެ ސުވާލެވެ. އަންހެންމީހާ ޖަވާބުނުދީ ދޮރުލެއްޕީއެވެ.
އެދުވަހު ފިރިމީހާ ގެއަށް އައުމުން އަނބިމީހާ އެމީހާގެ ވާހަކަ ކިޔައިދިނުމުން ފިރިމީހާ ވަރަށް ރުޅިގަދަވިއެވެ. ބުންޏެވެ. "މާދަމާ ގޭގައި ހުންނާނަމެވެ. އެމީހާ އައިސް އެސުވާލުކޮށްފިއްޔާ ބުނާށެވެ! "އާނއެކެވެ! ހަމައަށް އެބަހުއްޓެވެ! ބަރާބަރަށް މަސައްކަތްވެސް ކުރެއެވެ."
3 ވަނަ ދުވަހުވެސް އެމީހާ ގޮސް ޓަކި ޖެހިއެވެ. ފިރިމީހާ ހުރީ ގޭތެރޭގައި ފިލައެވެ. އަނބިމީހާ ދޮރުހުޅުވުމުން ކުރީ ހަމަ އެސުވާލެވެ. ދެމީހުން ޜާވާފައި އޮތް ގޮތަށް އަނބިމީހާ ޖަވާބުދިނެވެ. ""އާނއެކެވެ! ހަމައަށް އެބަހުއްޓެވެ! ބަރާބަރަށް މަސައްކަތްވެސް ކުރެއެވެ."
ޖަވާބު ދިނުމުން އޭނާ ބުންޏެވެ! "ތިއަވަރުގެ ކުޑަކުޑަ ކަމެކެވެ. ޖަވާބުލިބުނީތާއެވެ! ފިރިމީހާގެ ގާތުގައި ބުނާށެވެ! އަހަރެންގެ އަނބިމީހާ އޮފީހަށް ފޮނުވަނީ އޮފީހުގެ މަސައްކަތްކުރާށެވެ! އެހެންވީމާ އަހަރެންގެ އަނބިމީހާގެ ގުނަވަންތަކާއި ނުބެހި ތިބާގެ ގުނަވަންތަކާއިބެހޭށެވެ!"
ކޮންމެއަކަސް އެހެންބުނެފައި އޭނާ ދިއައީއެވެ.
ފިރިމީހާ ފިލައިހުރީ އަނބިމީހާ އެޖަވާބުދިނުމުން އޭނާ އަނބިމީހާ ބެހެން އުޅެފިނަމަ މޮޅު ގޮތަކަށް އޭނާގެ ކަންތައް ނިންމާލަންވެގެންނެވެ. އަޅެ އެފިރިމީހާ މީހެއްގެ އަންތބަކާއި ބެހެމުންދާއިރު އެކަން އެނގިއްޖެނަމަ ހަމައެރުޅި އޭނާގެ ފިރިމީހާވެސް އަންނާނެކަން ކުރިން ވިސްނުނުނަމައެވެ.
މިއީ އަހުރެންބެލި ފިލްމެއްގައި ކަންތައްވީގޮތެވެ! އެކަމަކު މިއީ ކުޅެފައި އޮތް ޚިޔާލީ މަންޒަރުތަކެއް ކަމަށް ޤަބޫލުކުރާކަށް ނެތީމެވެ. މިއީ މުޖުތަމައުތަކުގައި މިއަދު މިކަންކަން ހިނގަމުންދާ ގޮތެވެ.
އިޞްލާޙްކުރުން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. އަނބިން ފިރިން ކުށްވެރިކުރުމަކުން، ފިރިން އަނބިން ކުށްވެރިކުރުމަކުން ނިމޭކަށް ނެތެވެ. ގިނަފަހަރތު ދެމީހުންވެސް ކުރަނީ ހަމަ އެއްކަމެކެވެ. އުޅެނީ އެއް ގޮތަކަށެވެ. އެގޮތަށް ކަންކަން ކުރެވޭނަމަ ދެމީހުންވެސް ބަލަންވީ އިޞްލާޙްވުމަށެވެ. ޙައްލުކުރެވޭނީ ދެމީހުންވެސް އިޞްލާޙްވެގެންނެވެ.
- އަލަފް
Advertisement
19 ޖުލައި 2023