އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު
ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުގެ އެންމެ ބޮޑު އެއް މުޢްޖިޒާތަކީ މީހަކު ވަކާލާތުކުރުމަކާއި ނުލައި ޢިލްމީ ހޯދުންތަކުގެ އަލީގައި ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްފުޅުތަކުގެ ތެދުކަން ޘާބިތުވަމުން އަންނަ ކަމެވެ.
ކާންވީ ގޮތާއި ފެންބޯންވީ ގޮތާއި އަދި މިންގަނޑުތައްވެސް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އެގޮތުން ފެންބުއިމާއިމެދު ޙަދީޘްފުޅުގައި އޮތީ ކޮޅަށްހުރެ ފެންނުބުއިމަށެވެ. އަދި 3 ފަހަރުން ފެންތަށި ބުއިމަށެވެ.
ދެން މިއަދުގެ ސައިންސްވެރިން ބުނާ ބަހަށް ބަލައިލަމާހެއްޔެވެ؟
ސައިންސުގެ ހޯދަން އެނގެނީ ކޮޅަށް ހުރެ ފެން ބުއިމަކީ ނާރުތަކަށް ބާރު ބޮޑުވެ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ޞިއްހަތަށް ވަރަށް ނުރައްކަތެރިކަމެއް ކަމަށެވެ. މިކަން ހާމަކޮށްފައިވަނީ ޙަކީމީ ބޭސްވެރިކަން ކުރިއަރުވަން ހޯދުންތައް ހޯދި ސައިންސްވެރިންގެ ޓީމަކުންނެވެ.
އެޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެން ބޯންޖެހޭނީ އިށީނދެ އިނދެގެން ކަމަށެވެ. އަދި ބޯފެނުގެ ފައިދާ ހަށިގަނޑަށް އެންމެ ރަނގަޅަށް ކުރާނީވެސް އިށީނދެ އިނދެގެން ފެންބުއިމުން ކަމަށެވެ.
"އެއް ފަހަރާ ފެންތަށި ހުސްކޮށްލުމުން ފެން އެތެރެވެގެންދަނީ ވަރަށް ބާރު ސްޕީޑެއްގަ. އެކަމުން ނާރުތަކަށް ވަރަށް ގިނަ ގެއްލުންތައް ލިބޭ. ފެންވެސް އެތެރެކުރަން ޖެހޭނީ ވައިވެސް އތެރެކުރާ ފަދައިން ލަސްލަހުން. އެއް ފަހަރާ ބާރު ސްޕީޑްގަ ފެން ބުއިމަކީ ހަށިގަނޑުގެ އޮކްސިޖަމް ލެވެލް މަދުވެގެންދާ ކަމެއް. އެކަމުގެ ސަބަބުން ހިތުގެ ހިނގުމަށާ ފުއްޕާމޭގެ މަސައްކަތަށް ގެއްލުން ލިބޭ. މީގެ އިތުރުން ކަށްޓަށްވެސް ގެއްލުން ލިބި ހުޅުހުޅުގަ ރިއްސުމުގެ މައްސަލަތައްވެސް ކުރިމަތިވޭ." މިއަދުގެ ސައިންސްވެރިން މިމޭރުމުން ބުނާއިރު މީގެ 1450 ވަރަކަށް އަހަރުކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ މިކަންކަން ބަޔާންކޮށް ދެއްވަވައިފައެވެ.
ސައިންސްވެރިންގެ ހޯދުންތަކުން އެނގި އިތުރަށް ކަށަވަރުވަމުން މިދަނީ ޙަދީޘްފުޅުތަކުގެ ޞައްޙަކަމެވެ. ޙަދީޘްފުޅުގައި އޮތީ "ކޮޅަށް ހުރެ ފެން ނުބުއިމަށާއި އިށީނދެ އިނދެ ފެން ބުއިމަށާއި ލަސްލަހުން ފެން ބުއިމަށާއި އަދި 3 ނޭވާއިން ފެންތަށި ބުއިމަށެވެ."
ހޯދިވަރަކަށް އެނގެމުން މިދަނީ ހަމައެއްކަމެކެވެ. ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކުގެ ފުރިހަމަކަމެވެ. އަދި މިޮހައިތަނަށް ހޯދުނު އެންމެ ހޯދުމަކުން ވެސް ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއްވެސް ﷲ ތަޢާލާގެ އެންމެ ވަހީ ބަސްފުޅެއްވެސް އަދި ރަސޫލް ﷺ ގެ އެންމެ ޙަދީޘްފުޅެއްވެސް ދޮގުކުރެވިފައެއް ނުވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
11 މެއި 2025