އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ލޯބިން ބަލައި ބޮޑުކުރި ދަރިން ނަރަކައިން ސަލާމަތްކުރަން އެދޭނަމަ ކައިވެނިކޮށްދިނުން އަވަސްކުރާށެވެ!: މުފްތީ މެންކް

ތިބާ ލޯބިން ބަލައި ބޮޑުކުރި ދަރިން ނަރަކައިން ސަލާމަތްކުރަން އެދޭނަމަ ކައިވެނިކޮށްދިނުން އަވަސްކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ކަލަންޑަރުން އަހަރެއް ފާއިތުވެގެންދަނީ ނުވެސް އެނގިތިއްބައެވެ. މިމަހަށް ކަލަންޑަރުގެ ގަނޑު ފުރޯޅާލާފައި ބަލައި ނުލެވި ހުއްޓައި މިފެންނަނީ މަސް ނިމިފައިވާތަނެވެ. އަނެއްގަނޑު ފުރޮޅުން ލަސްވެފައިވާތަނެވެ. ސުވާލަކީ އަންނަމުންދާ ބަދަލުތަކަށް ވިސްނައިލެވޭ ހެއްޔެވެ؟

ލޮބުވެތި މައިންބަފައިންނޭވެ! ދަރިން އަދި ކައިވެނިކުރަން މާއަވަސްކަމަށް ދެކެ، ކައިވެނިކުރަންވާނީ ޔުނިވާސިޓީ ނިންމާފައިކަމަށް ދެކެގެން ތިއްބައި ކަންކަން ވަމުން މިދާގޮތް އެނގެނީ ކިތައް މައިންބަފައިންނަށް ހެއްޔެވެ؟

ބޯއިފްރެންޑަކު ގެންގުޅެންފަށާތާ 3 އަހަރުވާއިއރު 2 ފަހަރު އެބޯޝަންހަދަންޖެހޭކަން މައިންބަފައިންނަށް ނުއެނގުނު ނަމަވެސް އަހަރެންނަށް އެނގެއެވެ. އެކުދިން އައިސް އެކަމުގެ ވާހަކަތައް ކިޔައިދީ ތައުބާވުމުގެ ސުވާލުތައްކުރާތީއެވެ.

ލޮބުވެތިމައިންބަފައިންނޭވެ! އަހަރެމެންނަށް ދިރިއުޅެންޖެހިފައިމިވާ ދުވަސްވަރަކީ ފާހިޝް ޢަމަލުތައްކުރަން މިހައިތަނަށް އައި އެންމެ ފަސޭހަ ޒަމާނެވެ. އެހެން ފާފަތައް ކުރަންވެސް މެއެވެ. މިޙާލަތުގައި ދަރިން ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ ބޯއިފްރެންޑުން ގެންގުޅުމުގެ ފުރުޞަތު ނުދީ އަވަހަށް ކައިވެނިކުރުވުމެވެ. އެހެން އެއްވެސް ގޮތެއް އެކަމުގައި ނެތެވެ.

މިވެނި މީހާ އެވެނި މީހާގެ ވާހަކަދައްކަން ތިބެވޭކަށް ނެތެވެ. ކޮންމެ މީހަކަށްވެސް މިއަދު ކުރަންޖެހޭ ކަމަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ދަރިން ނަރަކައިން ސަލާމަތްކުރުމެވެ. ތިމާއަކީ މިވެނި ފެންވަރެއްގެ މޮޅު މީހަކަށްވީތީ ތިމާގެ ދަރިން ފާފަ ނުކުރާނެ ކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. ދަރިން ހަލާކުވެގެން ދިއުމަކަށް މިހާރަކު ވަކި އުމުރެއް ނެތެވެ. ވަކި ޢާއިލާއެއް ވެސް ނެތެވެ.

ކައިވެނިކުރާ އުމުރަށް އެޅުމުން ކައިވެނިކުރުން އަވަސްކުރަން މިބުނާ ބުނުމަކީ އަހަރެން ބުނާ ބުނުމެއް ނޫނެވެ. އަހަރެމެންނާއި ދަރިން އުފެއްދެވި ﷲ ތަޢާލާގެ އެންގެވުމެކެވެ. ލޮބުވެތި ނަބިއްޔާ މުޙައްމަދު ގެ ޙަދީޘްފުޅެކެވެ. ޢަމަލުނުކޮށް ތިބެ ދަރިންނަށް ފާފަކުރެވުމުން ރުޅިއައިސް ދަރިންނަށް އެއްޗެތި ގޮވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

(މިއީ މުފްތީ މެންކް 2012 ވަނަ އަހަރު ދެއްވި ދަރުސެއްގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކެކެވެ. މިއީ 2023 ވަނައަހަރެވެ. ސަމާލުކަން އިތުރުކުރަންޖެހިފައިވާ މިންވަރު ހިތަށް ގެންނާށެވެ!)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް